ދުނިޔޭގައި މިހާތަނަށް ބިނާކުރި އެންމެ ބޮޑު ފެންއަރުވަ ވަޑާން، ޔޫއޭއީގެ ވެރިކަންކުރާ ދުބާއީގައި ހުޅުވައި، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.
ދުބާއީގައި ހިއްކައިގެން ހަދާފައި އޮންނަ، ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޕާމް އައިލޭންޑްގައި ބިނާކޮށްފައިވާ މި ފެންއަރުވާ ވަޑާމަށް ދީފައިވާ ނަމަކީ "ދަ ޕާމް ފައުންޓަން" އެވެ. 14 ހާސް އަކަ ފޫޓަށްވުރެ ބޮޑު ސަރަޙައްދެއްގައި ތައްޔާރުކޮށްފައިވާ މި ފެންއަރުވާ ވަޑާން ހުންނަނީ ޕާމް އައިލޭންޑުގެ މޯލްތަކާއި ރެސްޓޯރެންޓުތަކުގައި ތިބޭއިރު ފެންނަ ގޮތަށެވެ.
މިދިޔަ ހަފްތާގައި "ދަ ޕާމް ފައުންޓަން" ހުޅުވުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު، މި ރަސްމިއްޔާތުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.
މީގެ ކުރިންވެސް ދުނިޔޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާންތައް ހަދާފައި ހުންނަ ދުބާއީގައި އަލަށް ހުޅުވި "ދަ ޕާމް ފައުންޓަން" ގައި ތިންހާހަށްވުރެ ގިނަ ލެޑް ލައިޓު ހަރުކޮށްފައި ވެއެވެ. އަދި ފެން އެރުވުމަށް 7500 ނޮޒްލް ހަރުކޮށްފައި ހުންނައިރު، އެއިން 105 މީޓަރު އުސްމިނަށް ފެން އަރުވައެވެ.
ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތްކުރާ ދުބާއީގައި މި ފެންއަރުވާ ވަޑާން ހުޅުވާފައި މިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ހުއްޓިފައި އޮތް ފަތުރުވެރިކަމުގެ ސިނާޢަތް ދުބާއީ ހިމެނޭހެން ޔޫއޭއީގައި އަލުން ފަށައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ކޮވިޑް-19 ގެ ސަބަބުން އިޤްތިސާދަށް އެންމެ ބޮޑު އަސަރުކުރި ޤައުމުތަކުގެ ތެރޭގައި ޔޫއޭއީ ހިމެނެއެވެ. އަދި އިޤްތިސާދީ ގޮތުން ޔޫއޭއީ އެންމެ ބޮޑަށް ބަރޯސާވާ ސިޓީއަކީ ދުބާީއެވެ. މިދިޔަ އަހަރު 19 މިލިއަން ފަތުރުވެރިން ދަތުރުކޮށްފައިވާ ދުބާއީގައި ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ހުއްޓުމަކަށް ގެންނަން ޖެހުނީ މިއަހަރު 20 މިލިއަން ފަތުރުވެރިން ގެންދިއުމުގެ އަމާޒެއް ހިފާފައި ވަނިކޮށެވެ.
ދުބާއީއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް، ބާޖް ޚަލީފާވެސް ހުންނަ ސިޓީއެވެ. އަދި އެންމެ ބާރު ސްޕީޑުގައި ދުވާ ފުލުހުންގެ ވެހިކަލް ހުންނަ ސިޓީގެ ގޮތުގައިވެސް ދުބާއީ ދުނިޔޭގެ ރެކޯޑް ފޮތަށް އަރާފައި ވެއެވެ. ދުބާއީގައި ފުލުހުންގެ ބޭނުމަށް އެންމެ އަގުބޮޑެތި ސްޕޯޓްސް ކާރު ބޭނުން ކުރެއެވެ.
އެތާނގެ މަހުޖަނުން އާޚި ރަތް ހަނދާންނެތޭ ވަ ރަށް އެ ތަން ތައުމީ ރު ކު ރަމުން ދަނީ. ރަނގަޅު ވާހަކައެއް.
ޔޫ.އޭ.އީގެ ވެރި ރަށަކީ އަބޫދާބީ އެވެ.
ޔޫ.ޢޭ.އީ ގެ ވެރިރަށަކީ ދުބާއީތަ؟