ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އަތް ސެނިޓައިޒް ކުރުން ވަނީ ވަރަށް ބޭނުންތެރި އަދި ހަމަ އެހައިމެ މުހިއްމު ކަމަކަށްވެސް ވެފައެވެ. މިހާރު އަތް ސެނިޓައިޒް ކުރަން ގިނަ ބަޔަކު ދަނީ ބޮޑު ޙަރަދެއް ހޭންޑް ސެނިޓައިޒާ ފުޅިތައް ގަތުމަށް ޙަރަދު ކުރަމުންނެވެ. ނަމަވެސް، ދުވަސްކޮޅަކުން މިކަމަށް ނިމުމެއް އައިސްދާނެއެވެ.
ސައުތް ކޮރެއާގެ ބަޔޯޓެކް ކުންފުންޏަކުން މިވަނީ މިހާރު މާކެޓުގައި ހުރި ހުރިހާ ސްމާޓް ފޯނަކަށް ބޭނުން ކުރެވޭނެހެން ޑިިޖިޓަލް ހޭންޑް ސެނިޓައިޒަރެއް އުފައްދާފައެވެ. "އުވްލެން" ގެ ނަން ދެވިފައިވާ މި ޑިޖިޓަލް ހޭންޑް ސެނިޓައިޒާ އަކީ ސައިޒުން ވަރަށް ކުޑަ އެއްޗެކެވެ. އުވްލެން ފޯނުގެ ފްލޭޝް ލައިޓު ކައިރީ ހަރުކުރުމަށް ފަހުގައި ސެނިޓައިޒް ކުރުމަށް ޙާއްސަކޮށް އުފައްދާފައިވާ އެޕް ބޭނުން ކުރުމުން އަލްޓްރާ ވައިލެޓް ލައިޓުތައް ބޭނުން ކޮށްގެން 99% ޖަރާސީމު ނައްތާލެވޭނެއެވެ.
އެންމެ 10 ސިކުންތު ތެރޭ އަތް ސެނިޓައިޒް ކޮށްލެވޭ މި އެޕުން ބޭނުން ކުރަނީ އަލްޓްރާ ވައިލެޓްގެ ދޯދިތަކެވެ. އެ ކުންފުނިން މި ޑިޖިޓަލް ހޭންޑް ސެނިޓައިޒަރާއި އެކު އުފައްދާފައިވާ އެޕުން އެންމެ ހެޔޮވަރު ވަރަށް މި ދޯދިތައް ކޮންޓްރޯލް ކޮށްދެއެވެ. އަތުގެ އިތުރުން ލެޕްޓޮޕް ކީބޯޑާއި، ގެންގުޅޭ ކުދި އެއްޗެހީގެ އިތުރުން، ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުތައްވެސް މީގެން ސެނިޓައިޒް ކުރެވޭނެއެވެ.
މި މަހުގެ 25 ވަނަ ދުވަހު މި ޕްރޮޑަކްޓު ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވާއިރު، މީގެ އަގު އުޅޭނީ 25 ޑޮލަރަށް ނުވަތަ 385 ރުފިޔާ އަށެވެ. މި ޕްރޮޑަކްޓާއި އެކު ބޭނުން ކުރަން އިންނަ އެޕް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. މި ޕްރޮޑަކްޓަކީ މިހާރު ޓެސްޓުވެސް ކުރެވި، އިދާރާތަކުން ބެލުމަށް ފަހުގައި ވިއްކުމުގެ ލައިސަންސްވެސް ދީފައިވާ ޕްރޮޑަކްޓެއްކަން ފާހަގަކޮށްލެވެއެވެ.
މިރާއްޖެއަންނައިރު އަގު ހުންނާނީ އަތްނުފޯރާފަށުގައި.
99 percent?
Dhn baakee in 1 percent o?
100 percent bacteria nathaarlevey varuge ehcheh bunebala!!
އަލްޓްރާ ވަޔޮލެޓަކީ ހަންގަނޑަށް ވަރަށް ގެއްލުން ހުރި އެއްޗެއްކަމަށް ބުނެއުޅޭ އަޑު އަހަން