ސައުތު ކޮރެއާގެ ކޭ ޕޮޕް ތަރި ޔޯހާން މަރުވެއްޖެއެވެ. އޭނާ މަރުވިއިރު އުމުރަކީ 28 އަހަރެވެ.
އޭނާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ކޮރެއާގެ ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އަސްލު ނަމުން ނަމަ، ކިމް ޖިއޮން.ހްވާން އަކީ ކުރިން ފިރިހެން ބޭންޑެއްކަމަށްވާ ޓޮޕް ސީކްރެޓްގެވެސް މެންބަރެކެވެ. މިދިޔަ ޖެނުއަރީ މަސް ތެރޭގައި އެ މީހުންގެ ސިންގަލް ލަވަތަކެއް ނެރުނެވެ.
އޭނާ މަރުވެފައި ވަނީ ކިހިނެއްވެގެން ކަން އަދިވެސް އެއްވެސް މީޑިއާއަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.
ޔޯހާން މިވަގުތު ބާއްވާފައި ވަނީ ސެވެރަންސް ހޮސްޕިޓަލްފައެވެ. އޭނަގެ ހަށިގަނޑު ޔޮންގިންގައި ހުންނަ ސަހަރާއަށް ގެންދިއުމަށް ނިންމާފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.
ޔޯހާންގެ މަރާއެކު އާއިލާއަށް ވަނީ ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހިފައެވެ. އޭނާގެ މަރާއި ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ތަފާތު ވާހަކަތައް ދައްކަމުންދާކަމަށް އަާއިލާއިން ދަނީ ބުނަމުންނެވެ. އާއިލާއިން ވަނީ އޭނާގެ މަރާއި ގުޅޭ ގޮތުން ތަފާތު ވާހަކަތައް ނުދެއްކުމަށް އެދިފައެވެ.
ކޮރެއާގެ ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު ޔޯހާންގެ މަރާއެކު އޭނާގެ ފޭނުން ދަނީ ހިތާމަ ފާޅުކޮށް މީސް މީޑިއާގައި ލިޔަމުންނެވެ.
އޭނާ އެންމެ ފުރަތަމަ އާއްމުންގެ މަގްބޫލުކަމެއް ހޯދީ އެންއޯއެމް ބޭންޑުންނެވެ. އެއީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ދެން ގުޅިފައި ވަނީ ޓޮޕް ސީކްރެޓާއެވެ.
އޭނަ މަރުވި ފަހުން މި އެނގުނީ ކޭ ޕޮޕޮ