ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރުގައި ގަވާއިދާއި ހިލާފަށް ޔޫއޭއީގައި ކައިވެނީގެ ހަފްލާތަކެއް ބޭއްވި މައްސަލާގައި އަށް މީހަކު ޖަލަށް ލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުން ޖަލަށް ލާފައި ވަނީ، ކޮވިޑް-19އާ ގުޅިގެން ޔޫއޭއީގައި ޕާޓީ ބާއްވަން ކަނޑައެޅި އުސޫލުތަކާއި ހިލާފަށް ޕާޓީ ބޭއްވުމުންނެވެ. އެގޮތުން އަބޫ ދާބީ އާއި ރަސް އަލް ޚައިމާހްގައި ކައިވެނި ޕާޓީތަކެއް ބޭއްްވިގެން ދިޔައިރު، އެ ޕާޓީތަކަށް ހާޒިރުވި މީހުން މާސްކް ނާޅައި ތިބުމާއި، އިޖުތިމާއީ ގައިދުރުކަން ހިޔާރުކޮށްފައި ނުވާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އެމާޖެންސީ އެންޑް ކްރްއިސިސް ޕްރޮސެކިއުޭޝަން އިން ބުނެފައި ވަނީ، އެފަދަ ކައިވެނީގެ ހަފްލާތައް ނުބޭއްވޭނެ ކަމަށެވެ.އަދި ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ކަަމަށްވެސް ބުނެފައި ވެއެވެ.

އަދި އުސޫލުތަކާއި ހިލާފަށް ޕާޓީ ބާއްވާނަމަ އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

އެ ގައުމުގެ ސިއްހަތާއި ބެހޭ މިނިސްޓްރީން ވަނީ އާއިލީ އިވެންޓްތައް ބާއްވާނަމަ 10 މީހުންނަށްވުރެ ގިނަ ނުކުރުމަށް އެދިފައެވެ. އަދި އެފަދަ އިވެންޓްތައް ބާއްވާނީ އާއިލީ ގޮތުން އެންމެ ގާތް މީހުންނާއިގެން އެކުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު