ރުޅިއައީގެ އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި އެއްޗެކެވެ. ރުޅި އައުމުން ބައެއް މީހުންނަށް ރުޅި ކޮންޓްރޯލު ކުރެވުނު ނަމަވެސް ރުޅި ކޮންޓްރޯލް ނުކުރެވޭ ވަރަށް ގިނަ މީހުން ތިބެއެވެ. މިފަދަ މީހުންނަށް ރުޅިއައިސްފަ ހުންނައިރު ކުރެވޭ ކަންތަކުން ފަހުން ހިތާމަ ވެސް ކުރަން ޖެހެއެވެ.

ރުޅި އައުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެ ރުޅި ކޮންޓްރޯލު ނުކުރެވި ދެން ކުރެވޭ ކަންތައްތަކަކީި ބައެއް ފަހަރަށް ވަރަށް ނުރައްކާތެރި ކަމެކެވެ. ރުޅި އަންނަ ވަގުތު ރުޅި ކޮންޓްރޯލް ކުރުމަށް އެތައް ގިނަ ކަންތައްތަކެއް ކުރެވިދާނެ ކަމަށް ކަމުގެ މާހިރުން އިރުޝާދު ދެއްވައެވެ.

މިގޮތުން ރުޅި އަންނަ ވަގުތު ރުޅި ކޮންޓްރޯލު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަކީ:

ފުން ނޭވާއެއް ލުން.

މިއީ ވަރަސް އާދައިގެ ކަމެއް ނަމަވެސް ފުންކޮށް ނޭވާއެއް ލުމަކީ ރުޅި މަައިތިރިވުމަށް އެހީތެރިވެދޭ ކަމެކެވެ. ފުންކޮށް ނޭވާއެއް ލުމުން ރުޅިއައި ކަންތަކާއި މެދު ވިސްނާލައި ދެން ކަންތައް ކުރަންވީ ކަމަކާއިމެދު ވިސްނާލެވެއެވެ.

ނަންބަރު ގުނުން:

ހިސާބު ނަންބަރު ފަހަތުން ފެށިގެން ގުނުމަކީ ވިސްނުން ބަދަލު ކޮށްލެވޭ ކަމެކެވެ. އެހެންކަމުން ރުޅި އައުމުން ނަންބަރު ފަހަތުން ފެށިގެން ނަންބަރުތައް ގުނަން ފެށުމުން ވިސްނުން އެހެން ދިމާއަކަށް ބަދަލުވެ ރުޅި މަޑުކޮށްދެއެވެ.

އެއްޗެއް ބުނުމުގެ ކުރިން އަދި އެއްފަހަރަށް ވިސްނައިލުން:

ރުޅި އައުމުން ދެން ތިބި މީހުންނާއި ދިމާއަށް ކޮންމެ ފަދަ އެއްޗެކޭ ވެސް ބުނެވިދާނެއެވެ. އެއީ ކިތައްމެ ދެރަ ބަހެއް ނަމަވެސްއެވެ. އެހެންކަމުން އެއްޗެއް ބުނުމުގެ ކުރިން އަދި އެއްފަހަރަށް ވިސްނައިލުން މުހިންމެވެ.

ރުޅި މަޖަލަށް ބަދަލު ކޮށްލުން.

ރުޅި އައުމުން އެ ހާލަތުން މަޖާ ކަމެއް ހޯދައި މައްސަލައިގެ މިސްރާބު މަޖަލަށް ބަދަލު ކޮށްލާށެވެ.

ފަހުން ހިތާމަ ކުރަންޖެހޭ ކަމެއް ކުރެވުމުގެ ކުރިން ރުޅި ކޮންޓްރޯލު ކުރުން އެއީ ބުއްދިވެރި ގޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ވުޟޫކުރުން
    އާޔަތުލް ކުރުސި ކިޔެވުން

    52
    1
  2. ރަސޫލާގެ އިރުޝާދު

    ރުޅި އަންނަ ހިނދު ޝައިތާނާގެ ކިބައިން ރައްކާތެރިކަން އެދުން.

    18
    2
    • މޮޔަވެދާނެ

      ޝައިތާނާގެ ކިބައިން ރައްކާތެރިކަން އެދުމޭ؟؟

      2
      2
  3. ތޭންކް ޔޫ

    އަހަރެން ރުޅިއައިއްސަ ހުންނައިރު ޤުރްއާން އަޑުއަހަން ފެށީމަ މަގޭ ރުޅި އަހަރެން ދޫކޮއް ފިލާ.

    17