ބޮލީވުޑުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަބާޑިޔާގެ ދަރިފުޅު ޓުވިންކަލް ކަންނާއަކީ ވެސް 90ގެ އަހަރުތަކުގައި އެކްޓިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަންނާނެކެވެ. ޓުވިންކަލް ކަންނާގެ ފިރިމީހާ އަކްޝޭ ކުމާރަކީ މިހާރު ވެސް ބޮލީވުޑުގެ ފާހަގަކޮށްލެވޭ ފަންނާނެކެވެ.

އަކްޝޭ ކުމާރާއި ކައިވެނި ކުރުމަށްފަހު ޓުވިންކަލް ކަންނާ އެކްޓިންގެ ދާއިރާއާ ދުރަށް ދަމުން ދަމުން ގޮސް މިހާރު އެއްކޮށް އެ ދާއިރާ ދޫކޮށްލައިފިއެވެ. ޓްވިންކަލް ކަންނާއަކީ މިހާރު ފޮތް ލިޔުންތެރިއެކެވެ. ފިލުމު ޕްރޮޑިއުސްކުރާ ޕްރޮޑިއުސަރެކެވެ.

މި ފުރަބަންދުގައި ދަރިފުޅު އާރަވް އާއި ނިތާރާއާ އެކު ގިނަ ވަގުތުތަކެއް ހޭދަ ކުރަމުންދާ ޓުވިންކަލް ކަންނާ ބުނެފައިވަނީ އެކްޓިންއާ ދުރަށް ދިޔައީ 90ގެ އަހަރުތަކުގައި ލިބުނު ކަހަލަ ރަނގަޅު ރޯލެއް ނުލިބޭތީ ނޫން ކަމަށެވެ. މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޓުވިންކަލް ކަންނާ ބުނެފައިވަނީ އޭނާ އެކްޓިން ދޫކޮށްލިތާ ކިތައްމެ ދުވަހެއް ވެއްޖެކަމަށާއި، އެކްޓިން ދޫކޮށްލީ ސްޕޮޓް ލައިޓްގެ ސަބަބުން އޭނާއަށް ހީޓް ސްޓްރޯކް ވާތީ ކަމަށެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރި ޓުވިންކަލް ކަންނާ ލިޔުނު ބައެއް ފޮތްތަކަކީ ''މިސިސް ފަނީބޯންސް''، ''ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަޝާދު''، ޕިޖާމާސް އަރ ފޮގިވިން'' ހިމެނެއެވެ.

ޓުވިންކަލް ކަންނާ ކުޅެފައިފައިވާ ބައެއް ފިލުމުތަކަކީ ''ބާޑްޝާހް''، ''މެލާ''، ''ބަރްސާތު''، ''ޖޯރުކާ ގުލާމް'' ފަދަ ފިލްމުތަކެވެ.

ޓުވިންކަލް ކަންނާ އާއި އޭނާގެ ފިރިމީހާ އަކްޝޭ ކުމާރު އެއްކޮށް ކުޅެފައިވާ ބައެއް ފިލުމުތަކަކީ ''އިންޓަނެޝަނަލް ކިލާޅީ''، ''ޒުލްމީ''އެވެ.

ކިޔުންތެރިންގެ ހިޔާލު