ބޭނުންވާ ތަކެތި
3 ނުވަތަ 4 ޖޯޑު ކެރެޓު (ގާނައިފައި)
½1 ޖޯޑު ދިޔާ ކިރު (ފުލް ކްރީމް މިލްކް)
5 މޭޒުމަތީސަމުސާ ހަކުރު
11 ކަޖޫނަޓު (މެދުން ފަޅި ކޮށްފައި)
1 މޭޒުމަތީސަމުސާ ގިތެޔޮ
ތައްޔާރު ކުރާނެ ގޮތް
ކެރެޓް ހަލްވާ ތައްޔާރުކުރުމަށް ފުރަތަމަ ހަދަން ޖެހޭނެ ގޮތަކީ ބައި ސައިސަމުސާ ގިތެޔޮ ރަގަނޅަށް ހޫނު ކުރުމަށް ފަހު، ކަޖޫނަޓު އަޅައިގެން މަޑު ގިނީގައި ތެއްލާނީއެވެެ. އެއަށްފަހު މަޑު މުށިކުލައެއް އަރަންދެން ތެއްލުމަށްފަހު އެ ކުލަ އެރީމައި ކަޖޫނަޓުކޮޅު ނަގައިފައި ޓިޝޫއެއް ނުވަތަ ފޮތިކޮޅެއް މަތީގައި އަތުރާލާނީއެވެ.
އެއަށްފަހު ތެއްޔަކަށް ކެރެޓާއި ކިރު އެޅުމަށްފަހު މަތިޖަހައިގެން މަޑު ގިނީގައި ކިރުފޮދު އެއްކޮށް ހިނދެންދެން ކައްކާނީއެވެ. އަދި ކައްކާއިރު ބަންޑުންވާން އުޅޭނަމަ ، މަތި ނަގައި އަލުން މަތިޖަހައިލުން މުހިންމެވެ. ދެން ކިރުފޮދު އެއްކޮށް ހިނދުމުން ބާކީ ހުރި ގިތެޔޮ އަދި ހަކުރު އެޅުމަށްފަހު ހަކުރުކޮޅު ވިރެންދެން ރަގަނޅަށް ކައްކާނީއެވެ. އަދި ހަކުރުކޮޅު ވިރުމަށްފަހުވެސް ދެތިން މިނެޓް ވަންދެން ކެއްކުމަށްފަހު ނަގައި ތަށްޓަކަށް އަޅައި ކަޖޫނަޓު މަތީގައި އަތުތާލާނީއެވެ. އޭރުން އެ އޮތީ ކާލަން މީރު ކެރެޓް ހަލްވާ ތައްޔާރުކުރެވިފައެވެ. ކެރެޓް ހަލްވާ އަކީ ފިނިކޮށްވެސް އަދި ހުނު ކޮށްވެސް ކެވިދާނެ އެއްޗެކެވެ.