އާއިލާއާއި އެކި ނަގާފައިވާ ފޮޓޯއަކުން ދޮންދަރި ވަކިކޮށްލި ދޮންމަންމަ އަކަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.

ފްލޮރިޑާއަށް އުފަން ނަތާލިއާ އާއި އޭނާގެ ފިރިމީހާ އަދި އެދެމީހުންގެ ދެ ކުދިންގެ އިތުރުން ފިރިހެން މިހާ އެހެން މީހަކާއި ކައިވެނިކޮށްގެން ލިބިފައިވާ ކުއްޖާއާއި އެކީ ދާދިފަހުން ވަނީ ފޮޓޯއެއް ނަގާފައެވެ.

އެ ފޮޓޯގައި އޭނާގެ ދޮންދަރި ހުރުމުން އޭނާ އެ ފޮޓޯ މީސްމީޑިއާއަށް ހިއްސާ ކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ވަނީ ފޭސްބުކުގައި ހިންގަމުން އަންނަ ޕޭޖެއްގައި އޭނާގެ ދޮންދަރި ނުފެންނަ ގޮތަށް ހެދުމަށް އެދިފައެވެ. އަދި އެކަމުގެ ބަދަލުގައި 10 ޑޮލަރު ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފޭސްބުކުން އޭނާ އާއި ވާހަކަ ދެއްކި މީހާ ވަނީ އެފޮޓޮއިން ދޮންދަރި ފޮހެލުމަށް ބޭނުންވޭތޯ ސުވާލު ކޮށްފައެވެ. ސުވާލަށް ޖަވާބު ދެމުން ނަތާލިއާ ބުނެފައިވަނީ އޭނާ ދޮންދަރި ފޮހެލަން ބޭނުންވާ ކަމަށާއި ހަމަ އެކަނި އެފޮޓޯއިން ފެންނަ ބޭނުންވަނީ އޭނާގެ 2 ދަރިން ކަމަށެވެ.

ފޮޓޯ އެޑިޓް ކުރުމަށް މީހަކަށް ފޮނުވާފައި

މި ވާހަކަތައް ފެންނަ ސްކްރީންޝޮޓްތައް މީސްމީޑިއާގައި ދައުރުވާން ފެށުމާއި އެކީ ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ނަތާލިއާއާއި ބެހޭގޮތުން އެކި ވާހަކަތައް ދައްކާފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ އަކީ އެއްވެސް ގޮތަކަށް އާއިލާ ރާވަން ނޭނގޭ މީހެއް ކަމަށާއި އޭނާއާއި ކައިވެނިކޮށްގެން އުޅޭ މީހާގެ ދަރި ފޮޓޯއިން ފޮހެލާނީ ވަރަށްވެސް ނުބައި ނުލަފާ އަންހެނެއް ކަމަށެވެ.

"އަމިއްލަ ދަރިން ގޮތަށް ދޮންދަރިންވެސް ގެންގުޅެން ޖެހޭނީ. އެމީހުންނަށް ހިތްބުރަ ކަމެއް ބާއްވައިގެން ގެނގުޅުމަކީ އެއީ ވަރަށް ނުބައި މީހުންގެ ސިފައެއް" ޓުވިޓާގައި އެޕޯސްޓު ޝެއާ ކުރި މީހަކު ބުންޏެވެ.

އެގޮތަށް ބައެއް މީހުން ބުނިނަމަވެސް، ބައެއް ފަރާތްތަކުން ވަނީ އޭނާއާއި އެއްކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން ބުނެފައިވަނީ އޭނާ އެ ފޮޓޯއެގޮތަށް ހަދާފައިވަނީ ފޭސްބުކަށް ލާން ކަމަށާއި އަސްލު ފޮޓޯވެސް އެމީހުންގެ އަތުގައި ހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު