ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ 7 މިލިއަން ޑޮލަރުގެ ގެއަށް ވަގުންތައް ވަދެ ވައްކަން ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ޕޯޗުޖަލްގެ މަޑެއިރާ އައިލޭންޑުގައި ހުންނަ ހަތްބުރީގެ އެގެޔަށް ވަގުން ވަދެފައި ވަނީ ރޮނާލްޑޯ ޕޯޗުގަލްގެ ޤައުމީ ޓީމާއެކު ފަރިތަކުރުންތަކެއްގައި އުޅެނިކޮށް މިދިޔަ ބުދަ ދުވަހުގެ ހެނދުގެ ވަގުތެއްގައި ކަމަށް ވެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ރޮނާލްޑޯ ދިރިއުޅޭ އޭނާގެ ގެޔަށް ވަގުން ވަދެފައި ވަނީ އެގޭގެ ގަރާޖުގެ ދޮރު ތަޅުނުލައި ހުއްޓައެވެ.

މި ހާދިސާގައި އެގެއިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައި ވާއިރު، އޭގެތެރޭގައި ރޮނާލްޑޯ ޔުވެންޓަސްގައި ކުޅޭ ޓީޝާޓްތަކެއްވެސް ހިމެނޭ ކަމަށް ނޫސްތައް ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ، މިހާތަނަށް ތަހުޤީޤަށް އެއްކޮށްފައިވާ މަޢުލޫމާތުތަކުން މި ވައްކަމާއި ގުޅުންހުރި މީހަކު ދެނެގަނެވިފައިވާކަން ހާމަކޮށްފައެވެ. ފުލުހުން ބުނީ އޭނާ ވައްކަން ކުރަނިކޮށް ސީސީޓީވީ ކެމެރާއަށްވެސް އަރާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މިކަމާއި ގުޅިގެން މީހަކު ހައްޔަރެއް ނުކުރެއެވެ.

ރޮނާލްޑޯ އާއި އޭނާގެ އާއިލާ ދިރިއުޅޭ މި ގެއަކީ 2015 ވަނަ އަހަރު ގަނެފައިވާ ގެއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަުރޭ

    މަށާ ތަޅުލަން ހަވާލުކުރިނަމަ

    16
  2. ބާސާ ފޭންސް

    ސާބަސް ތަންފުކެއް ބޮޑުވަރު ސީތިކި ރޮނާލްޑޯ 🤣🤣🤣🤣
    އެފްބީއައި ލައްވާ ވަގުން ހޯދަންއުޅޭބަލަ ދެންވެސް!.........

    17
    12