ކައިޒީން އަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު މޮޑެލް އެކެވެ. އޭނާގެ މަޝްހޫރު ކަމާއި އެއްވަރަށް އޭނާގެ ރީތިކަމަށް ގިނަބަޔަކު ތައުރީފް ކުރެއެވެ. އެހެންވެ އޭނާގެ ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް ކަޅިއަޅާ މީހުން އިންތިހާ އަށް ގިނައެވެ. މިކަމުގެ ހެއްކަކަށް ކޮންމެ ދުވަހަކު ފޭސްބުކާއި އެހެނިހެން މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދައުރުވާ ޕޯސްޓުތައް ހިމެނެއެވެ. އަދި އޭނާއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކާ، އޭނާގެ ވައްޓާލަން މަސައްކަތް ކުރާ މީހުންވެސް މަދެއް ނޫނެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންވެ ގިނަ ތަރިންތަކެއް ގޭގައި ތާށިވުމާއި އެކު "ބައިސްކޯފުން" އަންނަނީ "ލޮކްޑް އަޕް"ގެ ނަމުގައި ތަރިންނާއި އެކު ހާއްސަ ޝޯވްތަކެއް ގެނެސްދެމުންނެވެ.
އެންމެ ފަހުން ލޮކްޑް އަޕްގެ ޕްރޮގްރާމަކުން ފެނިގެން ދިޔައީ ކައި އެވެ. އޭނާ ވަނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. އެގޮތުން ކައި އެންމެ ފުރަތަމަ ހޭލައިގެން ކުރަނީ ކޮންކަމެއްތޯ ބުނެ ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ އޭނާ އަށް އެންމެ ފުރަތަމަ ހޭލައިގެން ޗެކްކޮށްލެވެނީ ފޯނު ކަމަށާއި، މީހުން ކޮށްފައިވާ މެސެޖްތަކަށް ރިޕްލައި ކޮށްލުމަށް ފަހު ދެން ފެންވަރައިގެން ނަމާދުކުރާ ކަމަށެވެ.
އަދި މިހާރު އެންމެ ގިނަ ވަގުތު ހޭދަކުރެވެނީ، ރަހުމަތްތެރިންނާއި ގުޅައިގެން ވާހަކަ ދެއްކުމުގައި ކަމަށް އޭނާ ބުންޏެވެ.
ކައި ދިން އިންޓަވިއު ގައި ވަނީ އޭނާ އަށް މިހާރު ދިވެހިންގެ ތެރޭގައި ގިނަ ބަޔަކު ލޯބިކުރާ "ގޮޅިޖެހި ގަމީސް"ވެސް އެއްވެސް ގޮތަކަށް ކަމުނުދާ ކަމަށާއި، ފިރިހެން ކުދިން ގަހަނާ ބޭނުންކުރުމުންވެސް ހަޑި ކަމަށް ބުނެފައެވެ.
އޭގެ ބަދަލުގައި ފިރިހެނެއް ނަމަ އޭނާ އަށް ރީތީ "ކްލީން ލުކް"އެއް ހުންނަ ފިރިހެނެއް ކަމަށް ކައި ވަނީ ބުނެފައެވެ.
ކައިއަށް މިދުވަސްކޮޅު އެންމެ ގިނައިން އަޑުއެހެނީ ކޮން ލަވައެއްތޯ އެހުމުން އޭނާ ބުނީ އޭނާ އަކީ އެހާ ލަވަ އަޑުއެހުމަށް ލޯބިކުރާ މީހެއް ނޫން ކަމަށެވެ. އަދި ލަވަ އަޑުއަހާ އިރު ވެސް އެހެން އަންހެން ކުދިންނާއި ހިލާފަށް ހިންދީ ލަވަ އަޑުއަހައި ނޫޅޭ ކަމަށާއި، އެއީ ހިންދީ ނޭނގޭތީ ކަމަށް ކައި ބުންޏެވެ.
"ބޮޑަށް ލައިކް ވަނީ އިންގްލިޝް ޑީޖޭ ސްޓައިލްގެ ލަވަތައް. ދެން ކައި ކައި އަކީ އެއްވެސް ވަރަކަށް ހިންދީ ލަވަ އަހާ މީހެއް ނޫން. ބިކޯސް ހިންދީ ނޭންގޭތީ އާއިވެސް އެއްކޮށް." ކައި ބުންޏެވެ.
ކައި ބުނީ އޭނާގެ ބޮލުގައި އަބަދުވެސް ތާށިވެފައި އެއް ދިވެހި ލަވަ އިންނަ ކަމަށާއި އެއީ 1996 ވަނަ އަހަރުގެ ދިވެހި ފިލްމު "ޅީ ދަރިފުޅު"ގެ މަޝްހޫރު ލަވަ "އުފް ކަލާ ހަނދާންވުމުން" ކަމަށެވެ. އަދި އެ ލަވަ ކުޅެލަން ބޭނުންވާ ވާހަކަވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ބުނީ މިހާތަނަށް އައި އިރު އެންމެ އުނދަގޫކޮށް ތަހައްމަލުކޮށްފައި ވަނީ ކައިވެނި ރޫޅުމަށްފަހު ފާއިތުވި އެއް ހަފްތާ ކަމަށާއި، އެދުވަސްކޮޅު އޭނާއޭ ކިޔައިގެން މީހުން ބަލައިނުގަނެވޭފަދަ ވާހަަކަތަކެއް ދައްކާފައިވާ ކަމަށެވެ.
ކައި ބުނީ އޭނާއޭ ކިޔައިގެން ގިނަ ބަޔަކު ދޮގު ވާހަކަ ދައްކާ ކަމަށާއި، އޭގެ ތެރެއިންވެސް އޭނާގެ ހަށިގަނޑު ހުންނަ ގޮތަށް މީހުން އަބަދުމެ ދައްކަމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން އޭނާ އެއްވެސް "އާޓިފިޝިއަލް" ބަދަލެއް ހަށިގަނޑަށް ގެނެސްފައި ނުވާނެ ކަމަށާއި، އެކަހަލަ ވާހަކަތައް އަޑުއިވުމުން ދެރެވާ ކަމަށް އޭނާ ބުންނެވެ.
ކައި ބުނީ ބައެއް މީހުން ދައްކާ ވާހަކަތަކުން ހީވަނީ "އެމީހުންނާއި ކޮސްމެޓިކް ސާޖެންޓުންނާއި" އެކުވެގެން ދައްކާ ވާހަކަތަކެއް ކަމަށާއި، އެހާވެސް އެމީހުން ދައްކާވާހަކަތައް ހަމަޖެހޭ ކަމަށެވެ.
އަހަރެންނަށް ވެސް އެހާ ރީއްޗެއް ނޫން ދިވެހި ފިރިހެންނުން ގަހަނާ އަޅާ ގޮޅިޖެހި ގަމީސް ޖީއެން ސްޓައިލެއް. މިއޮތް ހުރިހާ ދުވަހު ހީކޮށްގެން މިހުރީ އަހަރެން އެކަނި ކަމަށް އެގޮތް ކަމުނުދާ އަންހެން ކުއްޖަކަށް ހުރީ.
ކޮސްމެޓިކް ސާޖެންޓުންނޭ؟ އެއީ ކޮންބައެއް؟
އެކަހަލަ ވާހަކަ ދައްކައިގެން ދެރަވަންޏާ އިންސްޓާ މޮޑެލިން ކެރިއަރު ދޫކޮށްލާ
ރަގަނޅު ވާހަކައެއް މުރާދު..ފާތިމަތު ޒަޔާން ތީ ބޮޑު ދޮގުވެރިއެއް..ތިމަންނާ ނަމާދު ކުރަމޯ ކިހިނަކުން؟ފުރަތަމަ އައުރަ ފޮރުވަބަ؟
ނަމާދު ކުރާއރު އައުރަ ފޮރުވައިގެން ނަމާދު ކުރެވިދާނެދޯ؟
ތީގެ މާނައަކީ ނަމާދުކުރަން އެކަނިތަ އައުރަފޮރުވަންވީ .ދެންނަމާދު ކޮށްނިމުމުން އަނެއްކާ އައުރަ ދައްކަންވީ..ތިހެންކުރާނަމާދެއް ގަބޫލުނުކުރައްވާނެ..
ޕްލާސްޓިކޭ މަބުނީ ކޮންމެހެން އާޓިފިޝަލް މީނިންގައެއް ނޫނޭ އަޅެ ކައި.. ވަޓް އައި މެންޓް ވޯޒް ޔޫ ޔޫސް ޓޫމެނީ މޭކަޕޭ ކައި. ދެން ތިހާ ދެތަވާއެއްޗެއް ނޫންދޯ
ލޮލް
މަވެސް ދެރަވޭ ކަލޭ އޮރިޔާމާ އުޅޭތީ
މަށަށްވެސް ރޮވިއްޖެ.. ކައި އެހާ ދެރަވާތީ..މަ ވަރަަަށް އުފާވި ކައި ލަވަ އަޑުނާހާ އިންލިޝް ޑީޖޭ ސޯންގްސް އަޑުއަހާތީ..
ތި ބޮލަށް ގެނެސްސަ ތިހުރި ބަދަލަކީ ގުދުރަތީ ބަދަލެކެލޭ މީހަކު ބުނެފިއްޔާ ހޭނަންތަ، ކައި
ނެޗުރަލް ބުލަންޑު؟
ކައި އަކަސް ނުކައިއަކަސް ހަގީގަތަކީ ގުދުރަތީ ރީތިކަމަށް ފުރައްސާރަކޮށް ގުދުރަތީ ރީތިކަން ނަގާލައި އިސްލާމްދީނުގައި އަންހެނުން އުޅެން އަމުރުކޮށްފައިވާ އިމުންވެސް ބޭރުގައި އުޅުއްވާކަން ތިމާއަށް މާތްﷲ ރީތި ސޫރައެއް ދެއްވާފައިވަނީ އެކަމާއި ބޮޑާވެ ކިބުރުވެރިވެ ސުވަރުގެ ލިބެން އޮތްވާ ނަރަކަ ލިބިގަތުމަކަށް ނޫން
މަ ދެން ރޯންވީތަ؟ ތީ އެއްވެސް ރީތި ކަމެއް ހުރި މީހެއް ނޫން. އިންސްޓަގްރާމްގަ ފޭކް ފޮލޯވާސް ގަނެގެން އުޅޭ މީހުން
ހަމަ އަސްލުވެސް. މީނަ ރީއްޗެއް ނޫން. ހީލީމަ އެއްމެ ހުތުރީ. މުޅި މޫނުގަ ފުރާ ކުލަ ހާކާ، ބުމަ ހަދާ، އިސްތަށިގަނޑުގަ ކުލަ ޖައްސާފަ، އާޓިފިޝަލެއް ނޫނޯ.
އެއްވެސް ރީތި މީހެއް ނޫން ލޮލް....ހުސް މޭކަޕް...ތީ ފިލުވާލީމަ އެނގޭނީ.....ކުރިޔާ މިހާރާ ހާދަ ތަފާތޭ އެކަމް....ތި ހަށިގަނޑު ވެސް.... ހާދަ ދޮގެކޭ އެކަމް
Nivaakah neh hedhunlaagen dhimaa ah aura dhahkaa gen himaayai hoadhumah ulhu nas thimaa ah huree lurahkalee .
ޢެންމެ ފުރަތަމަ ޓީވީން މީނަ ފެނުންއިރު ހުރީ މިހެނެއްނޫން. އެހެން ވައްތަރަކަށްހުރީ މީނައެކޭ ނުވެސް ބުނާނެ މިހާރު ހީވަނީ ހަދާފަހުރި ބުދެންހެން
ނާހަމަ ރަނގަޅަށްތަޢް؟ އޭ މަ ބޭނުން ބަލާލަން. ފުޑްސްގެ ފަހުންނޭ މަށަށް މީނަ އެނގުނީ
ޒަޔާން ގެ އެޑިޓު ނުކު ރާ ފޮޓޯ އެއް މަދެކުނިން ހަމަ ހީވަނީ ކައިލީ ޖެނާހެން ލަދުން ބޯހަލާކު ޒަޔާނު އުޅޭ ގޮތެން ދޯ ދެން
ކައިލީ ހެޔޮ ދެއްތޯ އެހެން އިންސާނުންގެ އިހުސާސްތަކަށް ފަރުވާލެއް ބެލުމެއްނެތި އަދި ވިސްނުމެއް އިހުތިރާމެއްނެތި ތިމާ ހިތައް އަރާ ކޮންމެ އެއްޗެކޭ ކިޔަސް، އެހެން މީހުން އެކަމުން ދެރަވެދާނެ ކަމަކަށް ނުވިސްނޭދެއްތޯ؟ ފިރިހެނުން ގޮޅިޖެހި ގަމީސް ލީމާ، ތިމާއަށް ހަޑިއޭ ބުނެ، ކައިލީ އަންހެނަކަށް ވެހުރެ، ގޮޅިޖެހި ގަމީސް ލައިގެން އުޅެން އޯކޭ ދެއްތޯ؟ ނޫނީ އެހެން ނޫޅެވިގެން ދެއްތޯ ؟ އެހެން ބުނީ. އަމިއްލަ އަށް މަޝްހޫރުކަން ހޯދަންވެސް އެހެން މީހުންގެ އިހުސާސްތަކާއި ނުކުޅޭ. ތިމާ ވަރު ރީތި މީހަކުކަމަށް އަމިއްލައަށް ހެދިގެން ނޫޅޭ. މަޝްހޫރު މީހުން އަސްލު ޖެހޭނެ މުޖުތަމައުގައި އަޙްލާޤީ ފެންވަރު ދަމަހައްޓަން.
އަހަރެން ވަރަށް ދެރަވޭ ނަކަރައަށް ދާންޖެހިދާނެތީ.... މިފަނާވި ދުނިޔޭގައި ރީއްޗަކީ އެއްވެސް އަގެއް ހުރިއެއްޗެއް ނޫން.... ބާއްޖަވެރި އާއިލާއެއް، ސޯލިހު ދަރިއަކު ލިބުން އެއީ ކިހާ ބޮޑު ނިއުމަތެއްތޯ؟
100% ފޭކް
100%ސަޅި
މަށަށް ރީތި ފިރިހެނުން ގޮޅިޖެހި ގަމީސް ލީމަ، އެއީ އަލީރަމީޒްގެ ސްޓައިލްއެއްވީމަ
ކައި ހާސްނުވޭ މީހުން ދައްކާ ވާހަކައަށް، މަ މިހިރީނުން އަދިވެސް
ކައި ހާސްނުވޭ މަށަށް ކައި ވަރެއްނެތް. ކައި އަކީ ސާފުހިތެއްގެ ލޯބި ކަނބަލެއް. މަހަމަ ކައި ދެކެ ވަރަށް ލޯބިވޭ