ނޭޕާލުން ފުރަތަމަ ފަހަރަށް ރަން ކުލައިގެ ކަހަނބެއް ފެނިއްޖެ އެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކަހަނބެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިތިލާ ވައިލްޑް ލައިފް ޓްރަސްޓް އިން ބުނެފައި ވާގޮތުން، މިއީ އިންޑަން ފްލެޕްޝެލް ޓާޓްލް އެކެވެ. އަދި އެ ވައްތަރު ކަހަނބުގެ ތަފާތު ޔުނިކް ކުލަތައް ހުންނަ ކަމަށާއި، އެހެން ވަނީ، ރެއާ ޖެނިޓިކް މިއުޓޭޝަންގެ ސަބަބުން ކަަމަށް ބުނެފައެވެ.

ދުނިޔެއިން ރަން ކުލައިގެ މި ވައްތަރުގެ ކަހަނބު ވެލައެއް އަދި މިހާތަނަށް ފެނިފައި ވަނީ ފަސް ފަހަރެއްގެ މަތިންނެވެ. އަދި މިއީ ނޭޕާލުން މިފަދަ ކަހަނބެއް ފެނުނު ފުރަތަމަ ފަހަރު ކަަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަސްޓް އިން ބުނެފައިވާގޮތުން، މި ކަހަނބު ސަލާމަތްކޮށްފައި ވަނީ ދަނުޝަދަމް ޕްރޮޓެކްޑް ފޮރެސްޓްގައި މަސައްކަތް ކުރަމުން އަންނަ ސަންދްރަޑީޕް ސަދާ ނަމަކަށް ކިޔާ މީހެކެވެ. އެ ޖަންގައްޔަކީ ހިމާޔަތްކޮށްފައިވާ ޖަންގައްޔެކެވެ.

މިހާރު އެ ކަހަނބުގެ ފޮޓޯތައް މީސް މީޑިއާގައި ދަނީ އާއްމު ވަމުންނެވެ. އެތައް ބަޔަކު އޭގެ ފޮޓޯތައް ބަލައި ކޮމެންޓް ކުރަމުން އެބަ ދެއެވެ.

މީގެ ކުރިން އިންޑިއާއިން ވަނީ ރީނދޫ ކުލައިގެ ވެލައެއް ފެނިފައެވެ. އެ ވެލާ ފެނިފައި ވަނީ އޮޑީިޝާއިންނެވެ.

މި ރަން ކުލައިގެ ކަހަނބު ހިފުމަށްފަހު ފޮޓޯ ނަގައި، ކަހަނބު ވަނީ އަލުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ތީ އެމްޑީޕީ އެއްޗެއް..

    12
    1
    • ހޯސް

      ކަލޭގެ ބޮޑުކަމުދާ ތަކެތިވެސް އެމްޑީޕީ ވާނެ.

      2
      2