އިންޑިއާގެ ޓީވީ ޑްރާމާ ''އިސް ޕިޔާރްކޯ ކިޔާ ނާމް ދޫން''ގެ އަރްނަވް ސިންގް ރައިޒާދާ (ބަރުން ސޮބްތީ) އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފަންނާނެކެވެ. ބަރުންގެ އެކްޓިންގެ ހުނަރުވެރިކަމުން އޭނާއަށް ވަނީ ފިލުމުތަކުގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައެވެ.

ބަރުން ބުނެފައިވާ ގޮތުގައި އޭނާގެ އެންމެ ފަހު ވެބް ސީރީޒް އަސުރު (ވެލްކަމް ޓު ޔުއަ ޑާކް ސައިޑް) އަށް ފަހު ވަރަށް ގިނަ ކަންތައްތައް ވަނީ ބަދަލުވެފައެވެ. އަދި މީހުން އޭނާ އާ މެދު ދެކޭ ގޮތް ވެސް ވަނީ ބަދަލުވެފައެވެ. އެ ސީރީޒަށް ފަހު އޭނާއަށް ފިލްމީ ދާއިރާގެ ގިނަ ހުށަހެޅުންތަކެއް ލިބިފައިވެއެވެ. އަދި އޭނާއަކީ މޮޅު އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަތް ކަމަށް ވެސް ބުނެފައިވެއެވެ.

ޓީވީ ޑްރާމާތަކުގެ ފަންނާނުންނަށް ފިލުމުތަކުގެ ވަކި ރޯލެއް ކުޅެވިދާނެތޯ ނުވަތަ ނޫންތޯ ކުރާ ސުވާލަކީ ވަރަށް ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ. އަސުރު ސީރީޒްއަށް ފަހު ބަރުން މިވަނީ މި ސުވާލަށް ބެލުންތެރިންނަށް ޖަވާބު ދީފައެވެ. ޑްރާމާ ކުޅޭ މީހުންނަށް ވެސް ފިލުމުތަކުގައި ތަފާތު ރޯލުތައް ކުޅެވިދާނެކަން އޭނާ ވަނީ ހާމަކޮށްދީފައެވެ.

ފިލުމު ކުޅޭ މީހުންނާއި ޑްރާމާ ކުޅޭ މީހުން ތަފާތު ކުރަނީ ކީއްވެކަމެއް ނޭނގޭ ކަމަށް ބުނަމުން ބަރުން ބުނެފައިވަނީ ޑްރާމާ ވިޔަސް ފިލުމުން ވެސް ދައްކުވައިދެނީ އެކްޓް ކުރުމުގެ ހުނަރު ކަމަށެވެ. އަދި ގިނަ އެކްޓަރުންނަކީ ޑްރާމާތަކުގައި މަސަައްކަތް ކުރި ފަންނާނުންތަކެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. ޓީވީއާއި ފިލުމު އިންޑަސްޓްރީގެ ތަފާތު ނައްތާލަންވެއްޖެކަމަށް ވެސް ބަރުން ބުނެފައިވެއެވެ.

ބަރުން ސޮބްތީގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރ 21ގައިި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ''ހަލާހަލް''އެވެ.

ކިޔުންތެރިންގެ ހިޔާލު