ގްލޯބަލް ޕަވާ ސިޓީ އިންޑެކްސް (ޖީޕީސީއައި)އިން ދައްކާ ގޮތުގައި ދުބާއީއަކީ ދުނިޔޭގެ ސިޓީތަކުގެ ތެރެއިން އެންމެ ރައްކާތެރި ސިޓީއެވެ. މިކަން ކަށަވަރު ކުރުމަށް ވީޑިއޯ ތައްޔާރު ކުރާ މީހަކު ވަނީ މީސްމީޑިއާގައި ވީޑިއޯއެއް އާންމު ކޮށްލާފައެވެ.

އައިމަން އަލް ޔަމަން ނަމަކަށް ކިޔާ މީހަކު މީސްމީޑިއާގައި އެކަން ކަށަވަރު ކުރުމަށް ވީޑިއޯ އާންމު ކޮށްފައިވަނީ އޭނާ ދުއްވާ އަގުބޮޑު ކާރު ކަމަށްވާ ރޯލްސް ރޮއިސް ކާރުބާރު ބޮޑު މަގުގައި ޕާކުކޮށް، އޭގެ މަތީގައި ތަޅުދަނޑި ބާއްވައިގެންނެވެ.

މިދުވާލުގަޑީ އެކަން ކުރުމަށްފަހު އޭނާ ވަނީ ޖިމަށް ގޮސްފައެވެ. އަދި އަނބުރާ އޭނާ އެތަނަށް ގޮސްފައިވަނީ ހަވީރުގެ ވަގުތެއްގައެވެ. އޭނާ އެތަނަށް ދިޔައިރު، ލިބިގެން ދިޔައީ ހައިރާން ކަމެކެވެ. އެއީ ކާރު ބާއްވާފައި އޮތްތަނުގައި ތަޅުދަނޑިއާއި އެއްކޮށް އަތް ނުލައި އޮތުމުންނެވެ.

 

View this post on Instagram

 

A post shared by Ayman Al Yaman (@ayman_yaman)

އެއާއި އެކީ އޭނާ ވަނީ އެންމެން ވެސް ދުބާއީއަށް އައުމަށް ބުނެފައެވެ.

މިވީޑިއޯ ހިއްސާ ކުރުމަށްފަހު، އޭނާ ވަނީ ދެން އޭނާ އެކަން ކުރަންވީ ކޮން ކަހަލަ ކާރަކުންތޯ އާންމުންގެ ގާތު އަހައިފައެވެ.

ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާ ކުރުމުން މަދު ވަގުތު ކޮޅެއްގެ ތެރޭގައި 572،000 މީހަކު ވަނީ ވީޑިއޯ ބަލާފައެވެ. އަދި އެތައް ބަޔަކު ވަނީ އެވީޑިއޯއާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.