މީސް މީޑިޔާ މެދުވެރިކޮށް މަޝްހޫރު ފަންނާނުން އެމީހުންގެ ސަޕޯޓަރުންނާ ވާހަކަ ދެއްކުމަކީ ވަރަށް އާއްމު ކަމެކެވެ. މި ފުރަބަންދުގައި މިކަން ވަކީން ގިނައިން ކުރެވުނެވެ. އިންސްޓަގުރާމް، ފޭސްބުކު، ޓްވިޓާ ފަދަ އެޕްލިކޭޝަންތަކުގައި ''އާސްކް މީ އެނީތިންގ''ގެ ހޭޝް ޓެގުގައި ފަންނާނުން ކޮށްލާ ޕޯސްޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދަނީ އެތައް ސުވާލެއް ކުރަމުންނެވެ.

ޔައއްމި ގޯތަމް ވެސް އޭނާގެ ސަޕޯޓަރުންނާއި ވާހަކަ ދައްކާލައި ގުޅުން ބަދަހި ކޮށްލުމުގެ ނިޔަތުގައި ޓްވިޓާގައި ''އާސްކު މީ އެނީތިންގ''ގެ ހޭޝްޓެގްގައި ޓްވީޓް ކުރުމުން އެތައް މީހުންނެއް ސުވާލުތައް ކޮށްފައިވެއެވެ. ޔައްމި ގޯތަމްގެ މިހާރު ކުރަމުންދާ މަސައްކަތުން ފެށިގެން އޭނާ އެންމެ ކާހިތްވާ އެއްޗެއްސާއި ބެހޭގޮތުން ސުވާލު ކުރެވުނެވެ.

މި ކުރެވުނު ސުވާލުތަކުގެ ތެރެއިން ޔައްމިގެ ސަޕޯޓަރެއް އޭނާއާއި ކުރި ސުވާލަކީ ޑުރަގު ބޭނުން ކުރޭތޯއެވެ؟ އެންމެނަށް ފެންނާނެހެން މި ސުވާލު ކުރުމަކީ މޮޔަކަމެއްކަމަށާއި ނަމަވެސް ޑްރަގު ބޭނުންކުރާނަމަ ދެރަވާނެ ކަމަށާއި ސަޕޯޓަރުންނަށްޓަކައި ވެސް އެކަމަށް ނޫނެކޭ ބުނުމަށް މި ސުވާލު ކުރި ފަރާތުން ހުށަހަޅައިފައިވެއެވެ.

މި ސުވާލަށް ޖަވާބުދެމުން ޔައްމި ބުނެފައިވަނީ އޭނާ ޑުރަގު ބޭނުން ނުކުރާކަމަށާއި، އެކަމާއި ކަނޑައެޅިގެން ދެކޮޅުކަމަށެވެ. އެންމެން ވެސް ޑުރަގަށް ނޫނެކޭ ބުނުމަށް ވެސް ޔައްމި ގޮވާލައިފައިވެއެވެ.

ސުޝާންތުގެ މަރުގެ ތަހުގީގާއި ގުޅިގެން ފެންމަތިވި ބޮލީވުޑު ފަންނާނުންގެ ޑްރަގު ބޭނުންކުރާ މައްސަލައާޢި ގުޅިގެން ޔައްމިއަށް ވެސް މި ސުވާލު އަމާޒުވީއެވެ.

ފިލްމީ ދާއިރާގެ މަސައްކަތަށް ބަލާއިރު 2019 ވަނަ އަހަރު ކާމިޔާބުކަމާއި އެކު ނިންމާލުމަށްފަހު މި އަހަރު އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ މިދިޔަ ހުކުރު ދުވަހު ނެޓްފިލްކްސްގައި ދައްކަން ފެށުނު ''ގިނީ ވެޑްސް ސަނީ''އިންނެވެ.

ކިޔުންތެރިންގެ ހިޔާލު