"ހޭލެވުނީ ދެންމެ، އެންމެ ފުރަަތަމަ މި ފެނުނު ހަބަރުން އަނެއްކާ ބޭނުންވަނީ ނިދާލަން" ބޮލީވުޑްގެ އެކްޓަރ ޝުޝަންތް ރާޖްޕުތް ސިންގގެ ކުއްލި މަރާއި ގުޅިގެން ދިވެއްސަކު ކުރި ޕޯސްޓެއްގައި ވެއެވެ. އޭނާއަކީ ދިވެހިންގެ މެދުގައި މަގްބޫލު ފަންނާނެއެވެ. ބޮލީވުޑްގެ ފޭނުން ސުޝަންތްގެ ހަނދާންތަކުން މީސް މީޑިއާ ފުރާލައިފިއެވެ. އެއްބަޔަކު ރޮއެ ނަގަނީ އޭނާ މަރުވި ކަން ގަބޫލުވެސް ނުކުރެވޭ ހާލުގައެވެ.
2014 ވަނަ އަހަރު ފިލްމީ ދާއިިރާއަށް ވަން ސުޝަންތް އަކީ ދާއިރާގައި މާ ގިނަ ދުވަހެއް ނުވަނީސް އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި ތަރިއެކެވެ. އަބަދު ހިނިތުންވެގެން ހުންނަ ސުޝަންތްއަކީ ކުރިއަރަމުން އައި ތަރިއެކެވެ.
https://m.youtube.com/watch?v=BYT8fnqXZkM
ސުޝަންތް މަރުވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ.
ދަންޖެހިފައި ހުއްޓާ ސުޝަންތް ފެނުނުއިރު ވެސް ފުރާނައެއް ނެތެވެ. އޭނާ މަރުވިއިރު، ގޭގައި އޭނާގެ ރަހުމަތްތެރިންވެސް ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭނާ ބޮލީވުޑްއަށް ތައާރަފްވެފައި ވަނީ ކައި ޕޯ ޗެ އިންނެވެ. އާއްމުންގެ ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ އޭނާގެ ފިލްމަކީ "ޗިޗޯރޭ"އެވެ. މީގެ އިތުރުން އެންމެ ފަހުން އޭނާ މިދިޔަ އަހަރު ފެނިފައި ގޮސްފައި ވަނީ "ސޯންޗިރައްޔާ"އިންނެވެ.
އޭނާ ފެނިގެން ދިޔަ 'އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ' އަކީވެސް މަޝްހޫރު ފިލްމެކެވެ.
އޭނާއަކީ ކިޔަވައިގެން ހުރި މީހެކެވެ. އެގޮތުން އޭނާ ވަނީ މެކޭނިޝަކަލް އިންޖީނިރަރިންގ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައެވެ. އަދިއޭނާ ވަނީ ފިޒިކްސް އޮލިމްޕިއަޑްވެސް ހާސިލް ކޮށްފައެެވެ. އަދި އޭނާ ވަނީ ޝިއާމަކް ޑަވަރް ޑާންސް ކްލާހުގައިވެސް ބައިވެރިވެފައެވެ. އަދި ބެރީ ޖޯންސްގެ އެކްޓިންގ ކްލާސްތަކުގައިވެސް ބައިވެރިވެފައި ވެއެވެ.
ސުޝަންތްގެ މަރު ދިވެހިން ބުނަނީ ގަބޫލުވެސް ނުކުރެވޭ ކަމަށް.
ސުޝަންތް ދިވެހިންގެ ތެރޭގައި މަޝްހޫރެވެ. ބައެއް ދިވެހިން އޭނާ ރީތިވެގެން އޭނާގެ ޕޯސްޓްތަކާއި ފޮޓޯތައްވެސް ޝެއާ ކުރެއެވެ. މިއަދު ގިނަ ދިވެހިން އޭނާގެ ފޮޓޯތައް އެ ޝެއާ ކުރަނީ ހިތާމައިގައެވެ. ޝުޝަންތްގެ ފޮޓޯ އެއްޗެހި ޝެއާކޮށް، ހިތްް ފަޅައިގެން ގޮސްފައިވާ އެމޯޖީތަކާއި، ރޯ އެމޯޖީ ތަކުން މީސް މީޑިއާ ފުރާލައިފިއެވެ.
އޭނާ ފެނިގެން ގޮސްފައިވާ ބައެއް ފިލްމްތަކުގެ ލަވަތައްވެސް ދިވެހިންގެ ތެރޭގައި މަޝްހޫރެވެ.
ދިވެހިން ބުނަނީ ޝުޝަންތް އަދި ދާން މާ އަވަސް ކަމަށެވެ. އަދި އޭނާގެ ޑިޕްރެޝަންއާ ގުޅޭގޮތުން ވާހަކަދެއްކި ދިވެހިންވެސް މަދެއް ނޫނެވެ.
ޝުޝަންތްގެ މަރާއެކު މީސް މީޑިއާގައި ޑިޕްރެޝަންއާ ގުޅޭގޮތުންވެސް ވާހަކަ އެބަ ދައްކައެވެ.
ޝުޝަންތް މަރުވީ އަމިއްލައަށް - ރިޕޯޓް
ފުލުހުންގެ ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ކޮޓަރީގެ ދޮރު ހުރީ ހަލާކުކޮށްލާފައެވެ. އަދި އޭނާ ފެނިފައި ވަނީ ދަންޖެހިފައި ހުއްޓާއެވެ. އޭނާ ޑިޕްރެޝަންއާ ހަނގުރާމަ ކުރަމުންދާތާ ހަ ވަރަކަށް މަސް ވެދާނެ ކަމަށް ބުނެފައި ވެއެވެ. އޭނާގެ ރަހުމަތްތެރިއަކު ބުނެފައިވާގޮތުން އެ މަރުގެ ފަހަތުގައި ވަނީ ޑިޕްރެޝަން އެވެ. އަދި ސޫސައިޑް ނޯޓެއްވެސް އަދި ފެނިފައި ނުވާ ކަމަށް ވެއެވެ.
ސުޝަަންތް އެންމެ ފަހުން އިންސްޓަގްރާމް ކުރި ޕޯސްޓް މަންމައަށް ހާއްސަ، އަސަރުގަދަ
ސުޝަންތް މަރުވުމުގެ ކުރިން އިންސްޓަގްރާމް ކޮށްފައި ވަނީ މީގެ އަހަރު ތަކެއް ކުރިން މަރުވެފައިވާ އޭނާގެ މަންމަގެ ފޮޓޯއެކެވެ. މި މަހުގެ ތިން ވަނަ ދުވަހު އޭނާ ކުރި އެ ޕޯސްޓުގައި ވަނީ މަންމަ އާއި އޭނާގެ ފޮޓޯއެއް ކޮލާޖްކޮށް ލާފައެވެ.
https://www.instagram.com/p/CA-S3cIDWOx/?utm_source=ig_embed&ig_mid=8307FDC6-8063-47FB-B2B3-5CEF0672E5DC
އެންމެންނަށް ހަނދާން ކޮށްދޭންވީ ކަމެއް އެބަ އޮތެވެ. އަމިއްލައަށް މަރުވުމަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫނެވެ.
ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތަށް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."
We think that they are very happy they are the people who live the life but it's not like that
Actually they will not find the peace and happiness in there life...
Because they haven't got Allah the all mighty in there life
ދިވެހިންގެ ވާހަކަ ނުދައްކާ.
ކާފަރަކު މަރުވެގެން ދެރައެއްނުވޭ! އެކަމަކު ފަލަސްޠީނުގެ ކުޑަކުދިން މަރުވާ ވާހަކަ ބުނުމުން ވަރަށް ދެރަވޭ!
ފަލަސްތީނުގެ ކުޑަކުދިން މަ ރުވީމާ އެކަނި ދޯ ދެ ރަވަނީ.އެކުދިން މާ ގިނަ އިން މަރުވަނި ތަ އަނެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއްކާ
ލޮލްސް
އަމިއްލަ އަށް ވެގެން އުޅޭ ދީނީ ޝެއިހުން މިތާ ކޮމެންޓް ކުރުމުގެ ކުރިން ބުނެލަން އެއީ އިސްލާމެއް ނޫންކަން. އޭނާ އަސް ސުއިސައިޑުގެ ޝަރުއީ ޙުކުމް ކިޔާ ދިނުމުގެ ބޭނުމެއް ނޯންނާނެ. މީހަކު ހަމަ ހުރެފަ އަމިއްލަ އަށް މަރެއްނުވާނެ. އެނޫން މަގެއް ފެންނަން ނެތް މީހާ އެކަންކުރާނީ. ހަމަ ބުނެލީ
ތި ވާހަކަ އަޑުއެހީމަ އެނގިގެން މިދިޔައީ ގިނަ ދިވެހިން ގެ ފޭންއެއްކަން. އަދި އޭނާމަރުވުމުން ލޮލުން ކަރުނައަޅާކަން...ބުނަންމިއުޅެނީ އަހަރުމެން މުސްލިމުންގެ ބަތަލައްވާންޖެހޭނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮލޯ ކުރާ ދީނީ ފުންނާބުއުސް ޢިލްމުވެރިން...އޭގެ އިލްމުވެރިއެއްގެ ނަމެއްވެސް ގިނަ ދިވެހިންނަކަށް ނޭނގޭނެ...ދުނިޔެއަށްގެއްލިފައި ހުރިވަރު ފެނިގެންދަނީ..
ރަނގަޅު ވާހަކައެއް
އައްޝައިޚް އިބްނު ބާޒު (ޢަބްދުލް ޢަޒީޒު އިބްނު ބާޒު) ގެ ތަރުޖަމާ ކިޔާލުމުން އެތައް އިބުރަތެއް ލިބޭނެ.
އަދި އައްޝައިޚް އަލްބާނީ، އަދި އައްޝައިޚް މުޙައްމަދު އިބްނު ސާލިހު އަލް ޢުޘައިމީން.
މިއީ މި ޒަމާނުގެ އިސްލާމީ އުއްމަތުގެ ބޮޑު ޢިލްމުވެރިން رحمهم الله
ބޮޑެތި ޓެރަރިސްޓުން.ކޮންބާޒެކޭ ކިޔާކަށް
މަށަށް ތީ އުޅޭ މީހެއްކަން ވެސް އިނގުނީ އަވަދިވީ ފަހުން ނޫސްތަކުގައި ޖެހީމަ. އެހެނެއްނޫ މަގޭ ފިރިސޮރު ޓީވީ ބަލަން އިނދެފައި އެޚަބަރު އެންޑީޓީވީން ގެނެސްދިނީމަ ސިއްސައިގެން ގޮސްފަ ބުނީ އޭ މީނަ( ނަންކިޔާފަ) މަރުވީ ތަ. ދެން މަ ވެސް ފިރިސޮރަށްވުރެ ދެރަ ނުވާން ބުނީ ނޭންގޭތަ ދަންޖެހުނީ އޭ އޭރުގަ މަ ނޫސްތަކުން މި ޚަބަރު ކިޔާފަ އޮތީ
ނޫސްލިޔުނު މީހާވާހާކަޖަހާ.. މެޖޯރިޓީއެއް ދެރައެއް ނުވޭ....ތިކާހަލަ ކުފުރު މަރު ތައް އިސްތިހާރު ކުރާނެ ކަމެއްނެތް.... ގިނައިން އެއްވާހަކަ އަތް ތ
ދެއްކުމުން އެކަމެއް ކުރުމަށް ހިތްވަރު ލިބޭ... އިސްލާމްދީނުގައި ސާބިތުކަން ކުޑަ މީހުންނަށް މަގު ގެއްލެން ފުރުސަތު ފަހިކޮށް ނުދީ
އިސްލާމްދީނުގެ ހައްގުގައިތިބި ..ބޮޑެތި ތަގުވާވެރިންނާދިމާލައް ޓެރަރިސްޓުންނޭ...މާތް ކަލާންގޯ
އަހަރެންނަކަށް ސިހުމެއް ނުލިބޭ. ކާފަރެއް ކާފަރުކަންމަތީ ކުފުރު މަރަކުން މަރުވީމަ ކޮންކަމަކާ ހާސްވާންވީ