މާލޭގައި ރޭ 20:00 އިން ފެށިގެން ފަތިހު 05:00 އަށް ވެހިކަލް ދުއްވުން މަނާ ކުރުމުން މީހެއްގެ ކޮނޑަށް އަރައިގެން ދަރުބާރުގެއަށް މީހަކު "ދަތުރު ކުރި" މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މިއީ ބަޔަކު "ކުޅެފައިވާ" ވީޑިއޯ އެކެވެ.

މާސްކް އަޅައިގެން ހުރި މީހެއްގެ ކޮނޑުމަތީގައި މާސްކް އަޅައިގެން އިން މީހަކު "އުފުލަމުން" އެމީހުން ބުނެފައި ވަނީ މިއީ "ކޮނޑު ޓެކްސީ" ކަމަށެވެ. ކޮނޑުމަތީގައި މީހަކު އުފުލިއިރު މަގުމަތީގައި ޓްރެފިކް ފުލުހުން ވެސް ތިއްބެވެ. އަދި އެމީހުން ކައިރިން ފުލުހަކު ސައިކަލްގައި ދާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ. ނަމަވެސް އެއްވެސް ފުލުހަކު އެމީހުންނާއި ސުވާލެއް ނުކުރެއެވެ.

ބޮޑުތަކުރުފާނު މަގުން މީހަކު ކޮނޑަށް އަރުވައިގެން ގޮސް އޭނާ ދަރުބާރުގެ ކައިރިއަށް ބާލާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. ވީޑިއޯގައި ބުނާ ގޮތުން ކޮނޑު މަތީގައި މީހަކު އުފުލުމުގެ ދަތުރެއް ކޮށްދެނީ 100 ރުފިޔާ އަށެވެ.

https://www.facebook.com/100000497210937/videos/3760552793971257/?extid=d2gkkruLp7s1vuaf

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭގެ މަގުމަތީގައި 20:00 އިން ފެށިގެން ފަތިހު 05:00 އަށް ވެހިކަލް ދުއްވުން މަނާ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިހާރު ވެސް 20:00 އާއި 22:00 އާ ދެމެދު މަގުމަތީގައި ހިނގާފައި އުޅުމަށް އެއްވެސް ހުރަހެއް ނެތެވެ.

ވެހިކަލް ދުއްވުން މަނާ ގަޑި އިތުރު ކުރީ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ. މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ގޮތައް އިތުރުވަމުން ދާނަމަ ފަރުވާ ނުދެވި ބައެއް މީހުން ދޫކޮށްލަން ޖެހިދާނެ ކަމަށް ލަފާ ކުރެވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ޑޮކްޓަރުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކަމަނަ

    ހަހާާާހާހާ ކީކޭބުނާނީ ދެރަކަމެއް

    23
    2
  2. XD

    ބިއްޖެހިފައި ތިބޭ ކުދިން ކައިރީ ކޮނޑު ޓެކްސީއެއްކޮށް ދޭށޭ ބުނަންވީ ސަތޭކަ ރުފިޔާއަށް އޭރުން އެކަންވެސް ކޮއްދޭނެ ކަންނޭގެ.

    33
    3
  3. ސަނާހް

    ހަހަހާ، ފައްކަލޭ... މަބޭނުން ތިޔަ ޓެކްސީ ހިދުމަތް

    24
    4
  4. އިބްރާހިމް މުނީފް

    މި ސަރުކާރުން ބޭނުންވަނީ އާންމުން މިހާލަތައް ވައްޓާލަން..
    އޭގެ ކުރިން އާންމުން ނުކުމެ މި ސަރުކާރު ވައްޓާލަން ޖެހޭ

    52
    13
    • ާއަހުމަދު

      ދިހައެއްގެ ފަހުން ބޭރަނުކުތުން މަނާކޮއްގެން ލިބުނުލާރީމަދު ވެގެން އަށެއްގެ ފަހުން ދުއްވުން މާނާކުރީ ކޮންމެގޮތެއް ހަދައިގެންވެސް ބަެނުންވަނީ ލާރި

      23
  5. ސަނާ

    ކޮނޑު ޓެކްސީއައް ދެމީހުންނައް އެރޭތަ ؟؟

    30
  6. ސަނާހް

    އިބޫ އިސްތިއުފާދީ، ލަދެެއް ނުގަނޭތަ ކަލޭ ހޮވި މީހުން މިހެން އުޅެން ޖެހޭތީ ؟؟

    46
    11
  7. ައަހުމަދު

    ތިޔަށް ކިޔާނެއިތުރުއެއްޗެއްނެއް ކޮނޑަށް އެރީމާ އެހުރެވުނީ އެ.ޗް.ޕީ.އޭ ޤަވާއިދާ ކިލާފަށް .

    23
    5
  8. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    އެޖެންޑާ 19 ގެ ބަލާވެރިކަން މިނައްވުރެ ބޮޑީ

    42
    4
  9. ދިމްނާ

    އިބޫ ފެނޭތަ ކަލޭ ފެއިލްވެފަ އޮތް މިންވަރު ؟؟

    44
    11
  10. ީހިޔާލު

    ?????

    18
    1
  11. ސާބަސް

    ތިކަންވެސް ތިކު ރެވުނީތާ!

    17
  12. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ޒުވާނުންގެހާލަތަކީ ވަލުޖަނަވާ ރުންގެހާލަތު ދެންވިސްނާއުޅޭނެގޮތް

    26
    6
  13. ޝާރާ

    ވަރައް ފައްކާ???????

    22
    5
  14. އަލިބެއްޔާ

    ދޮރުމަތީ ކޮނޑު ޓެކްސީއެއް.. ޖަންގްޝަން ކޮނޑު ޓެކްސީ އެއް.. ވަރަށް އަވަހަށް ސެނަހިޔާ ކަންމައްޗަށް ކޮންޑު ޓެކްސީއެއް.. އާދެ!!! މިވަގުތު ހުރިހާ ކޮނޑު ޓެކްސީތައް ބިޒީ އިނގޭތޯ..

    19
    • ޝާރަ

      ????????

      1
      1
  15. ބޯޖަލީލު

    އެޗު ޕީ އޭ ގެ ގަވާއިދު އޮޅާލަބަލަ ، ކަރަންޓީނު މީހުން ތިބޭ ގޭގޭގައި އިއުލާނު ނުޖަހާ ޕޮޡިޓިވު މީހުން އެކަހެރި ނުކުރެވޭ އައި ޖީ އެމް އެޗުން ހެނދުނު ޓެސްޓު ހެދީމަ ބުނީ ޕޮޒިޓިވު ކަމަށް އެކަން ގަބޫލުނުކޮށް އެ ދެމީހުން ހަވީރު ގޮސް އޭ ޑީ ކޭ އިން ޓެސްޓު ކުރީމަ ބުނީ ނެގަޓިވު ކަމަށް ދެން އެޗު ޕީ އޭ ގެ ގަވާއިދު އޮޅާލާ...

    8
    1
  16. ފޮޓޯ ގަނޑު

    އަތަމާ ޕެލަސްގައި އެއްކޮޓަރީތިބި 5 މީހުން އެތަނުން އެކަކު ޕޮޒިޓިވުވީ އަދިވެސް ޕޮޒިޓިވުވި މީހާނުގެންދޭ 5 މީހުން އަދިވެސް އެކޮޓަރީގައި އެޗު ޕީ އޭ އިން ބޭނުންވަނީ މިބަލި އިތުރަށް ފަތުރަން ރައްޔިތުންނަށް ދުއްޕާންކުރަން

    11