ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ވަރިވެފައިވާ ކަމަށާއި ދެކަނބަލުންގެ ދެމެދުގައި މައްސަލަ ޖެހުނީ ރައްޔިތުން މަޖިލީހުގެ މެންބަރު ހިސާން ހުސައިން އާއި ރައީސް ނަޝީދާއި ދެމެދު "ލޯބީގެ ގުޅުމެއް" އޮންނާތީ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ އެމައްސަލަ ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު، ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އަރިހުން އެދިވަޑައިގެންފިއެވެ.
ހަޖު ދުވަހާއި ގުޅިގެން ޖާބިރު، މިނިސްޓަރ އިމްރާނަށް ފޮނުވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއި ހުވައާއި އެއްގޮތައް މިނިސްޓަރ އިމްރާން ވަޒީރުގެ ޒިންމާތައް އަދާކުރައްވާނެ ކަމަށް އުއްމީދު ކުރެވެއެވެ.
މިނިވަން ޖުޑީޝަރީއެއް އޮންނަން ޖެހޭނެ ކަމަށް އަބަދުވެސް ރައްޔިތުން ގަބޫލުކުރި ކަމަށް ވިދާޅުވެ ޖާބިރުގެ މެސެޖް ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ ފަނޑިޔާރުގެއަށް އަތް ބާނައިގެން ނޫވާނެއޭ ރައީސް ނަޝީދު ވެސް އެތައް ފަހަރު ވިދާޅުވެފައިވާ ކަމަށެވެ.
"މިއަދު އަޑުއިވިގެން މިދިޔައީ ރައީސް ނަޝީދު ކައިރިން މެޑަމް ލައިލާ ވަރިވެއްޖޭ. ހިސާން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ކަމަށް ލުމަށް ފަހު އޭނާ އާއި ލޯބީގެ ގުޅުމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އޮވެއްޖެ ކަމަށް ވަންޏާ ޖުޑިޝަރީ މިނިވަނެއް ނުވާނެ. އެހެންވީމާ މިމައްސަލަ އަކީ ބަލަން ޖެހޭ މައްސަލައެއް." ޖާބިރު ވިދާޅުވިއެވެ.
މި ހުތުރު އަމަލު ހިންގާފައިވާނަމަ ވަގުތުން ވަގުތައް ރައީސް ނަޝީދާއި ހިސާން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ލައިލާގެ ކައިވެނި ރޫޅިފައިވާ ކަމަށާއި އަދި ރައީސް ނަޝީދާއި ހިސާނާއި ހާއްސަ ގުޅުމެއް އޮންނަ ކަމަށް ބުނެ މީސް މީޑިއާގެ ތަފާތު ޕްލެޓްފޯމްތަކުގައި ތަފާތު ވާހަކަތައް ދައުރުވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އެވާހަކަތަކަކީ ހަޤީޤަތެއް އޮތް ވާހަކަތަކެއް ކަމެއް ނުވަތަ ނޫންކަމެއް އިތުބާރު ކުރެވޭ އެއްވެސް ފަރާތަކުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ކިހާބޮޑު..އެއް. މި ޖާބިރާ ނުބެހޭ ކަމެއްވެސް ނޯންނަނިއްޔޭދޯ؟ ކަލޭ ކަންތައްދެން މިހާރު މާ މައްޗަށް ތިދަނީ! ތިހެން މޮޔައަކަށް ހެދިގެން އުޅެނިކޮށް އަސްލުގޮތަށް މޮޔަވެދާނެ!
ނަޝީދާ އެމްޑީޕީގެ ތެރޭގަ މާ އަށިގަދަކޮށްފަ އުޅޭ ކާޅު ގުރޫޕަކަށް މަ ދުވަހަކުވެސް ތާއީދެއް ނުކުރަން.. އެކަމު ޖާބިރު ތަންކޮޅެއް މައްޗަށްދާކަމަށް މަށަށް ފެނޭ ނޫނީ ނަޝީދު ޖާބެ ލައްވާ ސިންޕަތީ ހޯދަންކުޅޭ ގޭމުތައްކަމަށްވެސް ވެދާނެ.. އޭނާ ކުރިންވެސް ޖާބިރު ބޭނުންކުރި މަޖިލީހުގަ އެއްޗެތި ގޮއްވަން އިބޫއަށާއި އިބޫއަށް ތާއީދުކުރާ މެންބަރުންނާ ރައީސް ޔާމީނަށް.. ބަޔަކު ވަރިވިއްޔާ ލޯބި ވިއްޔާ ޖުޑިޝަރީއަކާ ފަންޑިޔާރުގެއަކާ ކޮންކަމެއް..ޖާބިރުތީ މާ ދެން ފެން މައްޗަށް އަރައިގެން މަ ވަރު ނެތިގެން އަމިއްލައަށް މަޖާވާ ގޮލައެއް.. އަބަދު ހުންނަނީ
ޖާބިރު އިޒް ދަ މޭން އޮފް 2020
އާން ބަލާ ބަލާ. ތީތެދެއްކަމަށްވަންޔާ ޖުޑީޝަލް ކޮމިޝަންއިން ދެމީހުން ވަކިކުރޭ. ހިތާވެގެން ތިތާއެތެރޭ މިނިވަން ޖުޑީޝަރީއެއް ނުހިންގޭނެ.
ބޭވަފާތެރި ދުނިޔެދޭ އަނިޔާތަކުން ވާކަށް ނެތޭ. ދުނިޔެދޭ އިބްރަތްތަކުން ބޭނުން ނުކޮށް ވާަކަށްނެތޭ ކާކުބާއޭ ހުންނަނީ ހަމަ އެކަކުވެސް ހިތް ނިޔަތް ހާލިސް ކުރާ މީ އުސޫލޭ ދުނިޔަވީ ދަސްކާކުކުރޭ އިންސާނުނޭ. ކާކުތޯ އަދު ހުންނަނީހެޔޮ އެދޭ ހަމަ އެކަކުވެސް ކަށި ޖަހާނެޔެ ފުރުސަތެއް ލިބިދީފިނަމަ ހަމައަރިހުގާ
އެ ބާހަކައޭ ލައިލާ ފަކީރަށް އެހެން ހެދި މީހަކު ކޮންކުލުނެއް ހުންނާނީ ރައްޔިތުންނަށް؟؟ މެޑަމް ލައިލާއަކީ މަޑުމަތިރި ނަޝީދަށް ވަފާތެރި ކަނބަލެއް.އަނެއްކާ އެ އާއިލާއިން ކޮހާ ޚަރަދެއްތޯ ނަޝީދަށްކުރީ ކެމްޕޭނުތަކުގަވެސް.. ރައީސްކަމަށް އައުމުގެ ކުރިން މީނާއަކީ ވަޒީފާއަށް ދިޔަ މީހެއްވެސް ނޫން ލައިލާ ހުރިހާ ޚަރަދެއް ބެލެހެއްޓީ.. މިހިރީ ހަދާލިގޮތް
ނަޝީދު އަނގަގަދަޔަސް ކަމެއްވާ މީހެއް ނޫން. ކަންކުރަނީ އެހެން މީހުން.
ދިރިއުޅުންމީ ކުމްކުމްއާ ކަސައުޓީ ކަމުހިތާ ރޯމިޔޯ އާ ޖޫލިއެޓް ފަދައިން ބަގުޑިލުން ގޯހެކޭ
ވވީހާ އަވހަކަށް ތިޔަ މައްސަލަ ބަލައިދެއްވުމަށް ހޯމް މިނިސްޓަރު
އިމްރާނަށް އިލްތިމާސް ކުރަމެވެވެ ވެ
ކަލޭތީ ވަރަށް ހުތުރު އަމަލު ނުހިންގާ ހުރި މީހެއް..
ޖާބިރު ކަލޭ ތިއުޅެނީ ލައިލާ ހުސްކޮށް ހުރިތޯ ބަލަންތަ. ކީހާ ދެރަ ކަމެއްތީ، ބަލަނގަ އޭނާ ނޫނަސް ޖާބިރު އަށް މާރީތި މީހުން ލިބިދާނެ އަދިވެސް. ތިކަމާ ނޫޅެ ދޫކޮށްލާ ނަޝީދު އަށް އޭނަ ބަހައްޓާ.
ބަލަ ތިޔައީ ހޯމް މިނިސްޓަރ ބަލަންޖެހޭ މައްސަލައެއް ނޫން. ކަލޭ މޮޔަވީތަ؟
ޖާބިރު ގެ ބޭނުމަކީ، "ޒާތީ މުޢާމަލާތު" އާއި ބެހިގެން، "އިމޯޝަނަލް ބްލެކްމެއިލް" ކުރުން. ޖާބިރު ހީކުރަނީ ބާޤީ ވަހީދު އަށް ބިރު ދައްކައިގެން، "އެޑްވައިޒަރ" ކަން ހޯދި ގޮތަށް އައްނި އަށާއި އިބޫ އަށް ވެސް ބިރު ދައްކައިގެން އޭނަ ބޭނުން ކަންކަން ކުރުވާނަންކަމަށް.
އަޑެއް ކިޔައިފިއްޔާ ރެނދެއް ލާނެ ކަމަށް މުސްކުޅިން ބުނޭ.
ޖާބީރުގެ ގިނަ ރިޕޯޓްތަކުގެ އަޑީގައި ހުންނަނީ ނަޝީދު ، ނަޝީދަކީ ކަންކަމާއި ކުތިލާންކެރޭ މީހެއްނޫން ، މަޖީލީހަށް ޖާބިރު ބިލް ހުށަހަޅަނީވެސް ނަޝީދު ބުނެގެން ، ރަނގަޅަށް ބަލާބަލަ ހުށަހަޅަފަހުރިބިލް
މަޖިލީހަށް ވަޑައިގަތުމުގެ ކުރިން ރައީސް އިބްރހީމްގެ ކޯލިޝަން ސަރުކާރުގައި ވެސް ޖާބިރު ވަނީ އެޑްވައިޒަރެއްގެ މަގާމު އަދާކުރައްވާފައި ނޫންތޯ؟
ކޮބާ މާރިޔާ؟
ޢަސްލު މާރިޔާ ކަންތައް މާކުރީގައި އޮތީ.
ނަމަވެސް ލައިލާ އާއި މާރިޔާ އަށްވުރެ ހިސާން ކުޅަދާނަވާނެ
މީހަކު ވަރިވުން އެއީ ވަޒީރުން ބަލަނެ ޖެހޭ މައްސަލަ އެއްބާ!!!. މިފެނަވަރުގެ މަޖުލިސް މެންބަރުނ މިގައުމުގައި ތިބީ!!!
ނަސީދަކީ ބޮޑުމުޑުދާރު މީހެއް ތިކަހަލަ މުޑުދާރު ކިތައްމެ ކަމެއް އޭނަކޮށްފި މާރިދީދީ ވެސް...
މީނާ ެެެެެެެެެ އުދުޅި ނުބާނާ ތަނެއްނޯވެ. ކިތަންމެ ވަރަކަށް ާާާާާާާާާާާާާާާާާ ޤައުމުގެ ވެރިކަން ބޭނުންވެގެން އުޅުނަސް ﷲގެ މިންވަރުފުޅުން ތި ދެބޭފުޅުންނަށް (ޖާބިރު އަދި ނަޝީދު) ވެރިކަމެއް ނުލިބޭނެ އިންޝާﷲ.
އޭ މިހިރަ ސިއްކަނަޝީދޫ ތިޔަފާޑަށަ ޖުޑިޝަރީއަށް އާތްބާނައަޔާ ޖެހިދާނެ ދެމީހުންގެވަސް އެކީ ފިލުވާލަން...ތިވައްތަރައް އުޅެއްޔާ ޔާމީނުކައިރިޔައް ލާނީ
ވަރަށް ރަނގަޅު ޕޮއިންޓްތަކެއް ނެންގެވީ.
ޝުކުރިއްޔާ ޖާބިރު
ނަޝީދުގެ އުފަންދުވަހު މާރިޔާ ޕްބްލިކްލީ ވިޝް ނުކުރޭ.
ހިސާން ނުކުރޭ. ޢަދި މާރިޔާގެ އުފަންދުވަހު ނަޝިދުވެސް އެއްޗެކޭ ނުބުނޭ.
މިވަރުން ކަންތައް އޮތް ހިސާބު އިނގޭ.
މިނޫނަސް މީހުން ވަރިކުރޭ އަހަރެމެނައްކޮންކަމެއް. މިވެސް ދެން ހަބަރެއްތަ؟
ކޮން ކަމެއްނޫން. ދައުލަތުން ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ދެނީ ކައިވެނީގެ ހާލަތަށާއި ދަރިންގެ އަދަދަށްވެސް ބަލާފަ. ރައްޔިތުންގެ ފައިސާއިން އިނާޔަތްތަކެއް ދެންޏާ މިކަންކަން އެނގެންޖެހޭ
ގައިމު އޭނަގެދަރިވެސް ރަތްމަހައްނުގޮވާވަރައް ހިސާންއާދިމާލައް އެއްޗެހިކީވާހަކަ ކިޔާ ތެދެއް ދޮގެއްނޭންގެ އެކަމަކު ކޮންމެސް ކަމެއްވެއްޖެ އެކަމަކު އެބުނާގޮތައް އެކަން އޮވެއްޖެނަމަ ރައީސް ނަސީދުއާއި ހިސާންހުސެން ވަގުތުންއިސްތިއުފާދޭންޖެހޭނެ އެއީ ފަނޑިޔާރުގެ ނުފޫޒުން އެއްކިބާކުރަން
މީ މަންމަޔައް ޓަކާ ދަރިޔަކުވީ ގުރުބާނީ ޖާޓޭގެ އަޑުން އިއްވީ ކަމައް ވެދާނެނޫންތޯ
އަހަރަމެން 2 މީހުން އެކަކު އަނެކަކާ ދެކެ ލޯބިވީމާ ކަލެ އާއި ކޮން ބެހޭ ކަމެއް! ހަމަ އަސަރު ކުރާނީ ދޯ؟