ބޮލީވުޑްގެ މަޝްހޫރު އަދި ދުވަސްވީ ފިލްމީ ތަރި އަމީތާބް ބަޗަން އޭނާއަށް ހަސަދަވެރިވާ ރުޅިވެރިންނަށް ހޫނު ރައްދެއް ދީފިއެވެ.

އަމީތާބް، ހަސަދަވެރިންނަށް އަމާޒުކޮށް ލިޔެފައިވާ ސިޓީއެއްގައި ދައްކާފައިވާ ވާހަކަތަކުން އެމީހުން އެދެނީ އަމީތާބް އަވަހަށް މަރުވުމަށް ކަން އެނގެއެވެ. އަމީތާބް މިހާރު އޮތީ ކޮވިޑް-19 އަށް ފައްސިވެ އިންޑިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ.

އަމީތާބް ލިޔެފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި އޭނާ އޮތީ ދެ ގޮތުން ކުރެ އެއް ގޮތް މެދުވެރިވުމެވެ. އެއީ އޭނާ މި ބަލީގައި މަރުވެގެން ދިއުން ނުވަތަ ބަލިން ސަލާމަތްވެ ކުރިއެކޭ އެއްގޮތަށް އުޅެވުން ކަމަށެވެ. އަދި މަރުވެއްޖެ ނަމަ ހިތުގައި ބުނަން ބޭނުންވާ ވާހަކަތައް އޮތް ނަމަވެސް އެއިން އެއްވެސް ވާހަކައެއް ނުބުނެވޭނެ ކަމަށާއި މި ސިޓީއަކީ އެކަމަށް ވިސްނައި ލިޔާ ސިޓީއެއް ކަމަށް ބުނެފައި ވެއެވެ.

އަމީތާބް ބުނެފައި ވަނީ އޭނާގެ 90 މިލިއަނަށް ވުރެ ގިނަ ފޭނުން އެބަތިބި ކަމަށާއި، މަދު ބަޔަކު އޭނާއަށް ހަސަދަވެރި ވިޔަސް އެ އެންމެން އޭނާއަށް ހެޔޮ ދުއާ ކުރާނެ ކަމަށެވެ.

"އަހަރެންގެ 90 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާއި ފޭނުން އެބަތިބި. އެންމެ ހުޅަނގުން ފެށިގެން އިރަށް. އެމީހުންނަކީ އަހަރެންނަށް އާއިލާއެއް. ބޮޑު އާއިލާއެއް. އަހަރެންނަށް ހެޔޮ އެދޭނެ ބައެއް. ރުޅި އަންނަ މީހުން އަނދައިގެން ދާނީ އަމިއްލައަށް ހޫނުކުރާ ގިނީގައި" އަމީތާބް ލިޔެފައިވެއެވެ.

އަމީތާބްގެ އިތުރުން އޭނާގެ ދަރިފުޅު އަބީޝޭކް ބަޗަން އަށް ހޮސްޕިޓަލުގައި ދަނީ ކޮވިޑް-19 އަށް ފަރުވާ ދެމުންނެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިހާރު އަބީޝެކްގެ އަނބި އަދި ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރިއާ ރާއީ ބަޗަން އާއި އޭނާގެ ދަރި އަރާދިޔާ ބަޗަން ވަނީ ކޮވިޑް-19 އަށް ފަރުވާކޮށް ރަނގަޅުވެގެން ގެއަށް ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ދެން ވެސް ހިތަށް އީމާން ކަން ވައްދާ!

    11
  2. މުއްލާ

    ފޮލޯވަރުން ތިއްބަސް އެމީހުން ދުޢާކުރިޔަސް ތިޔައީ ހަރުބީ ބޮޑު ކާފަރެއް. މުސްކުޅީ ވީމަވެސް ކެމެރާ ކުރިމަތިން ނެއްޓެން ނޭގިގެން އުޅޭ މަރުކޮހެއް ތީ.. އަމީތާބޫ ކައޭ ހެޔޮ ނެތަސް.

    20
    3
    • ރަދީފް

      މިކޮމެންޓް ކިޔާފަ މަ ހަމަ ހީ ހީ ހަލާކުވެއްޖެ.

      11
      3
  3. ރަދީފް

    ''އަމީތާބް، ހަސަދަވެރިންނަށް އަމާޒުކޮށް ލިޔެފައިވާ ސިޓީއެއްގައި ދައްކާފައިވާ ވާހަކަތަކުން އެމީހުން އެދެނީ އަމީތާބް އަވަހަށް މަރުވުމަށް ކަން އެނގެއެވެ.'' މީތި ސަޅި.90 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާއި ފޭނުން ތިއްބަސް މިއަދު ލޯމެރުނަސް އޮންނާނީ އެކަނި ކައްވަޅުގެ އަނދިރީގަ.ތިބުނި 90 މިލިއަން މީހުންގެ ފަރާތުން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ.ދެންވެސް ތައުބާވެ ހެޔޮ މަގަށް ރުޖޫޢަ ވެއްޖެނަމަ އުފާވެރި މާދަމައެއް ލިބޭނެކަމުގެ އުއްމީދު ބޮޑު.އަވަސް ޝިފާއަކަށް އެދެން.ވ.ވެދުން

    30
    1
  4. ބޯކިބާ

    މިއީ ކާކުކަމެއްނޭނގެ، އެކަމަކު އިންޑިއާގަ ފިލްމުކުޅުމަކީ އާއިލީ ކަންތައްގަނޑެއް، މިމީސްމީހުންގެ އާއިލާމީހުނަށް އެކަނި ފިލްމުކުޅެވެން އޮންނަނީ އެހެންވެ އިންޑިއާ ގިނަމީހުންވެސް މިހާރު ފޫހިވެގެން މިމީހުންގެ ފިލްމުތައް ނުބަލާކަމަށްވަނީ.

  5. ނަސޭހަތް

    ތިއަދަދު ގިނަވެގެން ބޮޑާނުވޭ މުސްލިމްކަންމަތީގަ މަރުވިއްޔާ ނޫނީ ތިއަދަދަކުން ކަލެއައް ކުރާނެ އެއްވެސް ފައިދާއެއްނޯންނާނެ ކަމީ ޝައްކެއްނެތި އެނގޭކަމެއް ނޭވާހޮޅިޔައްއެޅުމުގެކުރިން ތެދުމަގު ލިބިގަނޭ

    9
    1
  6. ާއަފްލާ

    މުސްލިމުން މުސްލިމުންނަށް ހެޔޮދުޢާ ކުރާނެ ޣައިރު މުސްލިމިންނަށް އަހަރެން ދުޢާކުރާނީ އެމީހުން އިސްލާމްދީން ގަބޫލު ކުރޭތޯ ﷲ ގެ މަގައް ރުޖޫޢާވޭތޯ؟އަހަރެމެން ކިތަންމެ ދުޢާ ކުރިޔަސް ތީކި ސުުވަރުގެ ދާނެ ބައެއްނޫން ސަބަބަކީ ﷲ ގެ އެްްއްކައު ވަންތަކަން ގަބޫލު ނުކުރާތީ

  7. Anonymous

    އަމީތާބަކީ ގިނަބައެއްގެރުހުންހޯދާފަހުރި މޮޅުބަތޮލެކެވެ.އަދިއަމީތާބައްހެޔޮދުޢާކުރާނެގިނަބަޔަކުދުނިޔޭގައިއެބަތިއްބެވެ.އަމީތާބައްއަވަސްޞިފާއަކައްއެދެން

    1
    2