ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީއަކީ ރާއްޖޭގައި ހުރި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭންކަމާމެދު ޝައްކުވެސް ކުރާނެ ކަމެއް ނެތެވެ.

ޕްރިޔަންކާ އާއި ސުނީތާ އެތައް ފަހަރަކު ބައްދަލުވެއްޖެއެވެ. ވާހަކަދައްކާލަން ފުރުސަތު ލިބުނެވެ. ޕްރިޔަންކާ ކުރާ ކޮންމެ ކަމެއް އެންމެ ގާތުން ބަލާނެ އެކަކީ ސުނީތާއެވެ. ޕްރިޔަންކާ ހެދުން އަޅާ ގޮތަށް ހެދުން އަޅައެވެ. އަދި އެކަން ޕްރިޔަންކާ ވަނީ ފާހަގަކޮށްފައެވެ.

ސުނީތާ މިގޮތަށް ހެދުން އަޅާތީ އެތައް ބައެއްގެ ފާޑުކިޔުންތައް އޭނާއަށް ލިބެއެވެ. ނަމަވެސް ފަރުވާލެއް ނެތެވެ. އޭނާއަކީ މީހުން ކިޔާ އެއްޗަކަށް ބެލުމެއް ނެތި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

ޕްރިޔަންކާއަކީ އަބަދުވެސް އެކި މުނާސަބަތްތަކަށް ތަފާތު ގޮތަަކަށް ހެދުން އަޅާ އެކަކެވެ. ޕްރިޔަންކާ ހެދުން އަޅާ ގޮތަށް ސުނީތާ ހެދުން އަޅައެވެ. އެހެން ނަމަވެސް މިފަހަރު ސުނީތާގެ ހެދުން އެޅި ގޮތް ކޮޕީކޮށްފައި މި ވަނީ ޕްރިޔަންކާ ބާވައެވެ؟.

ހެދުން އަޅާފައިވާގޮތް ވަރަށް އެއްގޮތެވެ. ޕްރިޔަންކާ މިގޮތަށް ހެދުން އަޅާފައި މި ވަނީ ބަންގަލަދޭޝްގައި ތިބީ ރެފިއުޖީންނާއި ބައްދަލު ކުރުމަށް ކުރި ދަތުރުގައެވެ.

އެ ދަތުރުގައި އޭނާ ލައިގެން ހުރީ ރަތް ކުލައިގެ ކޯޓެކެވެ. އެފަދަ ކޯޓެއް ސުނީތާ ލާާާާާފައި ވަނީ 2017 ވަނަ އަހަރުގެ ބޮޑު އީދަށް އޭނާ ފިއްލަދޫއަށް ކުރި ދަތުރުގައެވެ.

މިއީ އިއްތިފާގެއް ބާއެވެ. ނޫނީ ސުނީތާގެ ހެދުންތައް ޕްރިޔަންކާވެސް ކޮޕީ ކުރަނީ ބާއެވެ. މިއީވެސް ވެދާނެ ގޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކުޑޫ

    އަބަދުވެސް ޕްރިޔަންކާ ކޮޕީ ކުރަނީ. ދެން މީހުނަށް ހީވެފަ އޮންނަނީ ސުނީއޭ ކޮޕީ ކުރަނީ. ސުނީ ނޫޅޭ މޮޔަވެގެނެއް..

  2. Anonymous

    ސުނީތާ އެއީ ދެން ކާކޫ ޕްރިކަންކާ ކޮޕީ ކުރަން. ލިޔާނެ އެއްޗެއް ނޭގިގެން އުޅޭ ބައެއް ދޯ މީ

  3. އަހުނަފް

    ވެދާނެ ހަމަ ސުނީތާ ލާ ހެދުންތައް ޕުރިއަންކާ ކޮޕީ ކުރަނީ ކަމަށް....

  4. މަ

    އެއްގޮތެއް ނޫން ވަރައް ތަފާތު

  5. އަހައްމާ

    މަގާތަށް އަންނަނީ ފާޑެއްގެ ހިންޔެއް. ސުނީތާ ކާފަރެއް ކުރާ ކަންތައް ކޮޕީ ކުރާތީ.

  6. ޜުކުން

    އަޅެ ފަހެ ދެލޮލަށް މިރުސް އެޅިފަބާ؟!؟

  7. ޖޮއްބެ

    ޕްރިޔަންކާ ލާފައިއެހެރީ ހަމަރީތި ރަތްކުލައިގެ ކޯޓެއް. ސުނީތާ ލާފައިއެހެރީ ކޯޓް ވައްތަރުގެ ހެދުމެއް އެއީ ކޯޓެއްނޫން އެހެންނަމަވެސް ކުލައެއްގޮތް.

  8. ޙިޔާލް ބޭބެ

    ޖޭވީދޯ ސުނީތާ ވަރެއް ނެއް މީ ވަރައް ވާހަކަ..