ބްރެޑްޕިޓް އާއި އެންޖެލީނާ ޖޯލީއަކީއެއް ޒަމާނެއްގައި މުޅި ހޮލީވުޑްގެ އެންމެ މަގްބޫލް އެއް ޖޯޑެވެ. ބްރޭންޖެލީނާގެ ނަމުން މަޝްހޫރު މި ޖޯޑު ކައިވެނި ކުރިތާ މަދު އަހަރުތަކެއް ތެރޭގައި ވަރިވާން ކޯޓަށް ހުށަހެޅި އިރު، ވަރިއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

މި ދެ ތަރިން އެކުގައި އުޅުނު އިރު އުޅުނީ ކިތަންމެ ލޯބިން ކަމުގައިވީ ނަމަވެސް ވަކިވުމަށް ފަހު އެ ދެ މީހުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ގިނަވެ ހޫނު ޒުވާބުތައް ދާ ކަމީ މީޑިއާއަށް ވެސް ސިއްރުކަމެއް ނޫނެވެ. އެކަމުގެ އެއް ހެއްކަކީ ވަރިވުމަށް ފަހު ކުދިން ތިބޭނީ ކައިރީގައިކަން ނިންމުމުގައި އެއްބަސްވުމަކަށް ނާދެވި، ކޯޓުގައި ހުތުރު ބަހުސްއަކަށް އެކަން ބަދަލުވެފައިވާ ކަމެވެ.

ބައެއް މީޑިއާތަަކުން ރިޕޯޓްކޮށްފައިވާ ގޮތުން ވަރިވާން ނިންމީ ދެ މީހުން އެކުގައި ކަމަށްވީ ނަމަވެސް ބްރެޑް އެހެން މީހަކާ ރައްޓެހިވެ އުޅޭ ގޮތުން އެންޖެލީނާ އެހާ ހިތްހަމައެއް ނުޖެހެއެވެ. އަދި ހޮލީވުޑްގެ ވާހަކަތައް ގެނެސްދޭ ނޫސްތަކުން ވަނީ ކުދިންގެ ކަންކަމުގައި އެއްބަސްވުމަކަށް ނާންނަނީސް ވަރީގެ ކަންކަން ނިންމަން އުނދަގޫ ކަމަށް ބުނެފައެވެ.

އަދި އެންޖެލީނާގެ ގާތް މީހުންނާ ހަވާލާދީ ވަރިވާން ނިންމުމުން ދެރަވާކަން އެންޖެލީނާ ހާމަކުރި ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

މީޑިއާގައި މިހާރު ދައުރުވަމުންދާ ލިޔެކިޔުންތަކުން އެނގޭ ގޮތުން ބްރެޑް ބޭނުން ވަނީ ކުދިންގެ ކަންކަމުގައި 50-50 ހިއްސާވަން ކަމަށް ވާއިރު، ކުދިންގެ ބެލެނިވެރިކަން ހޯދުމަށް ކޯޓު މި މަރުހަލާގައި ދެ މީހުން އެކަކު އަނެކެއްގެ އަހުލާގާއި، ސިއްހަތާއި ގުޅުން ހުރި ނުރަނގަޅު ކަންތައް ވެސް ދައްކަމުންދާކަން ފާހަގަކޮށްލެވެއެވެ.

ބްރެޑް އާއި އެންޖެލީނާގެ ހަ ކުދިން ތިބެއެވެ. ބްރެޑް އާއި އެންޖެލީނާ 2012 ވަނަ އަހަރު އެންގޭޖުވީ އެކުގައި އުޅޭތާ އަހަރުވުމަށް ފަހުގައެވެ. އެ ދެ މީހުން ކައިވެނި ކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް 23 ގައެވެ. ވަރިވާން އެދި ކޯޓަށްް ހުށަހެޅީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް ބްރެޑް އުޅެނީ މަޝްހޫރު މޮޑެލް އަކާ ރައްޓެހިވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫ

    އެދެމީހުން އެކުގައި އުޅެން ފެށީ 2012އިން 2016 ކަމުގައި ވަނީނަމަ، އެ ދެމީހުންނަށް، އެ ދެމީހުންގެ އަމިއްލަ 6 ދަރިން ލިބޭނެ ގޮތެއް ނުވިސްނުނު...
    ހަމަ އެކަނި އޮތް ގޮތަކީ ދުވަސް ނުފުރާ ދަރިން ހޯދުން.. މިހެން ދަރިން ހޯދި ނަމަވެސް، 6 ފަހަރުން 3 ފަހަރު ބައިގެން ދިއުން 80 ޕަރސެންޓް ޗާން އޮވޭ.. އެހެން ކަމުން އެގޮތުން ވެސް ވ ޗާންސް ކުޑަ....