ދިވެހިންގެ މެދުގައި އެންމެ މަގްބޫލު އެއް ޝޯވއއަށް ދަ ޑީސީ ކޮމިކްސް ސީރީޒް އެރޯ ވާނެއެވެ. އަށް ސީޒަނަށްފަހު ސީރީޒް އެއްކޮށް ވަނީ ނިންމާލާފައެވެ. ބޮޑު ކާސްޓެއް ހިމެނޭ ގޮތަަށް ކުރިއަށްދިޔަ އެ ސީރީޒް ވެގެން ގޮސްފައި ވަނީ، އެތައް ބައެއް ސަމާލުކަން ލިބުު ސީރީސްއައަކަށެވެ.

އެހެންކަމުން މި ސީރީސްގައި ހިމެނޭ ބައެެއް ތަރިންގެ އިސްކޮޅަށް ބަލާލަމާ ހިނގާށެވެ. މިިއީ ބައެއް ފޭނުން އެނގެން ބޭނުންވާ މައުލޫމާތަކަށް ވެދާނެ އެވެ.

އެންމެ އިސްކޮޅުން ދިގު ފަސް ތަރިން

އެކޯ ކެލަމް

އެރޯ ސީޒަން ހަތަރަކުން ފެށިގެން ފެނިގެން ދިޔަ އެކޯ ކެލަމްގެ އިސްކޮޅުގައި ހުންނަނީ ހަ ފޫޓު ފަސް އިންޗިއެވެ. އެ ސީރީޒްގައި އެންމެ ދިގީވެސް އޭނާއެވެ. އެ ސީރީޒްގައި އޭނާ އަކީ ޓެކްނޮލޮޖީގެގޮތުން އަރާ ހުރި މީހެކެވެ.

ސްޓެފެން އެމެލް

އޮލިވާ ކުއީން ނުވަތަ ގްރީން އެރޯއަކީ އެ ސީރީޒްގެ މެއިން ކެރެކްޓާއެވެ. އޭނާގެ އިސްކޮޅުގައި ހަ ފޫޓު އެއް އިންޗި ހުރެއެެވެ.

ޑޭވިޑް ރެމްސީ

އެ ސީރީޒްގައި ކުރީގެ ސިފައިންގެ މީހެއްގެ ގޮތުގައި އަދި ފަހުން އޮލިވާގެ ބޮޑީގާޑުގެ ގޮތުގައި ފެނިގެން ދިޔަ ޑޭވިޑް ނުވަތަ ޖޯންގެ އިސްކޮޅަކީ ހަ ފޫޓު ދެ އިންޗި އެވެ.

ކޭޓީ ކެސިޑީ

ލައުރާ ލޭންސްގެ ގޮތުގައި ފެނިގެން ދާ ކޭޓީއަކީ އެ ސީރީޒްގަައި އިސްކޮޅުން ކުރު ތަރިންގެ ގޮތުގައި ފާހަގަކޮށްލެވޭ އެކަކެވެ. ލޯޔަރެއްގެ ގޮތުގައި ފެނިގެން ގޮސް، ފަހުން އޭނާ ފެނިގެން ގޮސްފައި ވަނީ ތެޅުމުގައި ގަދަ ފަންނާނެއްގެ ގޮތުގައެވެ. އޭނާގެ އިސްކޮޅަކީ ފަސް ފޫޓު ހަތް އިންޗި އެވެ.

ވިލާ ހޮލެންޑް

ސީރީޒްގައި އޮލިވާގެ ކޮއްކޮ ތިއާގެ ގޮތުގައި ފާހަގަކޮށްލެވޭ ވިލާ ގެ އިސްކޮޅުގައި ހުންނަނީ ފަސް ފޫޓު ހަ އިންޗި އެވެ.އޭނާވެސް އެ ސީރީސްގައި ވެފައި ވަނީ ތެޅުމުގައި މޮޅު އަންހެން ތަރިއެއްގެ ގޮތުގައެވެ.

ކެތްރީން އެމްސީ ނަމަރާ

އޮލިވާ އާއި ފެލިސިޓީގެ ދަރިފުޅުގެ ގޮތުގައި ފެނިގެން ދާ ކެތްރީންގެ އިސްކޮޅަކީ ފަސް ފޫޓު ފަސް އިންޗި އެވެ. އޭނާއަކީ އެރޯގެ މެއިން ކާސްޓުންގެ ތެރޭގައި ހިމެނޭ، އެންމެ ކުރު މުއްދަތަކަށް އެ ސީރީޒް އިން ފެނިގެން ދިޔަ ތަރިއަށެވެ.