ޕާކިސްތާނުގައި މެންޓަލީ މައްސަލަތަކެއް ހުންނަ މީހަކު އޭނާގެ އާއިލާގެ 11 މީހަކު މަރާލައިފިއެވެ.

ސިންދް ޕްރޮވިންސް އަށް މިސްބަތްވާ އެ މީހާ މަރާލި މީހުންގެ ތެރޭގައި ހަ އަންހެނަކާއި ފަސް ކުޑަ ކުދިން ހިމެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަރާލި މީހުންގެ ތެރޭގައި، އޭނާގެ އަންހެނުންނާއި، އޭނާގެ ހަތަރު އަންހެން ދަރިންނާއި، ތިން ފިރިހެން ދަރިންގެ އިތުރުން، އޭނާގެ އަންހެނުންގެ އެއްބަނޑު ކޮއްކޮ އާއި، އޭނާއަށް ކާފަ ކިޔާ ދެ ކުދިން ހިމެނެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ޑެޕިޔުޓީ ސިންސްޕެކްޓަރ ޖެނެރަލް ބުނެފައި ވަނީ، ތަހުގީގުން ހާމަވާގޮތުގައި، އެންމެންވެސް މަރާލާފައި ވަނީ ނިދާފައި ތިއްބާ، ކަރުގައި ވަޅި އެޅުމަށްފަހު އެވެ.

"އަހަރުމެންނަށް މައުލޫމާތު ލިބިފައި އޮތީ އެ މީހާއަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ މީހެއްކަން، އަދި އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދީފައިވާކަން" އޭނާ ބުނެފައި ވެއެވެ.

އަދި އިތުރު މަރުގެ މައްސަލަތަކުގައިވެސް އޭނާގެ ބައިވެރިވުމެއް އޮތް ކަަމުގެ ތުހުމަތު ކުރެވޭތީ އެކަންވެސް ދަނީ ބަލަމުންނެވެ.

އަހަރުމެން މި ދަނީ އޭނާއާ ގުޅޭ މައްސަލަތައް ބަލަމުން، އޭނާ މަރާލީ ކޮން ބައެއް ތޯ އާއި، އޭނާ އެކަން ކުރި އިރަކާއި، ކުރީ ކީއްވެ ތޯ އާއި، އޭނާ ޖަލުގައި ހުރީ ކިހާ ދުވަހަކުތޯ އާއި އެއްޗެހި މި ދަނީ ބަލަމުން.". އޭނާ ބުނެފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލިބާ

    ތިޔަ ކަހަލަ ނުރައްކާތެރި މީހުން އެކަހެރި ކޮށްފަދޯ ތިބެންޖެހޭނި އެސައިލަމް ކަހަލަ ތަންތާނގަ..... އިހުމާލެއްގެ ސަބަބުން ލިބުނު ގެއްލުން ނިކަން ދެކިބަލަ

    17
    1