މީހުންގެ ސަމާލުކަން ދަމައިގަތުމުގެ ބޭނުމުގައި ސްޓަންޓެއް ކަމަށް ބުނެ، އަމިއްލަ ފުރާނާ ނުރައްކަލަށް ހުށަހެޅި މީހަކު ހައްޔަރުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގައި ހިނގި މި ހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ކާރޫބާރު ބޮޑު ހައިވޭއްގައި ދުއްވަމުންދުިޔަ އުޅަނދެއްގެ ކުރިމައްޗަށް ފުންމާލި ފިރިހެނެކެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް އެމީހާ މީސް މީޑިއާގައި ޢާންމުކޮށްފައިވާއިރު، ގިނަ ބައެއްގެ ނުރުހުންވުމާއި ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ، މި ވީޑިއޯ އާންމުވެ ސައުދީގެ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އޭގެ ހަފްތާއެއް ފަހުންނެވެ.

އެ ވީޑިއޯއިން ފެންނަނީ މަދީނާގެ ހައިވޭއެއްގެ އެއްކައިރިއެއްގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ މަތީގައި ކޮޅަށް ހުރެ ފިރިހެނަކު ނަށަމުންދިޔަ މަންޒަރެވެ. އެއަށްފަހު އޭގެ އިރުކޮޅެއް ފަހުން، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބޮޑު ލޮރީއެއްގެ ކުރިމައްޗަށް އޭނާ ފުންމާލާއިރު، އޭނާ ލޮރީގައި ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. އެއާއި އެކު އޭނާ އެކަމާއި އުފާކުރާ މަންޒަރު ވީޑިއޯއިިން ފެނިގެންދެއެވެ.

https://www.instagram.com/p/Bi-LGBqBZvM/?utm_source=ig_embed

މި ޢަމަލު ހިންގާފައި މިވަނީ، ސައުދީގައި ހިނގާ އެކްސިޑެންޓުތައް ގިނަވެ އެޤައުމުގެ ޓްރެފިކް ބަލަހައްޓާ އިދާރާއިން، ޓްރެފިކްގެ ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ނިންމިތާ ގިނަ ދުވަހެއް ނުވަނީހެވެ. އެހެންކަމުން، މި ހާދިސާގައި ކުއްވެރިވާ މީހާ، ބޮޑު ޙުކުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަސް އޮފިޝަލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުލޫ

    މީ މޮޔަވެފަހުރި މީހެއް ކަންނޭނގެ...ވީޑިޔޯ ބަލާފަ މަވެސް ބިރުން ހަލާކު ވެއްޖެ.ހުވާ ބޮލަށްވެސް ވީ ނުބައިގޮތެއް.ދެން ތިވީޑިޔޯ ކުރިމީހަކީވެސް ހިއްސުތައް ސަލާމަތުންހުރި މީހެއް ކަމާމެދުވެސް ޝައްކު..