ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) މަތިން ދިވެހިން ޔަގީނުން ވެސް ހަނދާނެއް ނުނެތޭނެއެވެ. އޮޅުވާލައިގެން މަކަރާއި ހީލަތުން މާވަރުގަދަ ގިވް އަވޭއެއް އޭނާ ކުރިއަށް ގެންދިޔަ ކަން ފަޅައި އަރައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ، އޭނާ މާފަށް އެދެން މަޖުބޫރުވާ ހިސާބަށް ކަންތައްތައް ދުއްވާލިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ.

މިފަހަރު މިއޮތީ އަނެއްކާވެސް އެ ފިޓް ފާޒިލްގެ ވާހަކައެވެ. މިފަހަރު ނިކަން މޮޅު އިސްތިހާރަކުންނެވެ.

ދިވެހިންނަށް އަދި މުޅި ދުނިޔެ އަށް ވެސް މަޝްހޫރުވި ގިނަ ބައެއްގެ ސަމާލުކަން ހޯދި "މަނީ ހައިސްޓް" ސީރީޒްގެ ކެރެޓާތައް ސިފަވާ ގޮތައް ކުޅެފައިވާ އިސްހާރަކުން އަނެއްކާވެސް ދިވެހިންނަށް ފިޓް ފާޒިލް މިއޮތީ ފެނިފައެވެ.

ޕިއްޒާގެ ވިޔަފާރީގައި މަޝްހޫރު "ޖެލީ" އިން ފިޓް ފާޒިލް ހިމަނައިގެން ކުޅެފައިވާ އިސްތިހާރުން ފެންނަނީ "މަނީ ހައިސްޓް" ގައި ވަގުން ލައިގެން ތިބޭފަދަ ޓްރެކްޝޫޓްތަކެއްގައި ވަގުން ވަންނަނީ ޖެލީ އަށެވެ. އެތަނުގެ ވޭޓަރުން ރަހީނުކޮށް އެމީހުން ދަނީ ޕިއްޒާތައް ފޭރިގަނެގެންނެވެ. ޕިއްޒާތައް ހިފައިގެން ވެހިކަލަށް ވަގުންތައް އެރުމަށް ފަހު ފެންނަނީ އޭގެ ތެރެއިން އެކަކު މާސްކް ނަގާ މަންޒަރެވެ. މާސްކް ނަގަނީ ފިޓް ފާޒިލެވެ.

ފިޓް ފާޒިލްގެ އިސްތިހާރާއިއެކު އަނެއްކާ ދިވެހިންގެ މީމް ޕޭޖްތަކަށް އޭނާ ވަނީ އައިސްފައެވެ. "ޝަރުމީލާ"ގެ ނަމުގައި ހަދާފައިވާ ޕޭޖްތައް ވެސް މިއަދު ވަނީ އަނެއްކާ އެކްޓިވް ވެފައެވެ. އޭގެ ތެރެއިން އެއް ޕޭޖެއްގައި "ޝަރުމީލާ" ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ފިޓް ފާޒިލާއި އެކު ޕިއްޒާ ކާން އިން ކަމަށް ވެސް ބުނެފައެވެ.

Eating Jelly pizza with FitFazil 🥰♥️

Posted by Sharmeela on Wednesday, November 11, 2020

ކޮންމެއަކަސް ޝަރުމީލާ އާއި ފިޓް ފާޒިލްގެ ޚަބަރެއް ނުވެ ދުވަސްތަކެއް ދިއުމަށް ފަހު މުޅިން ތަފާތު ގޮތަކަށް ފިޓް ފާޒިލް މިވަނީ ފެނިފައެވެ. ނަމަވެސް ޝަރުމީލާ ފެންނަ ގޮތެއް އަދިވެސް ނުވެއެވެ. ފަހަރުގައި "މަނީ ހައިސްޓް" ގްރޫޕްގައި މާސްކް އަޅައިގެން އޭނާ ނެތް ކަމެއް ވެސް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ފސދފސދ

  ތިކަހަލަ ފޭކް މީހުން ލައިގެން އިސްތިހާރު ކުރުމުން ތަނުގެ އަގު ވެއްޓޭނީ.
  އިސްތިހާރު ނުކުރިޔަސް ސޭލްސް ނެޗްރަލީ އިތުރުވާނެ (ތިކަހަލަ ތަނަކުން މަހަކު %5 އިތުރުވާނެ)
  ދެން އިސްތިހާރުކޮށްގެން ފުރަތަމަ 3މަހު %15 އިތުރުވާން ޖެހޭނެ.
  ދެން މިހިސާބު ދިމާވޭތޯ ތަނުގެ ވެރިން ބަލާ !

  42
  3
 2. ބޯޖަލީލު

  ތިޔައީ ބަރަހަނާ ވީޑިޔޯ އެއް ދެއަންހެނުންތިބީ އައުރަ ނިވާނުކޮށް ފުލުހުން މިމައްސަލަ ބަލަންވާނެ ، އޮރިޔާން ކާޑު އުފެއްދީ...

  76
  5
  • މޮޔަޖަލީލު

   އައުރަ ނިވާ ނުކޮށް އުޅޭ ބައިވަރު އަންހެނުން ރާއްޖެގަ އުޅޭ ދެން އެ ހުރިހާ އެންމެން ހައްޔަރު ކުރަންވީނުން 😂😂 އޮރިޔާމަކީ ލަދުވެތި ގުނަވަންތައް ފާޅުކުރުން މިވީޑިއޯއަކު އެކަހަލަ ކަމެއް ނެތް. ފުރަތަމަ ދިވެހި ދަސްކުރަން ދޭބަލަ

   • އޮރިޔާން

    ކަލެ އައް އޮރިޔާން އިނގޭތަ ހޭބައްޔާ

 3. ޣުރޭޓް

  ޙިޙީ

 4. މަގޭނަޒަރު

  މި އިސްތިހާރުން ތޮ ދެނީ ވ. ނުބައި މެސެޖެއް. ތި ބަލައިގެން ދެން ފޭރެން ފަށައިފިޔާޔޯ ދެން...؟؟

  37
  1
 5. ދޮގެއްތަ؟

  މި އިސްތިހާރުން ތޮ ދެނީ ވ. ނުބައި މެސެޖެއް. ތި ބަލައިގެން ދެން ފޭރެން ފަށައިފިޔާޔޯ ދެން...؟؟

  32
  1
 6. އ . ޖ . އ

  ކުރިން ކުރީ ވަކި ކޮން ކަމެއްތަ

 7. ޢެދުރުބެ

  ޢައްޗީޑި ނުބަިކަން

 8. ﷲގެ އަޅާ

  މުސްލިމް ތަގްވާވެ ރި އަންހެން ކަނބަލުންނަށް ހުތު ރު އަ ރުވަން އުޅޭ މުޑުދާ ރު އަންހެނުންނަށް ހެޔޮ މަގު ދައްކަވާށި .

  20
  2
 9. ސަޓޯ

  އިސްތިހާރު ވަރަށް ހަބޭސް.... އެކަމަކު އެންމެ ފަހު ގަޑީގައި އެ ފޭކުފާޒިލު ފެނުނީމަ އެނގިއްޖެ މިއީ ޖެލީޕިއްޒާގެ ސްކޭމެއް ކަން....

  10
  3
 10. ސަނާ

  މާފަށް އެެދުނީމަ ދެން އެމައްސަލަ ނިންމާލަންވާނެ ދޯ ތިވަރަށް ޖައްސާލައިގެން އުޅެން ވާނެތަ؟ ދީނުގަވެސް އޮވޭ މާފުކުރަން އަދި މީހުންނަށް ދިމާ ނުކުރަން

  8
  2
  • ވިސްނަވާު

   ދީނުގަ އޮވޭ އަންހެނުންނާ ފިރިހެނުން އައުރަ ނިވާވާ ވަރުގެ ހެދުންލާން ވެސް.

   8
   1
 11. ابنة الحكمة

  ދިވެހި ޒުވާނުންގެ ތެރެއިން ފެނިގެންދަނީ ޔޫރަޕްގެ ނިވާކަންކުޑަ ހެދުންތަކަށް ލޯބުކާރާތަން، މި އިސްތިހާރުންވެސް އެކަން ފެނިގެންގޮސް ، މިހާ ހިސާބުން އުފެދޭ ސުވާލަކީ އިސްލާމީ ތަޢުލީމު ރާއްޖޭގަ ހަރުދަނާތޯއެ؟

  11
  3
  • ތަންޑު

   ކިތަންމެ ހަރުދަނާއެއް ކުރިޔަސް ޝައުގެއް ނުހުންނަނީ.

   6
   1