ދުނިޔޭގެ އެކި ކަންކޮޅުތަކުަގއި ކޮވިޑް-19 އިން އާއްމުން ރައްކާތެރިކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުންކަމާއި މެދު ޝައްކެއް ނެތެވެ. އެ މީހުންގެ މަސައްކަތަށްޓަކައި އެ މީހުންނަށް އެކި ގޮތް ގޮތުން ޝުކުރު އަދާ ކުރެވޭތޯ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެކި ކަހަލަ ހަދިޔާބަދިޔާ ދީގެންނާއި، އެލަވެންސްތައް ދީގެން އަދި ލަވަ ފަދަ ކަންކަމުން އެ ޝުކުރުވެރިކަން ދައްކަން އެންމެންހެން ދަނީ މަސައްކަތް ކުރަމުންނެވެ. އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސް ވިލިއަމްސް އަދި އަނބިކަމަލުން ކޭޓް މިޑްލްޓޮން ފުރަތަމަ ސަފުގެ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރަން ނިންމީ މުޅިން ތަފާތު ގޮތަކަށެވެ.
އެ ދެކަނބަލުން ދަނީ މިހާރު ރޭލެއްގައި ފުރަތަމަ ސަފުގެ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރުމަށް ދަތުރެއް ކުރަމުންނެވެ.
Over the next two days on the #RoyalTrainTour🚂, The Duke and Duchess will meet:
Frontline workers, teachers, mental health professionals, care workers, schoolchildren & young people
across England, Scotland & Wales to pass on the nation’s thanks for their efforts this year. pic.twitter.com/ApFDQAKIRI— The Prince and Princess of Wales (@KensingtonRoyal) December 6, 2020
މި ދަތުރުގެ ތެރެއިން ސިއްޙީ މަސައްކަތްތެރިންނާއި، ޔުނިފޯމް އެޅި މުއައްސަސާތަކުގެ މީހުން އަދި މުދައްރިސުން ފަދަ މީހުންނަށް ޝުކުރު އަދާކުރަން ވަނީ ނިންމާފައެވެ. މި ދަތުރުގެ ބޭނުމަކީ މި ދަތި އުނދަނގޫ ވަގުތުގައި ވެސް އާއްމުންނާއި އެކު ޝާހީ އާއިލާއިން ތިބިކަން ދެއްކުމެވެ.
މިފަދަ ދަތުރެއް ޕްރިންސް ވިލިއަމްސްގެ ދެ ކަނބަލުން މި ކުރައްވަނީ މި އަހަރު ކުރީކޮޅު ޕްރިންސް ވިލިއަމްސް އަށް ކޮވިޑް-19 ޖެހުނު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުގައި ވެސް އެންމެ އެކާށީގެންވާ ގޮތުގައި ބަލި ކޮންޓްރޯލް އެއް ނުކުރެވެއެވެ. ޚާއްސަކޮށް މާސްކް އެޅުމާއި ގައިދުރުކުރުން ފަދަ ކަންކަމުގައި ފަރުދީ ޒިންމާ އަދާ ނުކުރެވޭކަން ސިއްޙީ މާހިރުން ފާހަގަކުރައްވައެވެ. މިހާރު އިނގިރޭސިވިލާތުގައި ވަނީ ކޮވިޑް-19 ވެކްސިން ދޭން ފަށާފައެވެ.