ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ ''ސޯލޯ' ކޮށް ފެޝަން މެގަޒިންއެއް ކަމަށްވާ ''ވޯގް''ގެ ކަވަރއަށް ފޮޓޯ ލައިފައިވަނީ ''ވަން ޑައިރެކްޝަން''ގެ ލަވަކިޔުންތެރިޔާ އުމުރުން 26 އަހަރުގެ ހެރީ ސްޓައިލްގެއެވެ. މިއީ ނޮވެމްބަރ 13 ވަނަ ދުވަހު ނެރެވުނު އެޑިޝަންގެ ކަވަރއެވެ.

އަބަދުވެސް ފެޝަނަށް ލޯބިކުރާ ހެރީ ''ވޯގް''އަށް ދިން އިންޓަވިއެއްގައި ބުނެފައިވަނީ އޭނާއަކީ އެންމެ ކުޑައިރުއްސުރެ ފެށިގެން ވެސް ތަފާތު ''ފެންސީ'' ހެދުންތައް ލައި ހިތްވާ މީހެއް ކަމަށެވެ.

ހެރީ ލަވަކިޔުމުގެ ދާއިރާއަށް ވަދެވުނު ގޮތް ''ވޯގް''އަށް ކިޔައިދެމުން ބުނެފައިވަނީ 2010 ވަނަ އަހަރުގެ އެކްސް ފެކްޓާގައި ބައިވެރިވުމަށް އޭނާގެ މަންމަ ތަކުރާރުކޮށް ބުނުމުން އެ ޝޯގައި އޭނާ ބައިވެރިވީ އޭނާއަށް ވެސް ލަވަ ކިޔޭތޯ ބަލައިލުމަށެވެ.

އެކްސް ފެކްޓަރގެ ޖަޖެއް ކަމަށްވާ ސިމޮން ކޮވެލް އޭގެ ފަހުގައި ހެރީ ގުރޫޕު ކުރީ ނައިލް، ލިއަމް، ލުއި އަދި ޒޭން މަލިކް އާއިއެކުއެވެ. އޭގެފަހުން 2015 ވަނަ އަހަހރުން ފެށިގެން ''ވަން ޑައިރެކްޝަން''ގެ މި ގުރޫޕުގެ 5 ސްޓޫޑިއޯ އަލްބަމާއި ގިނަ ޓުއަރތަކެއްގައި ވަނީ ބައިވެރިވެފައެވެ.

''ސޯލޯ'' އާޓިސްޓް ނުވަތަ އެކްޓަރއަކަށް ވުމުގެ ނިޔަތުގައި ހުރި ހެރީގެ މަސައްކަތްތައް ހުއްޓުނީ ކޮވިޑު-19 އާއި ގުޅިގެންނެވެ. ކޮރޯނާ ވައިރަސްއިން ގިނަގުނަ ފިލާވަޅުތަކެއް ލިބިއްޖެ ކަމުގައި ވެސް ހެރީ ބުނެފައިވެއެވެ.

ހެރީ ފާހަގަ ކޮށްފައިވާ ގޮތުގައި ކޮރޯނާ ވައިރަސްގެ މި ދުވަސްވަރަކީ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށާއި އަދި ފޮތް ކިޔުމާއި ލަވަތައް އަޑުއަހައިލަން ލިބުނު ފުރުސަތެއް ކަމުގައެވެ.

މި ދުވަސްވަރަކީ އެންމެން ވެސް ވަރަށް ކެތްތެރިކަމާއިއެކު އެއްބައިވަންތަވެގެން އުޅެންވީ ދުވަަސްވަރެއް ކަމަށް ވެސް ހެރީ ފާހަގަ ކޮށްފައިވެއެވެ.