ކުރިން ވަރިވުމަކީ މުސްލިމް މުޖުތަމައުތަކުގައި އެހާ ލުއިކޮށް ނަގާ ކަންކަމެއް ނޫނެވެ. ސަބަބަކީ ވަރިއަކީ ހުއްދަކުރެއްވި ކަންކަމުގެ ތެރެއިން ﷲ ސުބުހާނަހޫ ވަތައާލާ އެންމެ ރުހިވޮޑިގެން ނުވާ އަމަލަށް ވުމެވެ. އެހެންކަމުން މުސްލިމް މުޖުތަމައުތަކުގައި ބާރު އަޅަނީ ކައިވެނި ދަމަހައްޓާ މައްސަލަތައް ހައްލު ކުރުމަށެވެ.

މެލޭޝިޔާއަކީ މިހާރުވެސް މިފަދަ އުސޫލުތައް ވަރަށް ބޮޑަށް ޤަބޫލުކުރާ މުސްލިމުން ތިބި ތަނެކެވެ. އެހެންކަމުން މެލޭޝިޔާގެ އަނބިމީހާ ވަރިވުމުގެ ކުރިން އަދިވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންކަން ހުރެއެވެ. ދާދިފަހުން ފިރިމީހާ ކައިިރިން ވަރިވި އަންހެނަކު ކުރި ކަމަކަށް މުޅި މެލޭޝިޔާ އާއި ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.

ޓްވިޓާގައި އެ އަންހެންމީހާ ކުރި ޕޯސްޓެއްގައި ވަނީ، ފިރިމީހާ ކައިރިން ވަރިވުން ފާހަގަކުރާ ވާހަކައެވެ. އެ ޕޯސްޓުގައި ހުރި ފޮޓޯތަކަކީ ސައި ޕާޓީއެއްގައި ނަގާފައިވާ ފޮޓޯތަކެވެ.

އެ ޕޯސްޓަށް ބަލާލުމުން ވަރި ފަދަ ހައްސާސްކަމަކަށް ޖޯކު ޖަަހަނީއޭ ހިތަށް އަރާފާނެއެވެ. ނޫނީ މިހާރުގެ ޖީލުގެ އަދަބު ކޮބާބާއޭ ހިތަށް އަރާފާނެއެވެ. ވަރިވުމުން އެފަދަ ޕާޓީއެއް ބޭއްވި ސަބަބު އެނގެނީ އެ ޕޯސްޓުގެ ކެޕްޝަން ކިޔާލުމުންނެވެ.

"ވަރިއަކީ އަބަދުވެސް ވަރަށް ގޯސްކަމެއް ގޮތުގައި ބެލެވޭ. އެއީ ގޯސްކަމެއް ނޫން، ވަރިވުމުން އެންމެފަހުން އަނިޔާއިން މިނިވަންވީމަ. އެހެންވީމަ އަހަރެން މި ފާހަގަކުރަނީ އަހަރެެންގެ މިނިވަންކަން." އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ވޯލްޑް އޮފް ބަޒް އަށް 27 އަހަރުގެ އިނގިރޭސި ޓީޗަރު، އައިރާ ދިން އިންޓަރވިއުއެއްގައި ބުނީ އޭނާގެ ޕޯސްޓަށް ފަހު ވަރަށް ގިނަ މީހުންގެ ސަޕޯޓް ލިބުނު ކަމަށާ، އެކަމާއި ހައިރާންވި ކަމަށެވެ. އަދި ވަރީގެ ޕާޓީ ބޭއްވީ އިއްދަ ހަމަވުމުން ކަމަށާ، ޕާޓީ ބޭއްވުމުގެ ކުރިން ތެރަޕިސްޓާއި ވާހަކަދެއްކުމުން، އެއީ ޕޮޒިޓިވް ކަމެއްކަމަށް ބުނެފައިވާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެ

    ދެން ހުނި ގާނަން ފަށާ..

    9
    21
  2. ވަރިފަށަށް އެރީ

    ފިރިމީހާ އަނބިމީހާދެކެ ރުޅިވެ އަނިޔާވެރިވުމަކީ ދީނުގައި ހަރާމް ކުރައްވައިފައިވާ ކަމެއް.
    ފިރިމީހާ އަނބިމީހާގެ ހައްގުތައް އަދާ ނުކުރުމަކީވެސް ހަރާމް ކުރައްވައިފައިވާ ކަމެއް.
    މިދެކަންތައް ކުރުމަށް ވުރެ ވަރިވުމަކީ މާ ރަނގަޅުކަމެއް އެކަމަކު ބައެއް ފިރިހެނުންނަކީ ހަމަ ހައްދުފަހަނައަޅައިފައިވާ ބައެއް. އަނބިމީހާ އަށް އަނިޔާ ކުރަނީ ހަމަ ޖަނަވާރުން ސިފައިގައި އުޅޭ ބައެއް. އަނބިންނަކީ ވަރަށް އިޚްތިރާމް ލިބެންޖެހޭ ބައެއް. މަށަކީ ފިރިހެނެއް.

    44
    2
  3. ސާރާ

    މިކޮއި އަދި އެސޮރާ އިންނާނެ! ބަލަންތިބެބަލަ

    10
    28
  4. ބަފާބޭ

    ބްރޯ ހުރިނަމަ ހަވާ އަރުވާދިނިސް.............

    12