ރޭޕްކޮށް ގައިގާ ހުޅު ޖެހުމުގެ ސަބަބުން މީގެ ދެ ހަފްތާ ކުރިން ފަށައިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ކުއްޖާ މަރުވެއްޖެއެވެ.

އިންޑިއާގެ ބޮކަރޯ ޖެނެރަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް އެ ކުއްޖާ މަރުވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އަވައްޓެރިއެކެވެ. އޭނާ އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އެކަނި ގޭގައި އޮއްވާއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު އެ ކުއްޖާ ރޭޕްކުރިއިރު، އެ ކުއްޖާ ދަމާފައި ފާހަނައަށް ގެންގޮސް ވަނީ ގައިގާ ހުޅު ޖަހާފައެވެ. އެ ކުއްޖާގެ ހަށިގަނޑުގެ 70 ޕަސެންޓް އަނދާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުއްޖާ ރޭޕްކުރި މީހާ ވަނީ އޭގެ އަނެއް ދުވަހު ހައްޔަރުކޮށްފައެވެ. އޭނާއަށް މިހާރު ވަނީ ޖަލަށް ލާފައެވެ. އަދި އެ މައްސަލަ މިހާރުވެސް އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، އޭނާ ކޯޓަށް ހާޒިރުކޮށް އެ މައްސަލާގެ ހައްގު އަދަބު ދޭނެކަމަށް ފުުލުހުން ވަނީ ބުނެފައެވެ.

މިހާރު އެ ކުއްޖާގެ ހަށިގަނޑުން ސާމްޕަލް ނެގުމަށްފަހު ވަނީ އާއިލާ އާ ހަވާލުކޮށްފައެވެ.