އިނގިރޭސިވިލާތުގެ މަގެއްގެ މަތީގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގެ ވިީޑިއޯ މީސް މީޑިއާގައި އާއްމުކޮށްފައި މި ވަނީ، ފޯނަށް ސަމާލުކަން ދީގެން ދުއްވާނަމަ ލިބިދާނެ ގެއްލުންތަކުން އެހެން މީހުން ސަމާލުވުމަަށެވެ.

ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއަކީ ޓްރަކް ޑްރައިވަރު ކެރީ ގޯޑަން ޔަގީނުންވެސް އެކަމާއި ހިތާމަ ކުރާނެ ވީޑިއޯއެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު މި އެކްސިޑެންޓް ހިނގާފައި ވަނީ، ގޯޑަން މުދާތަކާއެކު ޓްރަކްގައި ދަތުރުކުރަމުން ދަނިކޮށެވެ. އެވަގުތު އޭނާ އިނީ ފޯނަށް ބަލަހައްޓައިގެން ކަމުން، ކުރިމަތީގައި އެހެން ވެހިކަލެއް މަޑުކޮށްގެން އޮތް މަންޒަރު އޭނާއަށް ނުފެނެއެވެ.

އޭނާ ގޮސް ފުރަތަމަ ޖެހުނީ މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އޮތް އެ ކާރޔފަވެ. އެ ކާރުގައި ޖެހި ކޮންޓްރޯލުން ނައްޓައިގެން ގޮސް އޭނާ ޖެހުނީ މަގުގެ އެއް ފަރާތުގައި ހުރި ގަސްތަކެއްގައެވެ.

އެ ހާދިސާގައި މަގުގައި މަޑުކޮށްގެން އޮތް ކާރުގައި އިން އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ވިއެވެ. އެ ކާރުގައި އިނީ 50 އަހަރުގެ އަންހެނެކެވެ. އޭނާ އެތަނަށް މަޑުކޮށްގެން ހުރީ ކާރު ހަލާކުވެގެންނެވެ.

އެ ހާދިސާގައި އެތައް ހާސް ޑޮލަރުގެ މަގު ބެރިއާތަކަށްވެސް ގެއްލުން ލިބުނެވެ. އަދި އެ މަގުވެސް ވަކި ދުވަސް ކޮޅަކަށް ބަންދު ކުރިއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުން އެނގުނުގޮތުގައި، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ޖޯޑަން ފޯނާއި ކުޅެން އިނުމުންނެެވެ. އަދި ފުލުހުން ވަނީ އެ އެކްސިޑެންޓް ހިނގި ވަގުތު ނެގިފައިވާ އެ ޓްރަކްގެ އެތެރޭގެ ވީޑިއޯ އާއި ބާރުގެ ވީޑިއޯވެސް އާއްމު ކޮށްފައެވެެ.

އެ މައްސަލާގައި އޭނާ 14 މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ދެ އަހަރު ދުވަހަށް އޭނާ ސަސްޕެންޑްވެސްކޮށްފައި ވެއެވެ. އަދި ދެ އަހަރު ދުވަސް ވަންދެެން އެއް ގަމު އުޅަނދެއް ނުދުއްވޭ ގޮތްވެސް ވަނީ ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު