އެމެރިކާގެ ކެރޮލައިނާގެ އުމުރުން 38 އަހަރުގެ އަންހެނެއް ކަމަށްވާ ޕެޓީ ހާނެންޑޭޒް އަކީ 15 ކުދިންގެ މަންމައެކެވެ. މިހާރު އޭނާ އިނީ 16 ވަނަ ދަރިއަށް ބަލިބެއެވެ. ޕެޓީ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އޭނާ އަދިވެސް އިތުރު ދަރިން ބޭނުންވާ ކަމަށެވެ.

ޕެޓީ އާއި އޭނާގެ ފިރިމީހާ އުމުރުން 37 އަހަރުގެ ކާލޮސް 15 ދަރިންނާއި އެކު ދިރިއުޅެމުން ގެންދަނީ ފަސް ކޮޓަރީގެ ގެއެއްގައެވެ. ދެމަފިރިން އެމީހުންގެ އާއިލާގެ ކާބޯތަކެއްޗާއި އެހެނިހެން ތަކެއްޗަށް ހަފްތާއަކު 500 ޑޮލަރު ހަރަދު ކުރަން ޖެހެއެވެ.

ޕެޓީ 16 ވަނަ ދަރިފުޅަށް ބަލިވެއިންއިރު އޭނާ އަށް އެންމެ ފަހުން ކުއްޖަކު ލިބުނުތާ އަދިވީ ތިން މަސްދުވަހެވެ. ޕެޓީއަށް އެންމެ ފުރަތަމަ ކުއްޖަކު ލިބުނީ 2018 ވަނަ އަހަރު އެވެ.

ޕެޓީގެ ދެމަފިރިންގެ 15 ކުދިންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެން ކުދިންނާއި 10 އަންހެން ކުދިންނެވެ. އޭނާ އަށް ވަނީ އެއްމާބަނޑު ހަކުދިން ލިބިފައެވެ.

ހުރިހާ ކުދިންނަށް ނަން ކިޔާފައި ވަނީ ފެށޭ އަކުރެއްގެ ގޮތުގައި "ސީ" ބޭނުން ކޮށްގެންނެވެ. އެއީ ކާލޮސްގެ ބައްޕަ އަށް އެމީހުން ކުރާ އިހްތިރާމް ފާޅުކުރުމުގެ ގޮތުންނެވެ.

ޕެޓީގެ އާއިލާ ވަނީ އެންމެ ބޮޑު އާއިލާގެ ލަގަބު 2019 ވަނަ އަހަރު ލިބުމާއި އެކު ވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން ޖާގަ ހޯދާފައެވެ. އޭގެ ފަހުން ވެސް އާއިލާ އަށް ވަނީ ދެމެންބަރުން އިތުރު ވެފައެވެ.

ޕެޓީ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ 15 ކުދިން ބަލައި ބޮޑުކުރުން އެއީ ދަތި، އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ވެސް ލިބޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ?

    . ޕެޓީއަށް އެންމެ ފުރަތަމަ ކުއްޖަކު ލިބުނީ 2018 ވަނަ އަހަރު އެވެ.??

    21
    • ކަމަނަ

      ހެހެ

  2. އަޣޫ

    ޔަގީންތަ ތީ އެންމެ ބޮޑު ފެމިލީކަން.. ޔޫކޭގަ ވެސް އެބަ އުޅޭ އަށާވީސް ދަރިން އުޅޭ ފެމިލީއެއް

    15
  3. Anonymous

    ވާއު... އަދި މަށަށް މި އުޅެނީ އެއއ ދަރި ވެ ސް ނުލިބިގެމން

  4. ގޫ ބުރިއެއްގެ އަޑު!!!!!!!!!!!!!!! ???

    މާޝާ ﷲ ??