އެމެރިކާގެ މިޗިގަން ސްޓޭޓަށް ނިސްބަތްވާ ސްރަބެތް އާއި އެެމެލިއާ އިރްވިންއަކީ ވިހެއިއިރުވެސް ހަށިގަނޑުން ގުޅިފައި ތިބި އެ ކުދިންނެވެ. އެތައް ބައެއްގެ ސަމާލުކަން ލިބިގެންދިޔަ އެ ކުދިންގެ ބޮޑު އޮަޕަރޭޝަނެއްކޮށް، އެ ކުދިން ވަނީ ވަކިކޮށްފައެވެ.

ސީއެސް މޮޓް ޗިލްޑްރަން ހޮސްޕިޓަލްގައި އެ ކުދިންގެ އޮޕަރޭޝަން ކުރިއަށްގެންދިޔައިރު، އެ އޮޕަރޭޝަނަށް 11 ގަޑިއިރު ހޭދަ ވިއެވެ. އެ އޮޕަރޭޝަންކޮށްފައި ވަނީ އޮގަސްޓް މަސް ތެރޭގައެވެ. އެއީ އެ ކުދިން ވިހެއިތާ 14 މަސް ފަހުންނެވެ.

މިހާރު އެ ދެކުދިންވެސް ތިބީ ގޭގައެވެ.

"މި ކޮޓަރީގެ އެންމެންނަށްވެސް އެއީ ވަރަށް އެމޯޝަނަލް ވަގުތުކޮޅެއް، މި ދެ ކުދިންވަކި ކުރުމުގެ މަސައްކަތަކީ". މޮޓް ހޮސްޕިޓަލްގެ ސާޖިކަލް ޓީމްގައި ހިމެނޭ ޑރ. ޖިއޯޖް ބުނެފައި ވެއެވެ.

އަދި އޭނާ ވަނީ އޭނާއަކީ އެއްމާބަނޑު ދެ ކުދިންގެ ބައްޕައަކަށްވާއިރު، އެކުދިންގެ ގުޅުން ގާތްކަމުގެ ވާހަކަދައްކާފައެވެ. އެހެންކަމުން ސަރަބެތް އާއި އެެމެލިއާއަކީވެސް ވަރަށް ގާތް ގުޅުމެއް އޮންނާނެ ދެ ކުދިންނަށް ވާނެ ކަމަށް އޭނާު ބުނެފައި ވެއެވެ.

މި ދެ ކުދިންގެ މައިންބަފައިން ކަމަށްވާ އަލިސަން އާއި ފިލް އިރްވިންއަށް އެ މީހުންނަށް ލިބެން އުޅެނީ ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންކަން އެނގުނީ ސްކޭން ހެދުމުންނެވެ. އެއީ އެ ކުދިން އޮޕަރޭޝަންކޮށްގެން ނެގިތާ ހަތަރު މަސް ކުރިންނެވެ.

އަލިޔަސް ބުނީ، މިހާރު އެ ކުދިން އުރާލައިގެން އުޅެވޭތީ އެކަމާއި ވަރަށް އުފާވާ ކަމަށް ބުނެފައެވެ.

އެ ކުދިންގެ އޮޕަރޭޝަން ފުރަަތަމަ ކުރަން އޮތީ މި އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ. އެހެން ނަމަވެސް އެ ކުދިންނަށް ނިއުމޯނިއާ ޖެހި، ފަހުން ކޮވިޑް-19 އާ ހެދި އެ އޮޕަރޭޝަން ފަސް ކުރީއެވެ.

އެ އޮޕަރޭޝަނަށްފަހު ސަރެބެތް ގެއަށް ގެންގެންދިޔައީ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ. އެމެލިއާ ގެެއަށް ގެންދިޔައީ ސެޕްޓެމްބަރު ފަސް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަންު

    ތިޔަ ދެކުދިންނަކީ އިސްލާމުން ކަމުގައި ލައްވާށި

    28
    1