ރިއަލިޓީ ޝޯ ބިގް ބޮސް އަކީ މިދިޔަ 13 އަހަރު ކަލަސްގެ އެންމެ މަޝްހޫރު އެއް ޝޯއެވެ. އެއީ އެންމެ ޓީއާރްޕީ ރަނގަޅު އަދި އެންމެ ގިނަ ބަޔަކަށް ކަމުދާ އެއް ޝޯވެސް މެއެވެ.

ޝޯ ހުށަހަޅަން ސަލްމާން ހާން ހުރުމަކީ ޝޯގެ މަޝްހޫރުކަން އިތުރުވާ އެއް ސަބަބެވެ.

ތޭރަ ވަނަ ސީޒަންއަކީ އެންމެ ގިނަ ހަމަނުޖެހުމާ އެންމެ ގިނަ ޓްވިސްޓްތައް ފެނުނު އެއް ސީޒަންއެވެ.

ބިގް ބޮސް 13 ގެ ފޯރި ނުކެނޑެނީސް ސީޒަން 14 ގެ އާ ޓްރެއިލަ ޝޫޓް ކުރަން ކަލާސްގެ ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ ވާހަކަ ދައްކަމުންނެވެ.

ސަލްމާންގެ ފާމް ހައުސްއަކީ ކޮވިޑް-19 އާ ގުޅިގެން އޭނާ އާއި އޭނާގެ އާއިލާ ދިރިއުޅެމުންދާ ތަންވެސްމެއެވެ.

މިފަހަރު ބިގްބޮސް އަށް ދާ ފަންނާނުން ބިގްބޮސްގެ ގެއަށް ދިއުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓްކުރާނެ ކަމަށް ބެލެވެއެވެ.

ކަލާޒްގެ ރިއަލިޓީ ޝޯ ބިގް ބޮސްގެ 13 ވަނަ ސީޒަން ކާމިޔާބު ކުރީ ޓީވީ ސީރީޒްތަކުން މަގްބޫލްވެފައިވާ ސިދާރްތް ސުކްލާއެވެ.

ޓީވީ ސީރިއަލްތަކުން ފާއިތުވި 10 ވަރަކަށް އަހަރު އާންމުންގެ މަގްބޫލްކަން ހޯދާފައިވާ ސިދާރްތް އާއްމުކޮށް ފެންނަނީ، ވަރަށް ހަމަޖެހޭ ސާދާ މިޒާޖު ހުންނަ މީހުންގެ ރޯލުން ކަމަށްވީނަމަވެސް ބިގް ބޮސް ޝޯގައި ސިދާރްތް ފެނުނީ ރުޅި ކޮންޓްރޯލް އުނދަނގޫ ރުންކުރު މީހެއްގެ ގޮތުގައެވެ.

މި ސަބަބާއި ހުރެ ސިދާރްތް އަށް ބިގް ބޮސް 13 ގެ ގޭގައި ތިބި ގިނަ މީހުންގެ ފަރާތުން، ވަރަށް ބޮޑަށް ނުރުހުމާއި ފާޑުކިޔުން އަމާޒުވިއެވެ.

އާއްމު ދިރިއުޅުމުގައި ސިދާރްތް އަކީ އެހާ ރުޅިގަދަ މީހެއްކަން އެނގުމުން ފޭނުން ތިބީ ހައިރާންވެފައެވެ.

ބިގް ބޮސް އަކީ ތަރިންގެ ނުފެންނަ މިފަދަ ކިތަންމެ ކަމެއް ދައްކުވާދޭ ތަނެކެވެ.

ފާއިތުވި އަހަރުތަކުގައި ބައެއް އާއްމުންނަށް ވެސް މި ޝޯއިން ވަނީ ފުރުސަތު ދީފައވެެ.