މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މީސްމީޑިއާގައި ތަފާތު ފޮޓޯ ޗެލެންޖްތަކުގެ ސަބަބުން މަޝްހޫރުވި ގދ. ތިނަދުއަށް އުފަން އުމުރުން 34 އަހަރުގެ، އިބްރާހިމް ޝަފްރާދު އަނެއްކާވެސް އާ ޗެލެންޗަކަށް ކުރިމަތިލައިފިއެވެ.
އޭނާ ދަނީ މިހާރު ކޮޮންމެ ބުރާސްފަތި ދުވަހެއްގައި ފޭސްބުކަށް ފޮޓޯއެއް ލުމަށް ފަހު ވަކި ވަރަކަށް ކޮމެންޓް ހަމަވުމުން އެ ފޮޓޯ އާއި އެއްގޮތް ފޮޓޯއެއް އަލުން ނަގަމުންނެވެ. މިގޮތުން ނަގާ ފޮޓޯތަކުގައި އޭނާ ހެދު އަޅާ ގޮތާއި، އިސްތަށިގަނޑު ބަހައްޓާ ގޮތް އަދި އަތާއި މޫނުގެ ހަރަކާތްތައް ވެސް ބަހައްޓަނީ އަސްލު ފޮޓޯ އާއި އެއްގޮތަށެވެ.
މިފަހަރު އޭނާ ލާފައި ވަނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ވެއްޓެމުން ކަހަލަ ގޮތަކަށް ބޯޅައިގައި ފައިން ޖަހަން، ރޮނާލްޑޯ ފައި ނަގާ މަންޒަރެވެ. މި ފޮޓޯ އާއި އެއްގޮތަށް ފޮޓޯ ނަގަން ޝަފްރާޒް ޝަރުތު ކުރީ 24 ގަޑި އިރުތެރޭގައި 35000 ކޮމެންޓް ލިބުމުންނެވެ.
https://web.facebook.com/photo.php?fbid=10159014916780476&set=a.10150330313350476
ޝަފްރާދުގެ ކުރީގެ ޗެލެންޗަކުގައި ގިނައިން ހިމެނެނީ އެކްޝަން ހީރޯއިން، ނުވަތަ އެކްޝަން ފިލްމުތަކުން ފެންނަ ބަތަލުންގެ ފޮޓޯތަކާއި އެއްގޮތް ފޮޓޯތަކެކެވެ.
އެގޮތުން ބޮލީވުޑްގެ ސަލްމާން ޚާން އޭނާގެ ފިލްމް ޓައިގަރ ޒިންދާހޭގައި ކާރު ބޭނުންކޮށްގެން ޖައްޗާފައިވާ ސްޓަންޓެއްގެ ފޮޓޯއަކާިއ، ގޯލްމާލް 4ގެ ލަވައެއްގެ އަޖޭ ދޭވްގަންގެ އެންޓްރީ ސީންއިން ނަގާފައިވާ ފޮޓޯއެއް ފާހަގަކުރެވެއެވެ.
މީގެ އިތުރުން ތަމަޅަ ފިލްމްތަކުން މަޝްހޫރު ބަތަލް، މަހޭޝް ބާބޫ ލުންގީ އަނދެނގެން ހިނގާފައި އަންނަ މަންޒަރު ފެންނަ ފޮޓޯއެއް ހިމެނެއެވެ. މި ފޮޓޯތައް ނެގުމުގައި އޭނާ އާއި އެކު ތިނަދޫގެ ޒުވާން ޓީމެއްވެސް ހަރަކާތްތެރިވެއެވެ.
ޝަފްރާދު ވައްތަރީ ބަންގާޅިއަކާ ހެން ?
ނުވާނީ ކީއްވެ. މުޅިންވެސް ފޮޓޯޝޮޕްކުރާ މިހެއް ވިއްޔާ. ޢެގޮތަށް ޗެލެން ކުރެވޭނެ ކޮންމެ މޯހަކަށްވެސް
ދީނާއި ދުނިޔޭގައި މަންފާ ކުރާނެ ކޮންމެސް ހެޔޮ ކަމަ ކަށް ޗެލެންޖް ކުރަންވީ ނޫންްތޯ.....ތި ސީ ރޮނާލްޑޯއަށް ފޮލޯ ކޮއްގެން ތިމާ މީހަޔައް ލިބުން އޮތީ ކޮކންފައިދާއެއް... ޝޯޝަލް މީޑިޔާގައި ފޮލޯވަރުން ގިނަ ކޮއްގެން ތިމާއަށް އޮތީ ކޮންފައިދާއެއް.. ކޮންތާ ކުން ތޯ ވަގުތު ހޯދަނީ ހުރިހާ އެންމެންނާ ވާހަ ކަ ދައް ކާ ކޮމެންޓްތައް ކޮއް ކިޔާ ހަދަން...ބޭ ކަލުންނޭ.އުޚްްރަވީ ހަޔާތައް އިނވެސްޓް ކުރައްވާށެވެ. ހުރިހާ ވެސް ފައިދާ އެއް އޮތީ އެ ކަމުގައެވެ...
މި ވަގުތީ ދުނިޔޭގައި ކުރި ހެޔޮ އަމަލުތަ ކަކ ކީ އާޚިރަތް ދުވަހު ތިމާ ކާމިޔާބުވެ ދާއިމީ ސުވަރުގޭގެ ވާރުތަވެރިންނަށް ވުމުގެ ސިއްރު ކަން ދަންނާށެވެ..
.ނުބައި ބޭ ކާރު ކަންތައް ކޮއް ފައިދާ އެއް ނެތް ފޮލޯވަރުން ގިނަ ކޮއް އެމީހުންނަށް ތަބަޢަ ވުމަ ކީ ހިތާމައިގެ ގޮވާން ކަނޑާނެ ކަމެއް ކަން ދަންނާށެވެ.....
ބޮޑުވަރު ނުވަނީސް މެންޓަލް ޑޮކްޓަރަކަށް ދައްކާ
ކޮސް ނުގޮވަ ތަންކޮޅެއް ބޭނުންތެރި ކަމެއް ކޮށްގެން ދިރިއުޅުމެއް ފައްޓަބަލަ ކަލޯ؟؟
ފެންވަރުދަށް ފޮޓޯ ޝޮޕް. ވަގުތަށް ސަލާމް!