އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް މިހާރު ބިޒީކޮށް އުޅެމުން ދަނީ އޭނާގެ ކައިވެނީގެ ކަންތަކަށެވެ. އޭނާ ކައިވެނި ކުރަން ނިންމާފައުވަނީ ރޯހަންޕްރީތް ސިންގއާއެވެ، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ދެ މީހުން ކައިވެނި ކުރަން ނިންމާފައި ވަނީ މި މަސް ތެރޭގައެވެ.

ކައިވެންޏަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަ މި ދަނޑިވަޅުގައި މިހާރު މީސް މީޑިއާގައި ދަނީ ނެހާ ކުޑައިރު، ލަވަ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ.

އާއްމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ ނެހާ މައިކެއް ހިފައިގެން ލަވަ ކިޔާއިރު، އޭނާގެ ކަރުގައި ގޭލޭންޑެއް އަޅުވާފައި ވެއެވެ. އެ ވީޑިއޯއިން ފެންނަނީ އޭނާގެ އިސްތަށިގަނޑުވެސް ވަރަށް ކުރުކޮށެވެ.

ކުރު ވީޑިއޯއެއް ނަމަވެސް، އޭނާގެ އަޑު އެއިރުވެސް ވަރަށް ރީތިކަމަށް ގިނަބަޔަކު ބުނެ ކޮމެންޓްވެސް ކުރަމުން ދެއެވެ.

https://www.instagram.com/p/CGMggkPBig6/?utm_source=ig_embed

ނެހާ އާއި އޭނާގެ އާއިލާގެ މެންބަރުން ކަަމަށްވާ ސޯނޫ އާއި ޓޯނީވެސް އެކި އިވެންޓްތަކުގައި ލަވަ ކިޔާފައި އެބަ ހުއްޓެވެ. އަދި އެއިރުން ފެށިގެން ލަވަކިޔަން ފެށި ގޮތަށް ހުއްޓާނުލައެވެ. މިހާރު އެ ތިން މީހުންނަކީވެސް އިންޑަސްޓްރީގައި މަޝްހޫރު ބައެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.