ސުޝަންތް ސިންގ ރާޖްުޕް މަރުވި ފަހުން ކޫޕާ ހޮސްޕިޓަލްގެ މަރުވާ މީހުން ހަށިގަނޑު ބާއްވާ ތަނުގައި ބާއްވާފައި އޮއްވާ ރިއާ ޗަކްރަބޯޓީ އެތަނަށް ގޮސް އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތަކެއް މީސް މީޑިއާގައި އާއި ނިއުސް ޗެނަލްތަކުން ދަނީ ދައުރުކުރަމުންނެވެ.

އެކަމާއި ގުޅޭގޮތުން އެކި ވާހަކަތައް ދައްކަމުން އަންނައިރު ޗެނަލްއަކާއި ވާހަކަދެއްކި، ރިއާ އާއެކު ސުޝަންތްގެ ހަށިގަނޑު ބާއްވާފައި އޮތްތަަނުގައި ހުރި މީހަކު ބުނީ، ސުޝަންތްގެ ހަށިގަނޑު ފެނުމާއެކު ރިއާ "ސޮރީ ބާބޫ"މިހެން ބުނި ކަމަށެވެ.

ސުރްޖީތް ސިންގ ނަމަކަށް ކިޔާ އެ މީހާ ބުނީ، ރިއާ އާއި އޭނާގެ ބޭބެ އަދި މަންމަވެސް އެތަނަށް ގޮސް ސުޝްންތްގެ ހަށިގަނޑު ބަލަން އުޅުނު ކަަމަށެވެ. އެހެން ނަމަވެސް މުމްބާއީ ފުލުހުން އެ މީހުންނަށް އެ ފުރުސަތު ދީފައި ނުވާ ކަމާށް އޭނާ ބުންޏެވެ.

ސުޖީތް އިތުރަށް ބުނީ، ސުޝަންތްގެ މޫނުގައި އަޅާފައިވާ ފޮތިގަަނޑު ނެގުމުން، ރިއާ ސުޝަންތްގެ މޭމަތީގައި އަތް އަޅާ ސޮރީ ބާބޫ ނުނި ކަމަށެވެ. އަދި ރިއާ މައާފަށް އެދެމުންދާކަން އެނގުމުން، ރިއާ ބޭރަށް ނެރުނު ކަމަށާއި، ރިއާ ބޭރަށް ނުކުތް ތަނުން ރޯން ފެށި ކަމަށް ސުޖީތް ބުނެފައި ވެއެވެ.

ރިއާއާ ދެކޮޅަށް ސީބީއައިއަށް ހުށަހަޅާފައިވާ މައްސަލަ ބަލަން ވަނީ ނިންމާފައެެވެ.

ސުޝަންތް މަރުވެފައި އޮއްވާ ފެނުނީ ޖޫން 14 ވަނަ ދުވަހުއެވެ. އޭނާ ދިރިއުޅޭ ބަންދްރާ އެޕާޓްމެންޓުގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނުއިރު، ގިނަބަޔަކު ދަނީ އެ މަރާއި މެދު ސުވާލު އުފައްދަމުންނެވެ.