"އޭ ބަލަ މިހިރަ ލަތީފާ" އަކީ 1987 ވަނަ އަހަރު ނުކުތް ދިވެހި ފިލްމު "އިތުބާރު" އިން މަޝްހޫރުވެގެން އައި ޑައިލޮގެކެވެ. މި ފިލްމު ނެރުނުތާ 33 އަހަރު ފުރިގެންދާއިރު އަދިވެސް ދިވެހިންގެ ތެރޭގައި މި ފިލްމުގެ "އޭ ބަލަ މިހިރަ ލަތީފާ" ޑައިލޮގް ވަރަށް މަޝްހޫރެވެ. އަދިވެސް މަޖާ ބައެއް މުނާއްސަބަތު ތަކުގައި އަދި، އަނގަ މަޖަލަކަށްވެސް މިހެން ކިޔައި އުޅޭ މީހުން ވަރަށް ގިނައެވެ.
ހާއްސަކޮށް ދިވެހިންގެ ތެރޭގައި މަގުބޫލް އެޕްލިކޭޝަން "ޓިކްޓޮކް" ގައިވެސް މި ޑައިލޮގް ދައުރުވާ މިންވަރު ވަރަށް ގިނައެވެ. އެ ކަމުންވެސް މިޑައިލޮގަށް ދިވެހިންގެ ތެރޭގައި އޮންނަ މަގުބޫލުކަން ހާމަވެގެންދެއެވެ. ފަހަރެއްގައި މި ޑައިލޮގަށް މިހާ މަގުބޫލްކަމެއް ލިބިފައި ވަނީ އެ ފިލްމުގައި ޑައިލޮގް ކިޔާ ދިވެހި ފިލްމު އިންޑަސްޓްރީގެ "ލެޖެންޑްރީ އެކްޓްރެސް" ހާޖަރާގެ މޮޅުކަމުން ކަމަށްވެސް ވެދާނެއެވެ.
އެތައް އަހަރަކަށްފަހު ދިވެހި ޒުވާން އަންހެންކުދިންތަކެއް ވަނީ މި ޑައިލޮގް ބޭނުންކޮށްގެން ތަފާތު ޑާންސެއް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. ދިވެހި ދިގު ހެދުމުގައި ތިބި މި އަންހެންކުދިން ދައްކާލި ތަފާތު ނެށުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައިވާއިރު، މިނިސްޓަރ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފްގެ ސަމާލުކަންވެސް މި ވީޑިއޯކޮޅަށް ވަނީ ހުއްޓިފައެވެ.
މިނިސްޓަރ މަހްލޫފް ވަނީ އެ އަންހެން ކުދިންތަކުގެ އުފެއްދުން ވަރަށް ކަމުދާކަމަށް ވިދާޅުވެ އެކުދިންނަށް ތައުރީފްކޮށްފައެވެ.
Outstanding work from very young talented artists. 👌🏾
އޭބަލަ މިހިރަ ލަތީފާ pic.twitter.com/f6SPp6Kazr
— Ahmed Mahloof (@AhmedMahloof) September 5, 2020
އެއް މިނެޓަށްވުރެ ދިގު މި ވީޑިއޯކޮޅު ސޯޝަލް މީޑިއާގެ އެކު ޕްލެޓްފޯމްތަކުގައި ހަލުވިކަމާއި އެކު އަންނަނީ ދައުރުވަމުންނެވެ.
މި ވީޑިއޯ ދައުރުވާން ފެށުމުން ސޯޝަލް މީޑިއާގައި ވަނީ މިއީ މިހާތަނަށް މި ޑައިލޮގްކޮޅު ފިލްމުން ފިޔަވާ ދެން ގެނެސްދީފައިވާ އެންމެ ފުރިހަމަ ފަހަރު ކަމަށް ގިނަ ބަޔަކު ބުނެފައެވެ.
އެއްވެސް މޮޅެއްނޫން..
އެއްވެސް މަޖަލެއް ނުން
މިވެސް ދެން މޮޅުކަމެއް.. މަހުލޫފު މެން އެބަ ޖެހޭ ކޮންމެވެސް އެއްޗެކޭ ކިޔާ މީހުންގެ ސަމާލުކަށް ހޯދަން..
ޝާޒް (ތަޖޫބެ) ވެސް ސީދާ މަރިޔަމް ރަޝީދާ ކުރިމަތީގައި ބަހައްޓައިގެން ތި ވީޑިއޯކޮޅު ކުޅުނު... އެ ވީޑިއޯވެސް ވަރަށް އަސްލާ އެއްގޮތް ހަމަ... އަދި މި ވީޑިއޯވެސް ވަރަށް ކްރިއޭޓިވް... ހަޤގަތަކީ އޭރުގެ ތަރިން (2000 ގެ ކުރިން ދިވެހި ފިލްމް އިންޑަސްޓްރީއަށް ނުކުތް ބަތަލް އަދި ބަތަލާ އިން) އާއި ގާތްކުރެވޭހާ ފެންވަރަށްވެސް މިހާރުގެ ތަރިންނަށް ރިއަލް އެކްޓިންގް ނުދެއްކޭ...
އޯލްޑް އިޒް ގޯލްޑް
ޙަޖޫޖަހާފައި
މީގައި އެއްވެސް މޮޅު ކަމެއް ނެތް.. ޒާތަކަށް މަލާމާތް ކޮށް ފުރައްސާރަ ކޮށްފައި އޮތްކަން ފާހަގަ ކުރެވެނީ.. އެކްޓިންގ އަކީ ވެސް ފަންނެއް.. މަލާމާތް ކުރުމާއި ބުލީ ކުރުމަކީ ހުނަރެއް ނޫން..
ހެހެހ ދިވެހިންނަށް ސަޅިވާނެ
ކޮންމެހެން ޖެއްސުން ކުރަން ފާޑުފާޑުގެ ވީޑިއޯ ނަހަދާ. ކަލޭމެން ކުރާނެ ކަމެއް ނެތިއްޔާ ދެފައިދޮވެގެން ނިދާ!
މަހުލޫފު އަށް ކަމުދާނެ މިކަހަލަ ލާދީނީ ހުރިހާ އެއްޗެއް.
މީހަކު ތާކު ގޮތްކުޑަ ވައްތަރެއް ޖައްސަންޏާ މިޒަމާނު މީހުންނަށް ރީތިވާނެ!
ތެދަށް ބުނާނަމަ އެއްވެސް މަޖަލެއްނޫން.ކޯކިލާބެންގެ ޑައިލޮގް ރެޕްވީމަ މިދިވެހިންވެސް ޖެހޭނެދޯ ކޮންމެވެސް ކަމެއްކޮއްލަން
އަޅެ ފަހެ މީހަކު ހަރާނެއްފަހެނުވާނެތަ ކަމަކުނުދޭ ތިޔައީ ނޫސްތަކަށް އަރާވަރުގެ ކަމެއްނޫން