ސަލާމްނާ ޙަން އަކީ އިންޑިއާގެ އެންމެ މަޝްހޫރު އެކަކެވެ. ހަޔާތުގެ ބައިވެރިއެއްގެ އިންތިޒާރުގައި ހުރި ސަލްމާން ކައިވެންޏެއްކުރާނެ ކަމަށް ގިނަބަޔަކު ގަބޫލު ނުކުރިޔަސް، އެއީ ދުރުގައި އޮތް ކަމެއް ނޫންކަން ސަލްމާންގެ ވާހަކަތަކުން އިނގޭ ކަމަށް ވެއެވެ.

ސަލްމާންއަކީ ގިނަބައެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ ތަރިއެކެވެ.

އެއްފަހަރެއްގައި ބަތަލާ ކާޖަލް މި ވަނީ ސަލްމާން ކައިރިން އޭނާއަށް ވަރަށް ކަމުދާ އަންހެނެއް، އެކަމަކު އެ މީހެއް ކައިރީގައި އެ ވާހަކަ ހިއްސާ ނުކުރާ މީހަަކު ހުންނާތޯ ސުވާލުކޮށްފައެެވެ.

ކާޖަކް އާއި ފިރިމީހާ އަޖޭ އާ ދެ މީހުން ބިގްބޮސް 13ވަނަ ސެޓަށް އައިސް ދެއްކި ވާހަކަތަކުގެ ތެރެއިން ކާޖަލް އެގޮތަށް ސަލްމާން ކައިރިން އެހިއިރު، ސަލްމާން ބުނެފައި ވަނީ، އޭނާ ގަޔާވާކަން ހާމަ ނުކުރާ އަންހެނަކު ހުންނާނެ ކަމަށެެވެ. އަދި އެއަންހެން މީހާ ގެންގުނު ކުއްތާއެއް އޭނާގެ ގައިގައި ދަތް އެޅި ކަމަށް ސަލްމާން ބުނެފައި ވެއެވެ..

ކާޖަލް އެ ވާހަކަތަކަށް ނިމުމެއް ގެންނަން އުޅުނު ނަމަވެސް، ސަލްމަން އެ ވާހަކަތަކުގެ ތަފްސީލަށް ގޮސްފައި ވެއެވެ.

https://www.instagram.com/tv/B-d5LGuhF6B/?utm_source=ig_embed

"އަހަރެންނަށް އޭނާ ވަރަށް ކަމުދިޔަ އެކަމަކު އަހަރެން އޭނާ ކައިރީގައި އެ ވާހަކަަތައް ނުބުނީ، އޭނާ އެކަމަށް އިންކާރުކޮށްފާނެތީ، އަހަރެންގެ ތިން ރަހުމަތްތެރިއަކުވެސް އެ އަންހެން މީހާ ދެކެ ލައިކް ވެގެން އުޅުނު، އަހަރެންނަށް ފަހުން އެނގުނީ އޭނާވެސް އަހަރެން ދެކެ ލައިކްވާ ކަން"ސަލްމާން ބުނެފައި ވެއެެވެ.

މީގެ އިތުރުން ސަލްމާން ބުނެފައި ވަނީ، މީގެ 15 ވަރަކަށް އަހަރު ކުރިން އެ އަންހެން މީހާއާ ދިމާވި ކަމަށެވެ. އަދި އޭނާ ލައިކްވާ ވާހަކަ ނުބުނެވުނު ކަން ނަސީބުކަމަށްވެސް ސަލްމާން ބުނެފައި ވެއެވެ.

"އަހަރެންނަށް އޭނާގެ ގާތުގައި އެ ވާހަކަ ނުދެއްކުނުކަން ނަސީބު، އޭނާއަކީ މިހާރު މާމައެއް. އޭނާ ބުނި އަހަރެން ކައިރީގައި، އޭނާއަށް މާމަ ކިޔާ ކުދިންނަކީ އަހަރެންގެ ފޭނުން ކަމަށް، އެ މީހުންނަށް އަހަރެންގެ ފިލްމްތައް ކަމުދާ ކަމަށް".

ސަލްމާން ދެން ބުނެފައި ވަނީ، އޭނާ އެ އަންހެން މީހާ ކައިވެނި ކުރި ނަމަ، މިހާރު ހުންނާނީ ކާފައަކަށް ވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒީ

    ދެން މީނަ ހީކުރީ ތިމަންނަ ކައިވެންޏެއް ނުކޮށް ހުރުމުން އަދިވެސް ތިމަންނަ މިއީ ސާދަފަނަރައިގެ ޒުވާން ކުއްޖެއް ކަމަށްދޯ؟ ބަލަ އޭނަ މާމައަކަށް ވީހެން ކަލޭވެސް ތިހިރީ ކާފައެއްގެ އުމުރަށް ގޮއްސަ.

    71
    5