ބޭނުންވާ ތަކެތި:
1 ދަޅު ގެރިކިރު
1 ½ ޖޯޑު ކަދުރު (އޮށް ނެގުމަށްފަހު ޗަސްކޮށްފައި)
1 ޖޯޑު ފެން
¼ ސައި ސަމުސާ ބޭކިން ސޮޑާ
½ ޖޯޑު ބަޓަރު
1/3 ކޭސްޓަރ ހަކުރު
2 ބިސް
1 ¼ ޖޯޑު ސެލްފް-ރެއިޒިން ފްލާ
2 ސައި ސަމުސާ ވެނީލާ ޕައުޑަރ
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ބޮޑު ތެއްޔެއްގެ ތެރެއަށް ގެރިކިރާއި، ކަދުރުކޮޅާއި ފެންފޮދު އަޅާށެވެ. އެއަށްފަހު، ދެއެއް ނުވަތަ ތިން މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. ދެން، އުނދުން މަތިން ބޭލުމަށްފަހު، އޭގެ ތެރެއަށް ބޭކިން ސޮޑާ އަޅާށެވެ. ބޭކިން ސޮޑާ އެޅުމުން، މުޅި އެތި ފޯމް ފަދަ އެއްޗަކަށް ބަދަލުވާނެއެވެ.
ދެން، އެހެން ތައްޓެއްގައި ބަޓަރާއި ހަކުރު ރަނގަޅަށް އެއްކުރާށެވެ. އެއްކޮށް ނިމުމުން، މި ހުންނަންވާނީ އޮލަކޮށެވެ. މީގެ ތެރެއަށް ބިސް ވެސް އަޅަންވާނެއެވެ. ބިސް އަޅާނީ ފަހަރަކު ބިހެކެވެ. އަދި، ކޮންމެ ބިހެއްވެސް އެޅުމަށްފަހު ރަނގަޅަށް ގިރާލަން ވާނެއެވެ.
އޭގެފަހުން ފުށްކޮޅު ނުވަތަ ފްލާކޮޅާއި ވެނީލާ ޕައުޑަރުކޮޅު ރަނގަލަށް އެއްކޮށްލާށެވެ. އަދި، އެތަކެތި ކަދުރުތައް ހުރި ތެލި ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
އެންމެ ފަހު ކަމެއްގެ ގޮތުން، ބަޓަރު ތަށި، އަވަނުގެ ތަށި ތެރެއަށް އޮއްސާލާށެވެ. އަދި، އޭގެ މައްޗަށް ކަދުރު ތަށިވެސް އޮއްސާލާށެވެ. އެއަށްފަހު، ގާތްގަނޑަކަށް 40-45 މިނެޓު ވަންދެން، ރަނގަޅަށް ފިހެލާށެވެ. ފިހަން ލުމުގެ ކުރިން 175 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރަން ޖެހޭނެއެވެ.