މިއީ ވަރަށް ނުފެެންނާނެ މަންޒަރެކެވެ. މީސް މީޑިއާގެ ސަމާލުކަން ދަމައިގަތް ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަނި ދޫންޏެއް ބޮޑު މަހެއް ޖަހައިގަނެގެން އުދުހޭ މަންޒަރެވެ.
މިދިޔަ ހަފްތާ ތެރޭގައި އާއްމުވި އެ ވީިޑިއޯއިން ފެންނަނީ އެެމެރިކާގެ މީރްޓިލް ބީޗެވެ. އެ ބީޗުގެ މަތިން ބޮޑު ދޫންޏެއް އެ ދަނީ ބޮޑު މަހެއް ހިފައިގެންނެވެ. އެއްބަޔަކު ބުނާގޮތުގައި އެއީ މިޔަރެކެވެ. އެކަމަކު އަދިވެސް އެއްވެސް މީހަކަށް މިކަން ކަށަވަރެއް ނޫނެވެ.
ސީބީއެސް ނޫހުން ބުނާގޮތުގައި، އެ މަންޒަރު ވީޑިއޯކޮށްފައި ވަނީ އަޝްލޭ ވައިޓް ނަމަކަށް ކިޔާ މީހެކެވެ. އަދި އެ ވީޑިއޯއަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ކެލީ ބާބޭޖް ނަމަަކަށް ކިޔާ މީހަކު އެ މަންޒަރު ފެންނަ ވީޑިއޯ ހިއްސާ ކުރުމުންނެވެ. އޭނާ އެ ވީޑިއޯ ހިއްސާކޮށް ބުނެފައި ވަނީ އީގަލް؟. ކޮންޑޯރ؟. މީރްޓިލް ބީޗުން މިޔަރެއް ހިފައިގެން ދަނީ ކަމަށެވެ.
އެންމެ ފަހުން އެ ވީޑިއޯ ދެން ހިއްސާކޮށްފައި ވަނީ ޓްވިޓާގައެވެ. އެ ޓްވިޓާގައި ހިއްސާ ކުރުމުން 23.3 މިލިއަން ވިއުސް އެ ވީޑިއޯއަށް ލިބިގެން ދިޔައެވެ. އަދި އެތައް ހާސް ކޮމެންޓެއްވެސް ލިބިގެން ގޮސްފައި ވެއެވެ.
Anyone know what type of bird this is and is it holding a shark? #myrtlebeach 📽 Kelly Burbage pic.twitter.com/gc59xihiM7
— Tracking Sharks (@trackingsharks) June 30, 2020
ވީޑިއޯ ހިއްސާ ކުރުމުން އެއީ ކޮން ކަހަލަ ދޫންޏެއްތޯ އާއި ކޮން ކަހަލަ މަހެއްތޯ ބެލުމަށް ބަހުސްވެސް ކުރިއަށް އެބަ ދެއެވެ.
މިފަދަ ވީޑިއޯތަކަކީ އާއްމުކޮށް މީސް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބޭ ވީޑިއޯތަކެވެ.
100% ޔަގީންކަންއެބައޮތް ހިފައުގެން އެދަނީ މިޔަރެއް ނޫންކަން.
ޓޫނާ..
އެއީ މިޔަރެއް ނަމަ އެދޫނި ވަގުތުން މަރާލާ. އިންސާނުންނަށްވުރެ މާތް އެއްޗެއް މިޔަރަކީ
މާޝާﷲ ❤️
ތިީ މިއަރެއް ނޫން ތީ ފްޅައިންގެއް
މި ރާއްޖޭގަ މިޔަރަކީ ވަރަށް ފާޑެއްގެ އެއްޗެއް. ކަނޑުގަ ލެއްވި ރޯއްޖެއް އަދަދެއް ވައްތަރެއް ނުބަލާ ހިމާޔައް ކޮއްފަ އޮތްއެއްޗެއް. މިހާރު ތިޔައެއްޗެއް ގިނަވެގެންގޮސް ކަނޑުއޮޅިތައް ހީވަނީ ސާގުފަނިގަނޑެއްހެން. މަހައްދާމީހަކައް މަހެއް ބޭވެނީކީނޫން. ނުވިތާކައް ގެންދާ އާލާތްތައްވެސް ކައިހުސް. މަސްވެރިޔަކުގާތު މިޔަރެއް ޖެހުނަސް އެމީހަކު ބޮޑުތަނުން ކުއްވެރި ވާނެ. އަޅެ މަސްބާނާ މީހަކަށް ކިހިނެއް އިނގެނީ އޭގަ ޖެހޭނީ މިޔަރެއް ކަމެއް ނޫނީ ރަތްމަހެއްކަމެއް. އަދި މިއުޅޭ އޯޝަންހޯލިކްސް މޯލްޑިވްސްއޭ ކިޔާބަޔަކައް އެމީހަކުވާނީ ބޮޑު މުޖުރިމަކައް. އެމީހެއްގެ އަބުރު ހުޅުނބު ޖަހާލާނެ. ކިހިނެއް މިވަރުން އަބުރުވެރި ދިރިއުޅުމެއް އުޅޭނީ.
ދުނިޔެ ހިނގާއުސޫލުން އެދަނީ. އިންސާނުންވެސް އުޅެނީ ހަމަމިހެން.
މމމމމމމމމިޔަރާއި ހިބަރު ނޭނގޭ މީހުން މަސް ވާހަކަ ތިދައްކަނީ.
ފަދަ
ތީ މާނިއަ މަހެއް