އެމެރިކާގެ މެޖިސްޓްރޭޓް ކޯޓެއްގައި ކުރިއަށް ދިޔަ ޝަރީޢަތެއްގައި ރޭޕްގެ ދައުވާ ލިބޭ އުމުރުން 26 އަހަރުގެ ޑެސްމޮންޑް ޖޭމްސް ކިޔާ މީހަކު އޭނާގެ ކުށެއް ނެތް ކަން ސާބިތު ކުރުމަށް ޝަރީޢަތުގެ މަޖިލީހުގައި ބަރަހަނާ ވެއްޖެއެވެ.

2012 ވަނަ އަހަރު މީހަކު ރޭޕް ކުރި މައްސަލައެއްގައި ޖޭމްސްގެ މައްޗަށް ހިންގާ ޝަރީޢަތުގައި ޖޫރީންނަށް އޭނާ އަކީ އެކުށް ކުރި މީހާ ނޫންކަން ސާބިތު ކުރުމަށް ޖޭމްސް ބަރަހަނާވީ ފަނޑިޔާރުގެ ވެސް ހުއްދަ އާއި އެކުއެވެ. ފަނޑިޔާރު ވިދާޅުވީ އެމެރިކާގެ ޤާނޫނު އަސާސީގެ ހަވަނަ އިސްލާހު ބުނާ ގޮތުން މީހަކު ކުށަކުން ބަރީޢަ ވުމަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށެވެ. އެހެންކަމުން ޝަރީޢަތުގައި ބަރަހަނާ ވެސް ވެވިދާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޖޭމްސް ޝަރީޢަތުގައި ސާބިތުކޮށްދޭން ބޭނުންވީ އަނިޔާ ލިބުނު މީހާ ބުނާ، އޭނާ ރޭޕް ކުރި މީހާގެ ސިފަ އާއި ޖޭމްސްގެ ސިފަ އެއްގޮތް ނޫން ކަމެވެ.

ނަމަވެސް ޕްރޮސެކިއުޓަރުން ބުނަނީ ހާދިސާ ހިނގި އިރު ޖޭމްސް ހުރި ގޮތަކާއި އޭގެ ހައަހަރު ފަހުން މިހާރު ޖޭމްސް ހުރި ގޮތް އެއްގޮތް ނުވުމަކީ އޭނާ ކުށުން ބަރީޢަ ވާނެ ސަބަބެއް ނޫން ކަމަށެވެ. ޖޭމްސް އާއި ދެކޮޅަށް ހުށަހެޅިފައިވާ ވީޑިއޯ ފޮޓޭޖެއްގެ މައްޗަށް ބުރެވެ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި ދިނުމަށް ޕްރޮސެކިއުޓަރުން ވަނީ އެދިފައެވެ.

ޖޭމްސް ބަރަހަނާ ވުމުން އޭނާ ދައްކާ ވާހަކަ ޖޫރީން ގަބޫލު ކުރިކަން އެނގޭނީ މިމައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު