ކަނޑުގައި އަދި އެއްގަމުގައި އަހަރެމެންނަށް ނުފެންނަ އެތައް ބާވަތެއްގެ ދިރޭ ތަކެއްޗެއް ދިރިއުޅެމުން ދެއެވެ. އެތަކެތި ނުފެންނަކީ އެފަދަ ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވުމުން ނުވަތަ މީހުން ދިރިއުޅޭ ސަރަހައްދުގައި އެ އެއްޗިހި ނޫޅޭތީއެވެ. "ގޯސްޓު ކްރެބް" މިއީވެސް މޫދުގައި ދިރިއުޅޭ މީހުންނަށް މާގިނައިން ނުފެންނަ ތަފާތު ވައްތަރެއްގެ ކަކުންޏެކެވެ.

"ގޯސްޓު ކްރެބް" ނުވަތަ ޖިންނި ކަކުންޏަކީ މޫދުގައި އުޅޭ އެންމެ ބާރަށް ދަތުރުކުރާ އެކައްޗެވެ. އެހެން ނަމަވެސް މި ކަކުންޏަކީ ބައެއް ގައުމުތަކުގެ މޫދުތަކުގައި ވަރަށް ގިނައިން އުޅޭ ކަމަށް ވެއެވެ.

https://twitter.com/AMAZlNGSCIENCE/status/1315178333257134083?s=20

މިކަކުނި ފެނުނު ނަަމަވެސް އާދަޔާ ހިލާފަށް ދަތުރުކުރުމުގެ ބާރު އެ ކަކުންޏަށް ލިބިފައި ވުމުގެ ސަބަބުން މީހުންނަށް މީގެ ކަކުންޏެއް އަތުގައި ޖައްސާލަން ވަރަށް ދައްޗެވެ. އެއީ ޖިންނި ކަކުނީގެ ނަމުން މި ކަކުންޏަށް ނަންދެވުން އެއް ސަބަބު ކަމަށްވެސް ވެދާނެ އެވެ.

ޖިންނި ކަކުންޏޭ ބުނުމުން ދެން އުފެދޭނެ އެންމެ ބޮޑު ސުވާލަކީ މި ކަކުނި އިންސާނުންނަށް ގެއްލުން ދޭތޯއެވެ. އެހެން ނަމަވެސް މީހެއްގެ ހިލަމެއް ވެއްޖެ ނަމަ އެ ކަކުނި ބިރުން ދުވެ ފިލައެވެ. އެފަދަ ކަކުންޏެއް ހިފައިފި ނަމަ އެސޮރުގެ ރައްކާތެރިކަމަށް ގެއްލުމެއް ފޯރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ކަކުންޏަކަށް މޫދުގައި އެހާ ގިނައިރު ހޭދައެއް ނުކުރެވޭނެ އެވެ. މި ކަކުނި އާންމުކޮށް އުޅޭނީ އެއްގަމުގައެވެ.

މި ފަދަ ކަކުންޏެއް ރާއްޖެއިން ފެނިދާނެ ހެއްޔެވެ؟.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބައްޅައެއް

    ޖިންނިވެސް ކަކުނިވެސް ދުށިން.

    17
  2. ތްރާމް

    ދިވެހިން ކިޔަނީ ކިރުކަކުނި ތިކިޔާ ގޯސްޓަށް

    15
  3. ޑޮން

    މިޖީލުގެ ކުދިން ތިބެނީ ކޮންމެއެއްޗެއް ފެނުނަސް ކޮސް ވެފަ....ބަލަ ތީ ދިވެހިން ކިޔާ ކިރުކަކުނި....މުޅި ރާއްޖޭގަވެސް އުޅޭ އެއްޗެއް....

    24
    1
  4. މުޙައްމަދު

    ގޯސްޓު ކުރޭބޯލަ. އަންތަރީސް. އަދި އަހައިފިޔޭ ރާއްޖޭން ފެނިދާނެހޯ. ގޮނޑުދޮށުގައި އުޅޭ ކިރުކަކުނި ނުދަންނަ ދިވެހިން ވެސް މިހާރު އުޅެނީތާ

    3
    3