ގިނަ އެކްޓަރުންތަކެއް މިހާރު ގޭގައި ތިބެގެން ކުރާ މަސައްކަތްތަކުގެ ފޮޓޯތައް އިންސްޓަގްރާމް ކުރަމުން އެބަދެއެވެ. ހާއްސަކޮށް އެ މީހުން ކައްކާ މަންޒަރު ފެންނަ ފޮޓޯތަކާއި ވިޑިއޯތަކެވެ. މިގޮތަށް ކެއްކުމުގެ ހުނަރުތައް ދައްކަމުންދާއިރު ޕްޔާރް ކާ ޕުންޗްނާމާއިން ފެނިގެން ދިޔަ ނުޝްރާތް ބަރޫޗާގެ އޭނާގެ ހުނަރު ދައްކާލަން މަސައްކަތް ކުރިއެވެ.
އެހެން ނަމަވެސް އޭނާއަށް ބޭނުންވި ހުނަރެއް ދައްކައެއް ނުލެވުނެވެ.
އޭނާ އިސްންސްޓަގްރާމް ކޮށްފައި ވަނީ، ވައްކޮށް ރޮށި ދަމަން ނޭނގޭ ވާހަކައެެވެ. އަދި އޭގެ ފޮޓޯވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.
އެ ފޮޓޯ ހިއްސާކޮށް އޭނާ ވަނީ ވަރުގަދަ ކެޕްޝަންއެއްވެސް ލިޔެފައެވެ.
މިހާރު ނުޝްރާތް މަސައްކަތް ކުރަމުން ދަނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ވާހަކަދައްކާ ވާޗުއަލް ސީރީސްއެއް ފެށުމުގެ މަސައްކަތް ކުރަމުންނެވެ.
ނުޝްރާތްގެ ފިލްމްތަކެއް މި އަހަރު ތެރޭގައިވެސް ނުކުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެެވެ. އެގޮތުން އޭނާ އެންމެ އަވަހަށް ފެނިގެން ދާނެ އެއް ފިލްމަކީ ރާޖްކުމާރް ރައޯ އާއެކު ފެނިގެންދާ ފިލްމް ޗައްލާންގް އިންނެވެ.
ރޮށި ކީއްވެ އަބަދު ވައްކޮށް އިންނަންވީ؟ ހަތަރެސްކަނަށްވެސް ނޫނީ ތިނެސްކަނަށްވެސް ދެމޭނެއެއްނު! ތިވެސް މިހާރު ތަރައްޤީކުރަންވެއްޖެއެއްނު! ކޮންމެ ސިފަޔަކަސް ރޮށިދެމިޔަސް ލާނީ ހަމަ އެއް ރަހައެއް!
އަލީ ހާމިދު އަށްވެސް ނޭނގެ ވައްކޮށް ރޮށި ދަމާކަށް.
ނުސްރަތުގެ ރޮށި ވަރައްމީރުވެފަ ފުރިހަމަ.
ލޮލް... ކަލޭ ތީ އަންނިތަ؟