ދާދި ފަހުން ޓްވީޓާގައި މީހަކު ފިލްމް އުފެއްދުންތެރިޔާ މަހޭޝް ބަޓް އާއި އާއިލާ ހިމެނޭ ވީޑިއޯއެއް ހިއްސާކޮށް، މަހޭޝް ބަޓް ރުޅިގަދަވެގެން ވާހަކަދައްކަނީ އޭނާގެ އެންމެ ފަހުގެ ފިލްމް ސަދަކް2 ޓްރެއިލާއަށް ޔޫޓިއުބްގައި ތަރުހީބު ނުލިބޭ ތީ ކަމަށް ބުނެފައެވެ. އެ ވީޑިއޯގައި އާލިޔާ ބަޓް ވަރަށް ބިރުގަނެފައި ހުންނަ މަންޒަރު ފެނެއެވެ.

އެހެން ނަމަވެސް އެ ވީޑިއޯއަކީ މީގެ އެއް އަހަރު ކުރީގެ ވީޑިއޯއެއްކަމަށް މީޑިއާ ރިޕޯޓްތައް މިހާރު ދަނީ ބުނަމުންނެވެ.

އެ ވީޑިއޯ އާއްމު ކުރި މީހާ ބުނެފައިވާގޮތުގައި ސަދަކްއަަށް ޔޫޓިއުބްގައި އާއްމު ކުރުމުން އެއަށް މާބޮޑު ތަރުހީބެއް ނުލިބި ލިބިފައި ވަނީ ހުސް ޑިސްލައިކްއެވެ. އެކަމާއި މަހޭޝް ރުޅި ގަދަވީކަމަށް ބުނެފައި ވެއެވެ.

އެ ވީޑިއޯގައި މަހޭޝްގެ އަންހެނުން ސޯނީ ރަޒްދާން އާއި ޕޫޖާގެ އިތުރުން އާލިއާ ފެނިގެން ދެއެވެ.

އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ވީޑިއޯއެކެވެ. މަހޭޝް ރުޅިގަދަވެފައި ވަނީ ޑިޕްރެޝަން އާ ގުޅޭ ސުވާލުތަކަށް ޖަވާބުދެމުންނެވެ. އެއީ ސަދަކް 2އާއި އެއްވެސް ވަރަކަށް ގުޅުމެއް ނެތް ވީޑިއޯއެއް ކަމަށް ވެއެވެ.

އެ ވީޑިއޯގައި އާލިއާ ބިރުގަނެފައި ވަނީ މަހޭޝް ރުޅިގަދަވެފައި ހުރި ވަރު ފެނިފައެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާގޮތުން އެއީ 2019 ވަނަ އަހަރުގެ ޑިސެމްވަރު ހަތަރު ވަނަ ދުވަހުގެ ވީޑިއޯއެކެވެ. އަދި އެއީ އާލިޔާގެ ދައްތަ ޝަހީން ބަޓްގެ ފޮތް ނެރުމުގެ ހަފްލާގައި އެ އާއިލާއިން މީޑިއާތަކާއި ބައްދަލުކޮށް ވާހަކަދައްކާ ވީީޑިއޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު