”އެމޯންގް އަސް“ އޭ ބުނުމުން އެއީ ކޯޗެއްކަން ނޭނގޭ މިހާރު މަދުވާނެއެވެ. މީސް މީޑިއާގައި މިހާރު އެންމެ ގަދައަށް ފެންނަމުން ދަނީ ހުސްވެސް މި ގޭމުގެ މީމްތަކެވެ.
އެމެރިކާގެ ގޭމް ސްޓޫޑިއޯ އެއް ކަމުގައިވާ އިނާ ސްލޮތް އިން 2018 ވަނަ އަހަރު ތެރޭގައި އުފެއްދި ގޭމް މަޝްހޫރުވެގެން އުޅެނީ މި އަހަރު ތެރޭގައެވެ. މި ގޭމް 100 މިލިއަނަށް ވުރެން ގިނަ މީހުން ޑައުންލޯޑް ކޮށްފައިވާއިރު ކޮންމެ ދުވަހަކުވެސް 60 މިލިއަނަށް ވުރެން ގިނަ މީހުން މި ގޭމް ކުޅެއެވެ.
މި ގޭމުގެ ތީމް ބިނާކޮށްފައި ވަނީ ދުނިޔެ އިން ބޭރުގައި އުޅޭ ސްޕޭސް ޝިޕެއްގެ މައްޗަށެޗެ. ޝިޕް ތެރޭގައި އެންމެ ގިނަވެގެން 10 ކުޅުންތެރިން ކޮންމެ ގޭމަކަށް އަރާއިރު އޭގެ ތެރެއިން ވަކި ކުޅުންތެރިންނެއް އުޅޭނީ ދެން ތިބި މީހުން މަރާށެވެ. މީހުން މަރާ ކުޅުންތެރިންނަކީ ”އިމްޕޯސްޓާ“ އެވެ. ކޮންމެ ކުޅުންތެރިއަކަށްވެސް ވަކި ކުލައެއް ދީފައި ހުންނައިރު އޭގެން އެންމެ ވޯޓު ލައިގެން ދިމާ ކުރަން ޖެހޭނީ އިމްޕޯސްޓަރުންނަކީ ކޮން ބައެއް ކަމެވެ.
މިގޮތަށް ވޯޓު ލުމުގެ ކުރިން އެންމެން މަޝްވަރާ ކުރަން ވަގުތު ކޮޅެއް އިންނާނެއެވެ. އާއްމުކޮށް އިމްޕޯސްޓަރަކަށް ހުންނަ މީހާ މީހުން މެރުމަށްފަހު ހަވާލެއް ނުވާނެއެވެ. އަދި ވަރަށް ގިނައިން ދޮގު ހަދާނެއެވެ. މިގޮތަށް ވޯޓު ލާއިރު އެންމެ ގިނައިން ވޯޓު ލިބޭ މީހާ ޝިޕުން ބޭރު ކޮށްލެވޭނެއެވެ. އަދި ގޭމް ނިމޭއިރު ދޮގު ހެދި މީހުންނަކީ ކޮން ބައެއްކަން ފަޅާ އަރާނެއެވެ.
މި ގޭމް ގިނަ ދިވެހިންތަކެއްވެސް ގަވާއިދުން ކުޅެމުން އަންނައިރު، ގޭމުގެ ތެރެއިން އެންމެ ގިނައިން ދޮގު ހަދަނީ ކޮން ބައެއް ހެއްޔެވެ؟
ކަލޯ ގަޔާ!!! މަގޭ "ދުނިޔޭގެ" އެއްފަޅި "ފުނޑުފުނޑުވެ" ގޮސްފި!!! އަހަރެންގެ ލޯބިވާ ފޯނު ހަލާކުވެގެން އުޅޭތާ މިހާރު ތިން މަސް ފާއިތުވެ ހިނގައްޖެ!!! އެހެންވީމަ ދުނިޔޭގަ އެކިކަންކޮޅުތަކުގަ ހިނގާ އަދި ހިނގަމުންދާ ކަންކަމުގެ "ދަބަރު" އެއްގޮތަކަށްވެސް އޮޅުމެއް ނުފިލާ!!!!
ތިޔަ އެއްޗެއް އަޅައިގެން، އެއގޮތަކައް ވާނުވާ ނޭނގިގެން ޑިލީޓް ކޮއްލައިފިން
ތީ ފައްކާ ގޭމެއް.
Bro fahkaa game ekey