އިންޑިއާގެ މަޝްހޫރު ސީރީސްއެއް ކަމަށްވާ "ކުލްފީ ކުމާރު ބާޖެވޭލާ" އިން އާއްމުންގެ ބޮޑު ސަމާލު ކަމެއް ހޯދި މޯހިތް މާލިކް އާއި "ދިވްޔާ ދްރިޝްތީ"ގެ ތަރި ސަނާ ސައްޔާދް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން މި އުޅެނީ ރީތީ ލޯބީގެ ވާހަކައެކެވެ. ފުރަބަންދާއި (ލޮކްޑައުން)އާ ގުޅުވައިގެން އުފެއްދި ލޯބީގެ ވާހަަކައެވެ. ފުރަބަންދާއި ގުޅޭ ހާއްސަ ޝޯވއެކެވެ. ޝޯވގެ ނަމަކީ ލޮކްޑައުން ކީ އޭކް އަނޯކީ ލަވް-ސްޓޯރީ އެވެ.

އެންމެންނަށް މިފަހަރު މޯހިތް އާއި ސަނާގެ ހުނަރު ހުނަރު ދައްކައިދޭނެއެވެ. އެ ޝޯވގައި ޖަޔާތީ ބާތިއާވެސް ފެނިގެން ދާނެއެވެ.

އެޝޯވއަކީ ފުރަބަންދު ތެރޭގައި ދެ މީހެއްގެ ދެމެދުގައި އުފެދުނު ލޯތްބަށް އާއިލާއިން ގަބޫލުވޭތޯ ކުރަމުންދާ ހަނގުރާމައިގެ ވާހަކައެވެ. ހެއްވާ މަޖާ ލޯބީގެ ސީރީސްއަކަށް މި ސީރީސް ވެގެން ދާނެއެވެ.

https://www.instagram.com/p/CD57jn0FU4A/?utm_source=ig_embed

މިހާރު އެ ސީރީސްގެ ބައެއް ސީންތައް އާއްމު ކުރަމުންދާއިރު، އެ ޝޯވ ދެއްކުމަށް ހަމަޖެހިފައި ވަނީ ސްޓަރ ޕްލަސް އިންނެވެ. މި ޝޯވގެ ޝޫޓިންގތަކާއި ފަހުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، މި ޝޯވ ދައްކާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

https://www.instagram.com/p/CDlbPt5D3H4/?utm_source=ig_embed

މީގެ ދުވަސްކޮޅެއް ކުރިން މޯހިތް އެ ޝޯވގެ ސެޓްގެ ފޮޓޯއެއް ހިއްސާ ކުރި ނަމަވެސް، އެއީ ކޮން ޝޯވއެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅަތީފާ

    އިންޑިޔާ މީހަކު ވައިފޮޑިއެއް ހަހާލިޔަސް ވާނޭ ވަސްދުވާތޯ ބަލަން ދިވެހިން