ދެމަފިރިންގެ ވާހަކަ އާއި އެކު ސިއްރުން ދެކެވޭ ވަރަށް ގިނަ ވާހަކަ ހުރެއެވެ. ގިނަ ވާހަކަ އަކީ އާންމުކޮށް ދައްކަން ލަދުގަންނަ ވާހަކަތައް ކަމަށް ވާތީ ރަނގަޅު މައުލޫމާތުތައް އޮންނަނީ ހާމަ ނުކުރެވިއެވެ.

މިގޮތުން ދެކެވޭ ވާހަކަތަކުގައި ދެމަފިރިންގެ ކެއުމަށް އެންމެ ރަނގަޅީ ކޮން ބާވަތެއްތޯ ވަރަށް ގިނައިން އެކުވެރިންގެ މެދުގައި ބަހުސް ކުރެވެއެވެ. ބައެއް މީހުން ބޮޑެތި ތަޖުރިބާކާރުންނަށްވެ ގިނަ ތަކެތީގެ ނަންތައް ވެސް ކިޔައެވެ. ނަމަވެސް ގިނަ ފަހަރު އެފަދަ މީހުންގެ ފަރާތުން ލިބޭ މައުލޫމާތަކީ އެންމެ ސައްހަ މައުލޫމާތު ކަމަކަށް ނުވެއެވެ.

މިލިޔުމުގައި މިގެނެސްދެނީ ދެމަފިރިންގެ ކެއުމުގައި ހިމަނަން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ލަފާދޭ ބައެއް ކާނާއެވެ.

އިތާ

ދިވެހިންގެ ވަށައިގެން ކަަނޑު އޮތް ނަމަވެސް ސީފުޑްގެ ބާވަތްތަކަކީ ދިވެހިންނަށް މާކަމުދާ އެއްޗެއް ކަމަކަށް ނުވެއެވެ. އާންމުކޮށް ގޭގައި މިފަދަ ކެއުންތައް ތައްޔާރެއް ނުކުރެއެވެ. ބޮޑެތި ރެސްޓޯރެންޓްތަކުން ނޫނީ މިފަދަ އެއްޗެއް ކާން ނުވެސް ލިބެއެވެ.

ނަމަވެސް އިތާގެ މަހަކީ އެއްވެސް ދެމަފިރިއަކު ނުކައި ދޫކޮސްލާ ވަރުގެ އެއްޗެއް ނޫނެވެ. އެއީ ހަށިގަނޑުގައި ވަރު ޖައްސާ ލޭގެ ހިނގުން އަވަސް ކޮށްދޭނެ އެއްޗެކެވެ.

ބަރަބޯ އޮށް

ބަރަބޯ އޮށަކީ ވެސް ބައެއް މީހުން ކެއުމަށް މާބޮޑު އިސްކަމެއް ދޭ އެއްޗެއް ނޫނެވެ. ނަމަވެސް ބަރަބޯ އޮށަކީ އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ހާއްސަކޮށް ބަރަބޯ އޮށުގައި ހިމެނޭ އޮމެގާ-3 އެސިޑަކީ ހަށިގަނޑަށް ފައިދާ ހުރި އެސިޑެކެވެ.

އަންނާރު އޮށް

އަންނާރު އޮށަކީ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމުގެ އިތުރުން ތިމާގެ މޫޑަށް ވެސް ހެޔޮ ބަދަލުތައް ގެންނަ އެއްޗެކެވެ. ދެމަފިރިންނަށް ބޭނުންވާ ހާމޯންސް އިތުރު ކޮށްދީ ހަށިގަނޑަށް ވިޓަމިން ސީ ފޯރުކޮށްދިނުމަށް ވެސް އަންނާރު އޮށަކީ މުހިންމު އެއްޗެކެވެ.

އެވަކާޑޯ

އެވަކާޑޯ އަކީ ވެސް ދެމަފިރިންގެ ގުޅުމަށް މުހިންމު ތަރުކާރީއެކެވެ. ވިޓަމިން އީ ގިނަ އަދަދަކަށް ހިމެނޭ އެވަކާޑޯގެ މުހިންމު އަނެއް ސިފައަކީ ޑީއެންއޭ ހަލާކު ވުން މިތަރުކާރީ އިން ހުއްޓުވައި ދިނުމެވެ.

ރަނގަޅު ތަރުކާރީ އާއި މޭވާ އަކީ ކޮންމެ ކަމަކަށް ވެސް އެންމެ މުހިންމު އެއްޗެއްސެވެ. އެހެންކަމުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް ގިނަގިނައިން ރަނގަޅު ތަރުކާރީ އާއި މޭވާ ކާން ޖެހެއެވެ.