މިއީ އޭނާއަށް ލިބުނު ބޮޑު ހައިރާން ކަމެކެވެ. އޭނާގެ އަނބިމީހާ އޭނާއާ ކައިވެނިކޮށްގެން ހުރެ އެހެން މީހަކާއި ކައިވެނި ކުރީއެވެ. މިކަންތައް ހިނގާފައިވާކަން އޭނާއަށް އެނގުނީ ގުޖްރާތްގެ ހައިކޯޓަށް އެ އަންހެން މީހާ އޭނާގެ މައިންބަފައިންގެ ބެލުމުގެ ދަށުން، އޭނާގެ ބެލުމުގެ ދަށަށް ގެނައުމަށް މައްސަލަ ހުށަހެޅި ފަހުންނެވެ.

އިންޑިއާގައި މިކަން ހިނގިއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާއާ އުމުރުން 20 އަހަރުގެ އަންހެން މީހާ ކައިވެނިކޮށްފައި ވަނީ އާއިލާ ނުގަބޫލުގައި މީގެ ތިން މަސް ކުރިންނެވެ. އެ މީހުންގެ ކައިވެނި ރެޖިސްޓަރވެސްކޮށްފައި ވެއެވެ. ނަމަވެސް އެ އަންހެން މީހާގެ އާއިލާއިން އޭނާ ދޫކޮށްލާފައެއް ނުވެއެވެ.

މަސް ދުވަސް ވަންދެން އޭނާ މިގޮތަށް މަޑުކުރުމަށްފަހު މައްސަލަ ސިޓީ ފުލުހަށް ހުށަހެޅިއެވެ. އޭނާ ފުލުހަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އޭނާގެ އަނބިމީހާ މައިންބަފައިން ކައިރިން ސަލާމަތްކޮށްދިނުމަށެެވެ. ނަމަވެސް ފުލުހުން އެކަމާއި އުޅެފައެއް ނުވެއެވެ.

އެންމެ ފަހުން އޭނާ ވަނީ އެކަން ހައިކޯޓަށަް ހުށަހަޅާފައެވެ.

ހައިކޯޓަށް އެކަން ހުށަހެޅުމުން، ކޯޓުން އެކަން އަންހެން މީހާއަށް އެންގިއެވެ. އަދި އެ އަންހެން މީހާ މިދިޔަ ބުރާސްފަތު ދުވަހު ކޯޓަށް ހާޒިރު ވެފައި ވެއެވެ. ފަނޑިޔާރުންނާއި ވާހަކަދައްކަމުން އަންހެން މީހާ ބުނެފައި ވަނީ، އޭނާއާ އެ ފިރިހެން މީހާއާ ކައިވެނި ރެޖިސްޓަރކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް، އޭނާ އެހެން ފިރިހެނަކު ދެކެ ލޯބިވެވިއްޖެ ކަމަށާއި، އެ ފިރިހެން މީހާއަކީ އޭނާއާ މީސް މީޑިއާއިން ދިމާވި މީހެއް ކަމަށެވެ. އަދި އޭނާ މިހާރު އިސްލާމްވެސް ވެއްޖެ ކަމަށާއި،އޭނާ ދެވަނަ މީހާއާ ކައިވެނި ކުރީ އެއީ މުސްލިމަކަށް ވާތީ ކަމަށެވެ.

އަދި އޭނާގެ ފުރަތަމަ ފިރިމީހާއާއެކު ދިރިއުޅެން ބޭނުން ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ އަންހެން މީހާ އިތުރަށް ކޯޓުގައި ބުނެފައި ވަނީ، އޭނާ އަކީ ކިޔަވައިގެން ހުރި މީހެއް ކަމަށާއި، ކައިވެނީގެ ރެޖިސްޓްރޭޝަންއަކީ ކޮބައިކަން އޭނާއަށް އެނގޭ ކަމަށެވެ.

އަދި ފަނޑިޔާރުން ވަނީ އެ އަންހެން މީހާ ފުރަތަމަ ކައިވެނި ރޫޅާލުމުން ނޫނީ ދެވަނަ ކައިވެންޏަކީ ސައްހަ ކައިވެންޏެކަަށް ނުވާނެ ކަމަށް ބުނެފައެވެ.

އަދި މި މައްސަލަ އަމިއްލައަށް ނިންމުމަށް ކޯޓުން ވަނީ އަންހެން މީހާ ކައިރިން އެދިފައެވެ.

އޭނާ ވަނީ، ފުރަތަމަ ފިރިމީހާ ބޭނުންވާ ކަންކަން ނުކޮށްދޭނެ ކަަމަށްވެސް ބުނެފައެވެ. އަދި އެއީ އޭނާ އިސްލާމްވެ އެހެން މީހަކާއި ކައިވެނި ކުރުމުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ އޭނާގެ ބައްޕައާވެސް ފުރަތަަމަ ބައްދަލު ކުރަން ބޭނުން ނުވިއެވެ. ނަމަވެސް ފަހުން، އޭނާގެ އާ ފިރިމީހާ ދެއްކުމުގެ ބޭނުމުގައި ބައްޕައާ ބައްދަލު ކުރި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެއްޔާ

    ކުރީގެ ދިވެހި ފިލްމު ކުޅުނު އަންހެނަކުވެސް ތިކަހަލަ ކަމެއް ކުރި..

    12
    2
  2. ކަމަނަ

    ކޮން އޭނާ އެއްތަ. ނަމެއް ނުކިޔާތަ ތިއިން އެކަކަށްވެސް