ހަނދުން ވެއްޓުނު ހިލަކޮޅެއް 2.5 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލަން ހުށަހަޅައިފިއެވެ.

އެމެރިކާގެ ޖައްވީ އިދާރާއިން ކުރިޔަށްގެންދިޔަ ހަނދުގެ މިޝަންތަކުގައި ހަނދުން ނަގާފައިވާ ހިލަކޮޅުތަކަށް ވުރެ ބޮޑު މި ހިލަކޮޅަކީ ހަނދުން ދުނިޔެއަށް ވެއްޓުނު ހިލަކޮޅެއް ކަމަށްވެއެވެ. މިއީ ހަނދުގައި ގިނިހިލައަކުން ޖެހި، ބުރައިގެން ދިޔަ ބައިތަކުން ދުނިޔެއަށް ވެއްޓުނު ހިލަކޮޅެއް ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ސައިންސްވެރިން ބުނާގޮތުގައި ހަނދުގައި ގިނިހިލަ ޖެހުމުން، ހަނދުގެ ބިންފަދަ ފަށަލައިން ބުރައިގެން ދިޔަ ބައިތައް ދަތުރުކޮށްފައިވާނީ ގާތްގަނޑަކަށް ގަޑިޔަކު 239000 މޭލު ބާރުމިނުގައެވެ. މިފަދަ އެހެން ގިނިހިލަތައް ދުނިޔޭގެ ބައެއް ސަރަޙައްދުތަކަށް މީގެ ކުރިންވެސް ވެއްޓިފައި ވެދާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ބަރުދަނުގައި 13.5 ކިލޯ ހުންނަ މި ހިލަ ފެނިފައި ވަނީ އެފްރިކާގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ހިކިފަސް ސަހަރާއިންނެވެ. އާންމު މީހަކު އެ ސަރަހާއިން ހޮވާފައިވާ މި ގިނިހިލައަކީ މިހާތަނަށް ހަނދުން ނަގާފައިވާ ހިލަކޮޅުތަކުގެ ތެރެއިން ދުނިޔޭގައި އޮތް ފަސްވަނައަށް އެންމެ ބޮޑު ހިލަކޮޅު ކަމަށް ވެއެވެ.

ހަނދުން ބައިތަކެއް ދުނިޔެއަށް ވެއްޓުމަކީ މަދުން ނޫނީ ނުހިނގާ ކަމެކެވެ. ނަމަވެސް ހަނދުގައި ގިނިހިލަތައް ޖެހި ހިނގާފައިވާ ހާދިސާތަކުގައި މިއަދާއި ހަމައަށް 650 ކިލޯގެ ހިލަ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ވެއްޓިފައި ވެދާނެ ކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ.

ހަނދުން ވެއްޓިފައިވާ 30 އަށްވުރެ ގިނަ ހިލަކޮޅު ދުނިޔެއިން ހޯދާފައި ވެއެވެ. މީގެ ތެރެއިން މިހާރު ވިއްކާލުމަށް ހުޅުވާލާފައިވާ ހިލައިގެ އިތުރުން އެފްރިކާގެ ސަހަރާއިން ހޯދާފައިވާ ގިނަ ހިލަކޮޅުތައް ހިމެނެއެވެ. އެހެންކަމުން މި ދެހިލަކޮޅަކީ ދުނިޔެއަށް އެއް ވަގުތެއްގައި ވެއްޓުނު ހިލަކޮޅުތަކެއް ކަމަށާއި، އެ ސަހަރާގައި މިފަދަ އިތުރު ހިލަތަކެއް ވެދާނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަަައަހުމަދު

    އޭ މި ހިލަކޮޅުގައިދަބަރު ޖެހުމާ ފެހިވެސްޖަހާފަހުރޭދޯ މީގެ ހިލަކޮޅެ ރާއްޖޭގެ ގެއެއްގެ ފުރާޅުމަތީގާއެއްބއޮތް

    6
    3
  2. ހުދުކާޅު

    މިހިލަ ކޮލުގައި ގުރެވިޓީ އުފެދެނީތަ. ބިމުގެ ދަމާ ބާރަށް މިހިލަކޮޅު ގެނައީ ކިހިނެއްތަ.