އިންޑިއާގެ ބިސްވާ ބަންގްލާ ގޭޓް ކައިރީގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓްގައި މަރުވި ދެ ލޯބިވެރިންނަކީ އަންނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައި ކައިވެނީގެ ގޮށް ޖަހާލުމަށް ތިބި ބައެކެވެ. އެހެން ނަމަވެސް، އެ ވަގުތުކޮޅާއި، ހަމައަށް ނުދެވެނީވެސް އެ ދެމީހުންވެސް މިވަނީ މި ބޮޑު އެކްސިޑެންޓްގައި މަރުވެފައެވެ.

މަގުގެ އެއްފަޅީގެ ބޮޑު ބައެއް ނަގައިގެން މަސައްކަތް ކުރަމުންދާ ކޮންސްޓްރަކްޝަން ސައިޓެއް ކައިރީގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، އެ މީހުން ތިބި ސައިކަލުގައި ޓްރަކެއް އައިސް ޖެހިގެންނެވެ. ފަހަތުން އައި އެ ޓްރަކް އެ މީހުންގެ ތިބި ސައިކަލުގައި ޖެހުމުން، އެ މީހުން ވިއްސައިގެން ގޮސް ޖެހުނީ ދަގަނޑު ބޭނުންކޮށްގެން ހަދާފައިވާ ފާރެއްގައެވެ.

މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ މި ދެ ލޯބިވެރިން ހޮސްޕިޓަލަށް ގެންދިޔައެވެ. އެހެން ނަމަވެސް ދެ މީހުންވެސް ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވެފައެވެ.

އެ މީހުން ބަލާފައި ޑޮކްޓަރުން ބުނެފައި ވަނީ، އެ މީހުންގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. ބެލެވޭގޮތުގައި، ދެ މީހުންވެސް މަރުވީ އެތެރެހައްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކަަމަށް އެ މީހުން ގެންދިޔަ ސަރުކާރު ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފައި ވެއެވެ.

މި ހާދިސާގައި މަރުވި ފިރިހެން މީހާއަކީ އުމުރުން 29 އަހަރުގެ ދީޕަޔަން މުޚަރްޖީ އެވެ. އޭނާގެ ލޯބިވެރިޔާއަކީ އުމުރުން 27 އަހަރުގެ މެދާ ޕަލް އެވެ. ދީޕަޔަންއަކީ ކޮގްނިޒަންޓް ކުންފުނީގެ އިންފްރާ ސްޓްރަކްޗަރ ޑިޕާޓްމެންޓެއްގެ ސީނިއާ އެގެޒެކެޓިވް އެކެވެ. މެދާ އަކީ ބަންގަލޫރްގެ ޓެކްފާމެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. ކޮވިޑް-19އާާ ހެދި އޭނާ މަސައްކަތް ކުރަމުން ގޮސްފައި ވަނީ ގޭގައެވެ.

ދީޕަޔަން އަކީ ޕްރޮފެޝަނަލް ކްރިކެޓް ކުޅުންތެރިއެއްވެސް މެއެވެ. އޭނާއަކީ ބަރްނަގަރް ސްޕޯޓީންގ ކްލަބްގެ ކެޕްޓަންވެސް މެއެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ 9:30 ހާއިރުއެވެ. އަދި މިކަންތައް ހިނގާފައި ވަނީ މުދާ އުފުލާ ދުއްވާތަކެތި އެ މަގަށް ވަނުން މަނާކުރިތާ މާގިނައިރުތަކެއް ނުވަނީސް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

''ހީވާގޮތުގައި ވެހިކަލްގައި ތިބި ދެ މީހުން މަސައްކަތްކުރީ ބާރު ސްޕިޑެއްގައި ގޮސް އެ މީހުންގެ ކުރީގައި އޮތް ވެހިލައަށްވުރެ ކުރިއަށް ދިޔުމަށް.ނަމަވެސް ބެރިކޭޑް ޖަހާފައި ހުރުމުން މަގު ހަނިވެފައިވާތީ ކުރިއަށް ނުދެވި ސްޕިޑް ލަސްކުރުމުން ފަހަތުގައި އޮތް ވެހިކަލް އައިސް އެ ވެހިކަލްގައި ޖެހުނީ. އޮފިސަރުންނަށް މި މީހުން ފެނުނުއިރު އޮތީ ހޭނެތިފައި. އަދި ހެލްމެޓްވެސް އޮތީ ވެއްޓިފަ. ނަމަވެސް މާބޮޑު އަނިޔާއެއްވެފައިވާކަމަކަށް ފާހަގައެއް ނުކުރެވޭ. އަހަރެމެން އަވަސްވެގަތީ ޕޮލިސް އެންބިއުލެންސްގައި އެންމެ ކައިރީގައި ހުރި ސަރުކާރުގެ ހޮސްޕިޓަލަށް އެ މީހުން ގެންދިޔުމަށް. ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އެ ދެމީހުންވަނީ މަރުވެފަ.'' ބިދަންނަގަރު ސިޓީ ޕޮލިސްގެ ޓްރެފިކް ޑެޕިއުޓީ ކޮމިޝަނަރ ދްރިތިމަން ސަރުކާރު ބުނެފައިވެއެވެ.

އެހެން ނަމަވެސް، އެ ވާހަކަތައް މަންޒަރު ދުށް މީހުން ދޮގު ކުރެއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި، އެ މީހުން ސައިކަލު ދުއްވީ ބާރަށް ނޫނެވެ. ނަމަވެސް ކޮންސްޓްރަކްޝަން ތަކެތި ހުރި އެ ޓްރެކް ބާރަށް ގޮސް އެ ސައިކަލުގައި ޖެހުނީ ކަމަށް އެ މީހުން ބުނެފައި ވެއެވެ. އަދި އެ މީހުން ވެހިކަލްގައި ޖެހުމުން ވިއްސައިގެން ދިޔައީ ކަމަށާއި، ފުލުހުން ގޮސް ބެލިއިރު، އެ މީހުން ތިބީ ހޭނެތިފައި ކަަމަށެވެ.

ފުލުުހުން އިތުރަށް ބުނެފައި ވަނީ، އެކަމާއި ގުޅޭގޮތުން ފުލުހުންނަށް އިތުރު އެއްޗެއް ކިޔަން އިނގޭނީ ސީސީޓީވީ ފޫޓޭޖް ބެލުމަށް ފަހުގައި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ދެ ލޯބިވެރިންނަކީ ކޮންމެ ހޮނިހިރު ދުވަހެއްގައި ބައްދަލު ކުރާ ދެމީހެކެވެ. އަދި އެރޭވެސް ބައްދަލުކޮށް ދެ މީހުން އެކުގައި ކާންށާއި، ފިހާރަތަކަށް ދިޔަ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު