ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ރަޝިޔާއިން އުފެއްދި ވެކްސިންގެ މަޢުލޫމާތު ހޯދުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ޝަޢުޤުވެރި ވެއްޖެ އެވެ.

މިކަން ހާމަކޮށް ޑަބްލިއުއެޗްއޯ އާއި ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ، ރަޝިޔާއިން އުފެއްދި ދުނިޔޭގެ އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވެކްސިންގެ ތަހުލީލިތަކާއި މި ވެކްސިން އުފެއްދުމަށް ކުރިޔަށްގެންދިޔަ މަރުޙަލާތަކުގެ މަޢުލޫމާތު ހޯދަން އެ ޖަމިއްޔާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ. މިގޮތުން ރަޝިޔާގެ ސައިންސްވެރިންނާއި އިދާރާތަކާއި ގުޅިގެން މި މަޢުލޫމާތުތައް މުރާޖާ ކުރުމުގެ މަސައްކަތް ކުރުމަށް ޑަބްލިއުއެޗްއޯ އިން ނިންމާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯއިން ފޮނުވި ބަޔާނަކާއި ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދާ ކޮންމެ ދިރާސާ އަކަށްވެސް އެ ޖަމިއްޔާއިން މަރުޙަބާ ކިޔާނެ ކަމަށެވެ. އަދި މި މަސައްކަތް ހަލުވިކޮށް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ ފެންވަރެއްގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑަބްލިއުއެޗްއޯ އިން ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ، ވެކްސިނެއްގެ މަރުޙަލާތައް ނިމި ތައްޔާރުވުމުން އެ ވެކްސިންގެ މަޢުލޫމާތުތައް މުރާޖާ ކުރުމަކީ ރައްކާތެރިކަމަށްޓަކައި ކުރުން މުޙިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ވެކްސިނެއް ބޭނުންކުރަން ފެށުމުގެ ކުރީން އޭގެ ޔަޤީންކަން ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

"ކޮވިޑް-19 އާއި ގުޅިގެން ވެކްސިނެއް އުފެއްދުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށް ލިބޭ ކޮންމެ ކުރިއެރުމަކާއި ކާމިޔާބަކީ، މުޅި ދުނިޔެއަށް ލިބޭ ކާމިޔާބެއް. އެފަދަ ވެކްސިނެއް އުފެއްދިއްޖެ ނަމަ ދުނިޔޭގެ ހުރިހައި ކަންކޮޅުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޯށް ދިނުމަކީ މި ޖަމިއްޖާގެ އިލްތިމާސް،' ޑަބްލިއުއެޗްއޯ އިން ބުނެފައި ވެއެވެ.

ރަޝިޔާއިން އުފެއްދި ވެކްސިން މިހާރު އެޤައުމުގައި ރަޖިސްޓަރކޮށް ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައި ވާއިރު، އާންމުންނަށް ވެކްސިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރިޔަށެވެ. ވެކްސިން ފުރަތަމަ ދޭން ނިންމާފައި ވަނީ، ކޮވިޑް-19 އާ ދެކޮޅަށް ސިއްހީ ދާއިރާގާއި މަސައްކަތް ކުރާ ފަރާތްތަކަށާއި، ބަލީގެ ނުރައްކާ ބޮޑު މީހުންނަށެވެ.

ރަޝިޔާގެ ސައިންސްވެރިން ބުނާގޮތުން މިހާތަނަށް ކުރެވުނު ތަހުލީލުތަކުން މިއީ އިންސާނުން ބޭނުން ކުރުން އެކަށީގެންވާ ރައްކާތެރި ވެކްސިނެއްކަން ޔަޤީން ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް މި ވެކްސިން އުފެއްދުމުގައި ބައެއް މަރުޙަލާތައް ފުރިހަމަވެފައި ނުވާކަމަށް ބައެއް ޤައުމުތަކުގެ ސިއްޙީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އެފަރާތްތަކުން މިގޮތަށް ބުނަމުން ދަނީ، ރަޝިޔާ ވެކްސިންގެ ފުރަތަމަ ކްލިނިކަލް ޓްރަޔަލްގެ ނަތީޖާތައް އާންމުކޮށްފައި ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަބެ

    މިއީ އެފްރިކާގައި އުފެއްދި ފަތްޕިލާވެލީގެ ވެކްސިންގެ ކަހަލަ އެއްޗަކަށްވުންގާތް.
    ޢެއިޑްސްގެ ޖީނެއް މިވައިރަސްގަ ހިމެނޭކަމަށްބުނާއިރު މިއީ އަދި އެހާ ލުއިކޮށް ނަގަންވީ ކަމެއްނޫން...

    3
    14
    • ހޭފުޅުލައްވާ!

      ޔަހޫދީ ޒަޔަނިސްޓް މީޑިއާ އިން ފަތުރާ ޚަބަރުތައް ޤަބޫލުނުކުރައްވާ. މުޅިންވެސް ދޮގުގެދުމާއި ހަގީގަތް އޮޅުވާލާ އިންސާނުންގެ ބޮލަށް ޗިޕް ޖެހުން ނޫން ކަމެއް ނުކުރޭ އެމީޑިއާތަކަކުން.

      10
  2. ....

    އެއްކަލަ އިޒްރޭލާއި އެމެރިކާގެ ނުފޫޒު އިންތިހާއަށް އޮންނަ ޔޫ.އެން.